ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ޓަކައި ވަގުތީ ކައުންސިލްތަކުގެ ސަންސެޓް ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރަން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕްއަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ދައުރުން ބޭރު ޖަލްސާއެއް މި މަހު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެ ކަމަށް ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރައްވަން ޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ މާޗު މަހު ބާއްވަން މަސައްކަތް ކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެން އެ މަހު ތެރޭގައި ނުބޭއްވޭނެ ކަމަށެވެ. އެއީ ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާފައިވާތީއެވެ. ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބު ބޭއްވޭނީ އެ ހާލަތު އުވާލާތާ މަދު ވެގެން ދެ މަސް ދުވަސް ފަހުންނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކައުންސިލް އިންތިހާބު އަވަހަށް ބާއްވަން ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ، އެ ކަން ވެސް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އެންމެ ފުރަތަމަ މަސައްކަތް ކުރި ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހަލާތު ކުރިމަތިވުމުގެ ސަބަބުންނެވެ. އާ ކައުންސިލަރުން އިންތިހާބު ކުރުން ލަސްވުމާ ގުޅިގެން، ކުރިން ތިބި ކައުންސިލަރުންގެ ދައުރު ވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން ދައުރު ދިގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮވިޑް

  ތީ ވަރަށް ފައްކާ ކަމެއް އަވަހަށް ޖަލްސާ ބާއްވަފަ ގޮތް ނިއްމާ ކުރިޔަށް އޮތް ތިން އަހަރު ދެން އެއްވެސް އިންތިހާބެއް ބޭވެންތުމާއެކު މިހާރު ތިބި ކައުންސިލަރުން މި ތިންއަހަރު ތިބޭނެކަމަށް. މިނޫންގޮތެއް ނެތް، ޔަޤީ ނުންވެސް އިންތިހާބު އެއް ބާއްވައިފިނަމަ އެމް.ޑީ.ޕީ ރީތި ގޮތަކަށް ފަޟީހަތް ވާނެކަން މި ބައިގަނށް ކަށަވަރުވޭ ، އަދި އީ.ސީ ބެ މަޤާމް ގެއްލޭނެ . ޝައްކެއް އޮތަކަމެއް ނޫން މީ.

  7
  1
 2. ހާލަތު

  އިޤްތިޞޯދީގޮތުން ޤައުމް އިނދަޖެހިފައިވާ ވަގުތެއްގައި އިންތިހާބު ބާއްވައިފިނަމަ އިދިކޯޅު މީހުންނަށް އެނގޭ ގިނަ އަދަދެއްގެ މެންބަރުން ކައުންސިލްތަކަށް އައްޔަނުކުރެވި މުސާރަތައް މިލިޔަނުން ބޮޑުވެގެން ދާނެކަން. އަދި ސަރުކާރު ރިހޭފައިމައްޗަށް ފޮއެ ވައްޓާލެވުނީކަން. އަންނިއަކަސް، އާޒިމަކަސް މިހާލަތުގައި އިންތިހާބު ބާއްވަން ބާރު އަޅާނީ ސަރުކާރު ބަލިކަށި ކޮށްލުމުގެ މަގުސަދުގައި.

 3. އަހްމަދު

  ހަބަރު ލިބޭ ގޮތުގަ ލޯކަލް ކައުންސިލް އިންތިހާބު އޮތީ އޯގަސްޓް މަހު ފަހުކޮޅޯ... އެއީ ރައިސް ބޭނުންފުޅުވާ ގޮތޯ..