މޮނިޓަރިންގެ ހާލަތުގައި އޮތް ގއ. ދެއްވަދުއިން އިތުރު އަށް މީހަކު ކޮވިޑް-19 ފައްސިވެއްޖެއެވެ.
އެއާއެކު އެރަށުން ކޮވިޑް-19 އަށް މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ.
އަދި ދެއްވަދޫން ލ.އަތޮޅު ފޮނަދުއަށް ދިޔަ ހަތަރު މީހަކު ވެސް އިއްޔެ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ދެއްވަދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މީގެ ދެ ދުވަސް ކުރިން ފޮނުވި ސުންކު (ސާމްޕަލް) ތަކެއް ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ދެއްވަދޫ ކައުންސިލާއި އެޗްއީއޯސީ އަށް ގުޅި ނަމަވެސް އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ އިތުރު މައުލޫމާތު އަދި ސާފެއް ނުވެއެވެ.
އެހެންނަމަވެސް ދެއްވަދޫއިން ފައްސިވި މީހުންނަކީ މީގެ ކުރިން އެ ރަށުން ކޮވިޑް ޖެހުނު މީހުންނާއި ގާތުން އެއްތާވި މީހުންގެ ތެރެއިން ސުންކު ނެގި މީހުން ކަމަށް އެ ރަށު ކައުންސިލާއި ހަވާލާދީ "ސަން" ގައި ވަނީ ރިޕޯޓްކޮށްފައެވެ.
ކައުންސިލުން ވަނީ ފައްސިވި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކާއި އުމުރުން ދުަވަސްވީ މީހަކުވެސް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.
ދެއްވަދޫގެ ކޮވިޑް-19އިގެ ވޭދަނަތައް އިތުރުވަމުން ދާއިރު އެޗްޕީއޭއިން ވަނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހަށް ފަހު ދެއްވަދޫން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކުރި ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެކަން އެންގުމަށް އިލްތިމާސްކުރައްވާފައެވެ. ހަ
އެ މުއްދަތުގައި ދެއްވަދޫން ގޮސްފައިވާ ފަރާތެއްވާ ނަމަ، ސުންކު ނަގާ ނައްސި ވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. ދެ
އްވަދޫން މިހާރު މޮނިޓަރިންގައި އޮތް އިރު އެ ރަށުން ލ.ފޮނަދުއަށް ދިޔަ ހަތަރު މީހަކު ކޮވިޑް19 އަށް ފައްސިވުމުން ލ. އތޮޅުގެ ގުޅިފައިވާ ރަށްތައް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.
ދެއްވަދޫ އިހާގެ ފުރަަތަމަ ވޭދަނަ ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. މިހާތަނަށް އެރަށުން 18 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.