ލ.އަތޮޅު ފޮނަދޫން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓް)ގެ ގޮތުގައި ފާހަގަކުރެވުނު ފަރާތްތައް ދިރިއުޅޭ ޖުމްލަ 18 ގެއެއް ކަރަންޓީން ކޮށްފިއެވެ.

މިއަދު ހެނދުނު އެރަށުން 10 ގެއެއް ވަނީ ކަރަންޓީންކޮށްފައެވެ.

އެރަށު ސިއްހީ މަރުކަޒުގެ މެނޭޖަރ ހަސަން ހަލީލް ވިދާޅުވީ، އެރަށު އިތުރު އަށް ގެއެއް ކަރަންޓީންކޮށްފައިވާ ކަމަށެވެ.

އެރަށުން މިހާރު ހަތަރު މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަންމައަކާއި، އޭނާގެ ތިން ދަރިންނެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، އެ މީހުންނާއި ގާތުން އެއްތާވި މީހުންގެ ތެރެއިން 10 ފަރާތެއްގެ ސުންކު ނެގިއިރު، އެ އެންމެން ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

އެރަށުގައި ކަރަންޓީންގައި ނެތް ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިިގެން އެރަށާއި، ގަން ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ. އަދި އެރަށު ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މިހާރު 18 މީހުން ފައްސިވެފައިވާ ގއ. ދެއްވަދޫން އެރަށަށް ދިޔަ ހަތަރު މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު