އިންޑޮނީޝިއާގެ ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ މަތިންބޯޓެއް ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރ ރެޓްނޯ މަރްސޫދީއަށް މިނިސްޓަރ ޝާހިދު ފޮނުއްވި ޙަމްދަރުދީގެ މެސެޖްގައި ވިދާޅުވީ ޖެނުއަރީ 9 ވަނަ ދުވަހު ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސް.ޖޭ 182 ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ހިތާމަޔާއި އެކުގައި ކަމަށެވެ.

އަދި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނީޝިއާ ސަރުކާރާއި، ރައްޔިތުންނާ އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރގެ މެސެޖްގައި ވެއެވެ.

އަދި ދިވެހިންގެ ތައުޒިޔާ، މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ރައްދުކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސައިން

    إنّا للّه وإنَّا إليه راجعون
    اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَض مِنَ الدّنسِ

    އިންޑޮނީޝިއާ ފްލައިޓް ގެ ހިތާމަވެރި ހާދިސާގައި ނިޔާވި މުސްލިމުން ޝަހީދުންގެ ގޮތުގައި ލައްވާށި އަދި އެޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި. އާމީން