މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ، ޅ.އަތޮޅާއި މ.އަތޮޅާއި ދެމެދު ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހެ އިދާރާއިން އެކަން ހާމަކޮށް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޅ.އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީދޫ ސަމާލު ނެރެފައި ވަނީ މިއަދު 12:00 އިން 16:00 އަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ މިއަދު ހެނދުނު 10:00 އިންް މާދަމާ ހެނދުނު 10:00 އަށް އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައި ވާއިރު ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ވައިޖެހެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާ އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް އެ އިދާރައިން ބުނެއެވެ.

ހަމައެހެންމެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި ވިލާގަނޑުގައި ގަދަވާނެ، އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެެއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވާފައި ވަނީ3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.

އެހެންކަމުން ހުރިހާ ބޭފުޅުންވެސް މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ.