ކ. ތިލަފުށި ފަޅުގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު އަހުމަދު ޚާލިދު ފައިސާގެ އެހީތެރިކަމަށް އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.

ތިލަފުށީ ފަޅުގައި އޮތް ތެޔޮ އުފުލާ ދޯންޏާކާއި އިތުރު ދޯންޏެއްގައި އަލިފާން ރޯވެގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ހާލު ސީރިއަސްވީ ޚާލިދެވެ. އޭނާގެ ހާލު މިހާރު ދަނީ ރަނގަޅުވަމުންނެވެ.

އޭނާގެ ބޭބެ މުހައްމަދު ޝިހާމު(A102540) ބުނީ، އެ ހާދިސާގައި ޚާލިދު ހަށިގަނޑުގެ 25 އިންސައްތަ ފިހި އައި.ޖީ.އެމް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދެވި، ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

"އެއީ ކޮއްކޮގެ ހަށިގަނޑުން ފިހިފައިވާ ގުނަވަންތަކަށް ފަރުވާކުރުމަށްޓަކައި ޑޮކްޓަރުން ބޭނުންވަނީ ވަކިޓެމްޕަރޭޗަރއެއްގައި ބާއްވައިގެން ފަރުވާ ކުރުމަށާއި އަދި ކޮވިޑް-19 ނުރައްކާތެރި ދުވަސްކޮޅަކަށްވުމާއި އެކު ޕްރައިވެޓް ރޫމެއްގައި އެޑްމިޓް ކުރުމަށެވެ". ޝިހާމު ނެރުނު ބަޔާނުގައި ވެއެވެ.

ޝިހާމް ބުނީ، ޕްރައިވެޓް ރޫމެއްގެ އަގަކީ ބޮޑުއަގެއް ކަމަށާއި، ކޮންމެ 4 ދުވަހަކަށް އެ މީހުން 1000 ރުފިޔާ އާސަންދައިން ލިބޭ މިންވަރު ކެނޑުމަށްފަހު ދައްކަން ޖެހޭ ކަމަށެވެ. އަދި ޙާލިދަށް ފިހިގެން ލިބިފައިވާ ގެއްލުމުގެ ސަބަބުން ކެއުމަށް ވެސް ވަނީ ޚާއްޞަ މެނޫއެއް ޑޮކްޓަރުން ދީފައިވާ ކަމަށާއި، މި މެނޫއަށް ކޮންމެ ދުވަހަކު ވެސް 500 އަށް ވުރެ ބޮޑު ޚަރަދެއް ހިނގާ ކަމަށް ޝަހީމް ބުންޏެވެ.

އަދި އަތްމަތި ދަތި ދުވަސްކޮޅެއްގައި މިގޮތަށް މިޚަރަދެއްކުރުމަށް އެ އާއިލާއަށް ނުކުޅެދިފައިވާތީ އާއްމުންގެ އެހީތެރިކަމަށް އެދޭ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އޭނާގެ އެކައުންޓް ނަމްބަރު: 7703218739101

ފޯނު ނަމްބަރު: 7584448

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދިވެހި ދަރިއެއް

  މާތް ﷲ އަވަސް ޝިފާ އެއ އް ދެ އްވާޝި... އާމީން

  61
 2. ޢާލިމް

  ސަރުކާރު ހަސްފަތާލުންވެސް މި ހާލަތުގައި ކޮޓަރި ކުލި ނަގަނީތަ؟ ދެން ކޮބައިތަ އެ ބުނާ ހުސްނުވާ އާސަންދަ؟ އެއީ ކީއްކުރާ އެއްޗެއްތަ؟

  3
  2
 3. ކޮމެންޓު

  ޑަކްޓަރުން ބެރިއަރ ނަރސިންގެ ބޭނުންވާކަމަށް ލަފާދެންޔާ އާސަންދައިން ކޮޓަރީގެ ޚަރަދު ހަމަޖައްސަދޭނެ. ޑަކްޓަރުން ތިހެން ބުނާކަމަށް ވަންޔާ ލިޔުން ހޯދައި އާސަންދަ ހަމަޖައްސާ

 4. ޅަބޭ

  ކީއްވެތަ ތިކަހަލަ ބިރުވެރި މާހައުލުތަކުގަ މަސައްކަތް ކުރާ މީހުން އިންސުއަރެސް ނުކޮއްތިބެނީ... ދިވެހިން އަދިވެސް ހާދަ ރޯނުފިލަޔޭދޯ. ކަމެއް ވާނީ ބުނެފައެއް ނޫން.

  2
  1
 5. ައަހުމަދު

  ސަރުކާރުން ޖެހޭ މިކަހަލަ ހާލަތްތައް ދިމާވިމާ އެހީވާން ، ކީއްކުރަން ސިޔާސީޕާޓީ ތަކަށް ރައްޔިތުންގެފައިސާއިން ޚަރަދުކުރަނީ ؟ ހަމައެގޮތަށް ދިވެހި ރައްޔިތެއް މިކަހަލަ ކަމެއް ދިމާވީމާ އެހީނުވެވޭ ސަރުކާރެއް އޮތުމަށްވުރެން ނެތުންވެސް މާ ރަގަޅު. ޚާލިދުއަށް މާތްﷲ އަވަސް ޝިފާއެއް ދެއްވާފާނދޭ . އާމީން-

 6. ބީރުމީހާ

  ކޮއްކޮމެނޭ މިހާރު ނުޖެހޭެ ސަލާމްޖަހާކަށް އާސަްދައިން ކީއްވެތަ ނިކަމއތިންނަށް ތިޔާހެން ހަދަނީ ޑރ އެދިއްޖެނަމަ ކޮޓަރިކުލި ސަންދައިން ދައްކަދޭންވާނެ. މުސީބާތެއް އަބަދު ރައްޔިތުންގެ އެހީތެރިކަން ޓެކްސްފައިސާ ނަގަނީ މީސްތަކުންނަށް އެހީތެރިވުމަށް އެކަމަކު އަބަދު އާއްމުންގެ ހޯދުން އޮންނަނީ މީސަލާންޖެހުމެއްނޫންތަ

 7. ޙުސަައިން

  ޢަހަރެންނަކީ ވެސް ފިހިގެން ޑޮކްޓަރ ލަފާގެ މަތިން ޕްރައިވެޓް ރޫމްއެއްގަ އޮތް މީހެއް އެއްވެސް ލާރިއެއް ރޫމް އަށް ދައްކަން ނުޖެހޭ. ކީއްވެ އެކި މީހުންނަށް އެކި ގޮތް ހަދަނީ ޑޮކްޓަރ ލަފާ ދިނީމަ ވާނެ. ޢަވަސް ސިފާއެއް މިންވަރު ކުރައްވާށި

 8. މުހުންމާ

  މިކަހަލަ ހިތާމަވެރި ހަބަރުކިޔާލުމުން އަންނަނީ ހިތާމައާއި ރުޅިވެރިކަން. މިއޮތްކުޑަކުޑަ ރާއްޖޭގައި ތިބި ނިކަމެތި އަހުންނާއި އުހްތުންނަށް މިކަހަލަ ދެރަކަންކަން ދިމާވުމުން ހިތާމައައި ހިތްދަތިކަން އުފެދޭއިރު، ރުޅިއަންނާންމިޖެހެނީ މިކަހަލަ ކޮންމެ ކަމެއްވެސް ދިމާވާ ރައްޔިތުމީހާ ސަލާންޖަހަން ޖެހޭތީވެ. ދިވެހިރާއްޖޭގައި މިތިބޭ ސަރުކާރުގެ އިސްވެރިން މިހީކުރަނީ އެވެރިންނަށް ލިބިގެން މިއުޅޭ އަރާމާއި އިއްޒަތަކީ އެވެރިން އަމާ ނުވަތަ ބަފާގެ ވާރުތައިން ލިބިގެން އުޅޭ އެއްޗެއްހެން.
  އަޅުގަނޑުގެ އަހް މުހައްމަދު ޝިހާމު މާދަމާ ހެނދުނު ގޮސް އެހެރަ ރައީސް އޮފީސްތެރޭގައި އިންނަ އިބްރާހިމް މުހައްމަދު ސާލިހް ކިޔާމީހާ އާއި ބައްދަލުކޮށް ބުނޭ ތިމާމެންގެ ކަންކަން ބެލެހެއްޓުމަށް ކަލެއަށް އެހީތެރިނުވެވެންޏާމު ގޮސް ކަލޭގެ އަމާ ނުވަތަ ބަފާގެ ގޭގައި އިންނާށޭ. މާތްﷲ ގަންދީ ހުވާކޮށްގެން ދިވެހިރައްޔިތުންގެ ބައިތުލްމާލުން މުސާރަނަގައިގެން މީރުކޮށްކައިގެން އަރާމު ދިރުއުޅުމުގައި ރައްޔިތުންނަށް ހިދުމަތް ކުރަން އިންނާންޏާމު ރައްޔިތުންގެ މުހުތާދުތަށް ފިލުވައިދޭށޭ.