އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ދަށުވި މީހާ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް (27އ) އެވެ.
އާސިމްގެ އާއިލާ އިން ކުރިން ބުނެފައި ވަނީ ބިއްލޫރި ޕެލެޓް ދަށުވެ އޭނާ އަށް ލިބުނު ޒަހަމްތަކުގެ ސަބަބުން އެތެރެހައްޓަށް ލޭ ފައިބަމުންދާ ކަމަށެވެ.
ކޮންޓެއިނާއަކުން ބިއްލޫރި ޝީޓްތަކެއް ހުސްކުރުމަށް މަސައްކަތް ކުރަނިކޮށް ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން އެކެއްގެ ދެ ފައި ބިނދި އިތުރު އަނިޔާ ލިބިފައިވާއިރު އޭނާ ވަނީ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
އާސިމްގެ އާއިލާ އިން ކުރިން ބުނެފައި ވަނީ ބިއްލޫރިތައް ދަށުގައި އާސިމް ތާށިވެގިނައިރުތަކެއް ވުމުގެ ސަބަބުން އޭނާގެ ހުންްކޮށި ފަޅައިގެން ގޮސް ހަށިގަނޑުގެ އެތެރެއަށް ގިނަ އަދަދަކަށް ލޭފައިބަމުންދާ ކަމަށެވެ. އޭގެ އިތުރުން އަތުގެ އުޅަބޮއްޓާއި ކުޑަހުޅާއި، އުކުޅުވަޅު ބިންދައިގެން ގޮސް މައިބަދަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އާއިލާ އިން ބުނެފައި ވެއެވެ.
އައިޖީއެމްއެޗް އިން ވިދާޅުވީ އާސިމް ނިޔާވީ ރޭ ފަތިހު 05:00 ކަމަށެވެ.
ބިއްލޫރިތައް ދަށުގައި އާސިމް ތާށިވީ މިމަހުގެ 07 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ސަލާމަތް ކުރީ އެމްޕީއެލް މުވައްޒަފުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުންނެވެ. ކޮންޓޭނަރުގެ އެތެރޭގައި ބިއްލޫރިތައް ދަށުގައި އާސިމް ތާށިވުމުން އޭނާ ސަލާމަތް ކުރަން ގިނަ ވަގުތުތަކެއް ނެގިއެވެ.
މިއީ ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އެމްޕީއެލްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ. އެންމެ ފަހުން އެމްޕީއެލްގައި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ހިނގާފައި ވަނީ 2014 ވަނަ އަހަރު ކޮންޓޭނާއެއް ވެއްޓިގެން ހިނގި ހާދިސާއެވެ. އެހާދިސާގައި ދެމީހަކު ނިޔާވިއެވެ.
ކޮބާ ވެރިމީހާ
ފަރުވާކުޑަ އިންސާނިއްޔަތުކަން ނެތް ބައެއް ވެރިކަމުގައި ތިބީ. އެމަންޒަފު އެންމެ ފުރިހަަމައަށް ފެންނަ ތަނަކީ އައި.ޖީ.އެމް.އެޗް.
އެޕޮއިންޓްމަންޓެއް ލިބެނީ ބަލިވާނެކަން ކުރިން އެނގި ޑޮކްޓަރު މަގުމަތިން އަތުލައިގަނެ އޭނަ ލައްވާ އެއްޗެއްގައި ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށް ލިޔެފަ އޮތިއްޔާ.
ރައްޔިތުންގެ ފައިސާ ތަޅާ ބުރުވައި ގޭގައި އެނދުމަތި ކޮށްފަ ތިބޭ މީހުނަށްނާއި، އުމުރުން 18 އަހަރު ފުރިފަތިބޭ ނުކިޔަވާ ތިބޭ ޖާހިލުންނަށް ދާންދެން ސިޔާސީ މަގާމުދީ، ކޮންމެ ގެއަކަށް މަހަކު 7 ލައްކަ ރުފިޔާ ރައްޔިތުންގެ ފައިސާއިން ނަގަމުންދަނީ. މިއީ ކޮރަޕްޝަނެއްނޫނޯ! ކާކަށްތަ އޮޅުވާލަން މިއުޅެނީ؟ އަހަރެމެންނަކީ ގަބުޅިއާއި ދިޔާހަކުރާ ހިކި މަސް ކައިގެން ތިއްބަސް ބުއްދި ހުރި ބައެކޭ. ތިހެން ތި ކުޅޭ ޑްރާމާ އަހަރެމެން ނިކަން ރަނގަޅަށް ބަލަމުން މިދަނީ. އޮންބަޑްސްމަންއާއި، ފުލުހުންގެ ގާނޫނު ހަދާ ބަދަލު ހިފޭނީ ކަލޭމެންނަށް އެކަނި ކަމަށް ހީނުކުރާތި! ނުބައި ކަމެއް ފަށާއިރު ތިމާގެ ގައިގައި އެނުބައިކަން އައިސް ދަތްއަޅާނެކަން ހަނދާން ނުކުރާތި. ބަދަލުހިފުމާ ނަފްރަތަކީ ނިކަން ނުބައިކަމެއް. ކަލޭމެން އެކަކުވެސް ސަލާމަތްވާނެއޭ ހީނުކުރާތި. މާހިތި ނަތީޖާ ފެނިގެންދާނެ ފަހުން.
ކޮބާ އަންނި ؟؟
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
މާތް اَللّٰهُ , މައްޔިތާގެ އެއްމެހާ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن
امين
މައްޔިތާގެ ފާފަ ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.
މިތަނުގައި ޙާދިޘާއެއް ހިނގައިދާނެކަމަށް ކީއްވެބާ ތައްޔާރުވެގެން ނުތިބެނީ. އަވަސް ފަރުވާއާއި އިންތިޒާމް ހަމަޖައްސަން ޖެހޭ ތަނެއް.
ހާދަ ގިނައިރެއްވީފަހުންނޭ ސަލާމަތް ކުރީ ކިޔާއަޑު އިވޭ. ކުރިއަށް ދެންވެސް ކަމެއް ދިމާވެއްޖެނަމަ ފިޔަވަޅު އަޅަން ތައްޔާރަށް ތިބެމާ
اَللّٰهُ
މައްޔިތާއަށް ސުވަރުގޭގެ ދ;ާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
މާތް اَللّٰهُ , މައްޔިތާގެ އެއްމެހާ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
يااَللّٰهُ , މައްޔިތާ ކައްވަޅުގެ އަޒާބުން ޢަފޫ ކުރައްވާނދޭވެ.މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــن.🤲
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މާތް اَللّٰهُ , މައްޔިތާގެ އެއްމެހާ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن
85
އިންނާލއްލާހި ވައިންނާ އިލައިހި ރާޖިޢޫން މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އާމީން
އަސްތަްއުފިރުއްﷲ. ޢިންނާ ލިއްﷲ ވައިންނާ އިލައި ރާޖިއޫން. މަރުހޫމާއަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވަވާށި . ޢާމީން
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
މާތް اَللّٰهُ , މައްޔިތާގެ އެއްމެހާ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މިއީވެސް ދިވެހި ދަރިއެއް ފައުޒާން އެކަނި މަރވެގެން އުޅޭހެން ހީވަނީ. މިވެސް ހިޔްހެޔޮ ހިއްވަރުގަދަ ދަރިއެއް