ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް ހިމެނޭ ހިޔާ ފްލެޓްތައް ކައިރީ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ކަރަންޓް ޝޯޓެއް ވެގެން ކަަމަށް އެެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން ބްލޮކެއްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 11:08 ހާއިރު ކަމަށެވެ.

ރޯވި އަލިފާން ވަނީ މާބޮޑަށް ފެތުރިގެން ދިއުމުގެ ކުރިން ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެތަނަށްވަނީ ގެއްލުންތަކެއް ވެފައެވެ.

އެމްއެންޑީއެފް އިން ފަހުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ކަރަންޓް ޝޯޓެއް ވެގެން ކަަމަށެވެ.

އިއްުޔެ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ކޮޓަރީއެއްގައިވެސް އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓެއް ވެގެންނެވެ. އެ ހާދިސާގައިވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.