ޖަޕާން ސަރުކާރުން ރާއްޖެ އަށް ގިނަ އަދަެއްގެ ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

މި ތަކެތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެއްޗާއި ހަވާލުވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ބުނީ، ޖަޕާނުން ހަދިޔާކުރި ސިއްހީ ސާމާނުތަކުގެ ތެރޭގައި 65 ބެޑްސައިޑް މޮނީޓަރ، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް މެޝިން، 10 ޕޯޓަބަލް އެކްސްރޭ މެޝިން، 132 ސިރިންޖް ޕަމްޕް، 132 ސިރިންޖް ޕަމްޕް އެސެސަރީސްގެ އިތުރުން 19 ޑިފިބްރިލޭޓަރސް ހިމެނޭ ކަަމަށެވެ.

އަދި މި ތަކެތީގެ އަގު 5.6 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޖަޕާން އެމްބަސީން ބުނެފައި ވެއެވެ.

އެ އެމްބަސީން ބުނިގޮތުގައި، މިއެހީ އަކީ ރާއްޖޭގެ ރަށްރަށުގައި ހިންގާ ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ކޮވިޑް-19ގެ ހާލަތާއެކު ސިއްހީ ދާއިރާގެ ވަސީލަތްތައް އިތުރުކުރުމަށް ވެވުނު އެހީއެއް ކަމަށެވެ.

ޖަޕާނުން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތި މިހާރު ތިބޭނީ ކާލައިގެން! ހިލޭ އެހީގެ ގޮތުގައި ލޮބޭ ތަކެތިވެސް ކައިގެން ހިންގާ ސަރުކާރެއް މިތާ އޮންނަނީ!

    9
    2
  2. ރަދީފް ހުސެން

    މިއޮތް ބޮޑު ބަލިމަޑު ކަންލައިގަނެގެން އުޅުންއިރުވެސް ސަރުކ ކާރުންބެލީ ވައް ކަން ކުރެވޭތޯ. ނުވިތާ ކައް ކަދުރު ކޮޅު ދިރުވާލާ، އިންޑިޔާ އާއި ބަނގްލަދޭސްއިން ހިލޭބަހަންދިން އެތައްޓަނެއްގެ ކާބޯތަ ކެތިވެސް ދިރުވާލީ، އެ ކިގައުމު ތަ ކުން ލައް ކައިންދިން މާސް ކްތަ ކާ ސެނިޓައިޒާތައްވެސް ދިރުވާލާ ހިލޭއެހީތައް ވަޔައްއަރައިގެން ދާންދޫ ކޮއްލި.