ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ހިލޭ ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފިއެވެ.
ރައީސް އެގޮތަށް ވިދާޅުވި އިރު، ކޮވިިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް އެސްޓްރާޒެކެނާ އިން އުފެއްދި ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ހަދިޔާ ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފައެވެ. މިއީ އިންޑިއާގެ ކުންފުންޏަކާއި އިނގިރޭސި ވިލާތުގެ ކުންފުންޏެއް ގުޅިގެން އުފެއްދި ވެކްސިނެކެވެ. އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ބޯޓު "ކޮވިޝީލްޑް"ގެ 100،000 ޑޯޒާއެކު މިއަދު ރާއްޖެ އަންނާނެއެވެ.
ދިވެހި ގައުމާ މުހާތަބް ކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށެވެ.
"މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެ ދިން ވަރަށް ބޮޑު ދީލަތި އެހީއެއް. އެ ކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." އިންޑިއާގެ ހިލޭ އެހީގައި ރާއްޖެ އަށް ދޭ ކޮވިޑް-19 ވެކްސިން އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.
"މިއަދަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ އަށް ލިބޭ ދުވަސް،"
ރައީސް ވިދާޅުވީ ކޮވިޑް-19 ރާއްޖެ އިން ފެނުމާ އެކު، މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ ދެކޮޅަށް ވެކްސިންތައް އެކި ގައުމުތަކުން އުފައްދަން ފެށުމާ އެކު، ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވި ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"އެކަން ހާސިލް ކުރުމަށްޓަކައި މިއަދާ ހަމައަށް އައިއިރު ކުރެވުނު މަސައްކަތުން މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑުމެންނަށް މިވަނީ ރާއްޖެ އަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 10 މަސް ދުވަހަކީ ރައްޔިތުންނަށް ވަރަށް ދަތި ދުވަސްތަކެއް ތަހަންމަލު ކުރި ދުވަސްތަކެކެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތައް އާއިލާއެއްގެ ބައެއް މެމްބަރުން އަބަދަށްޓަކައި ވަކިވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ވިޔަފާރިތައް ހުއްޓި، މިސްކިތްތަކާއި ސްކޫލްތައް ބަންދު ކުރަން ޖެހުނު ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"އާއިލާގެ މެމްބަރުން އެކަކު އަނެކަކާ ބައްދަލު ނުވެ ތިބެން ޖެހުނު. ދަތުރުފަތުރު ހުއްޓި، އަސާސީ އެތައް ހިދުމަތަކަށް ބުރޫ އެރި،" ރައީސް ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 13،000 އަށް ވުރެ ގިނަ މީހުން ފައްްސިވެ 49 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފައެވެ.
އަދި ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.
ރައީސް ވިދާޅުވީ މިއަދު ލިބޭ އާ އުންމީދާ އެކީގައި ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ. އެގޮތުން ސިއްހީ މާހިރުންގެ ލަފަ އާއި އިރުޝާދާ އެއްގޮތަށް އެންމެންގެ އަމަލުތައް ބަހައްޓަން އެ މަނިކުފާނު އެދިވަޑައިގަތެވެ.
"ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މި ވަގުތަށް އަދިވެސް މަޑުޖައްސަވާލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް، ތިއްބެވުމަށާއި ގައިދުރުކަން ދެމެހެެއްޓުމަށް އިސްކަން ދެއްވާ،" ރައީސް އެދިވަޑައިގަތެވެ.
ޥެކްސިން އައްވުރެ ރަނގަޅީ ހިލޭ ފެނާ ކަރަންޓް ދިނިއްޔާ ކުރިޔަށް
އެ މަސް ރާއްޖެ އަށް ފޯރާނީ 3 އަހަރު ފަހުންތަ؟
މާކަލާކޯ ތިއިންޑިއާ ވެކުސިން އަހަރުމެން ބޭނުމެނޫން އާއިލާމީހަކަވެސް ނުޖެހޭނެ ޖެހުނަކަނުދޭނަން ކަލޭތިއުޅެނީ ދިވެހިން މޮޔަކޮއްލަން އިންޑިއާ ރައްޔަތުން އެގޮވާނަގަނީ ތހިވެކުސިން ނުޖަހަންވެގެން ދެން ޓެސްޓުކުރަން ކީކުރަން ދިވެހިންގަޔައް ގޮތްނޭގޭ ވެކުސިނެތިޖަހަނީ ނުޖަހާތި އކަކުވެސް
ހަ ޤަވްމެއްގެ ހިލޭއެހީގެދަށުން ލިބޭ އެއްޗެއް ދޭންވާނީވެސް ހިލޭ! އަދި ހިލޭކަމެއް އެގޭނީ ފަހުން. ހީވާގޮތުގައި ވެކްސިން ރެޖިސްޓްރީ ފީގެގޮތުގަ 150 ރުފިޔާ ބޮލަކުން ނަގަން ހަމަޖެހިފަ އޮތީ!
ފުރަތަމަ ދެ ޅިޔަނުން ވެކްސިން ޖަހާބަލަ އެއަށްފަހު އެހެންމިހުނަށް ވެކްސިން ދޭވަހަކަ ދައްކާނީ މާހެޔޮ ކަމަށް ހެދެންވެގެން ޑަބްލިޔޫ އެޗްއޯގެ ހުއްދަވެސް ނެތް ވެކްސިނެއް އިންޑިއާ އިން ހޯދައިގެން މަމެންނަށް ދޭން އުޅޭނެ ކަމެއްނެތް.
އަސާސީ ޚިދުމަތްދޭ ކުންފުނިތައް މިލިއަނުން މުއްސަދިވި... ކަރަންޓްވެސް ކަނޑާލަނީ ފެންވެސް ކަނޑާލަނީ މި ޚާއްސަ ދަނޑިވަޅުގެ ނާޖާއިސް ފައިދާ ވަރަށް ފުރިހަމަޔަށް ނެގި އަދި ވިޔަފާރިވެރިންވެސް މިކަން ކަމުގަ ޝާމިލްވޭ
މަށަކީ ދެިވެއްސެއް އެކަމަކު މަބޭނުބެއްނޫން ހިލޭ ދިނަސް ތިވެކްސިން ޖަހާކައް. މަކޮވިޑް ޤަބޫލެއް ނުކުރަން. ތިޔަ ކިޔާ ކޮވިޑަކައްވުރެން ތިޔަ ޖަހަންއުޅޭ ވިހަ މަށައް މާ ނުރައްކާ. މަމިހުރީ ކޮވިޑް ޖެހުނަސް ނުޖެހުނަސް މަމަރުވާނެކަން މާކުރިން ޤަބޫލުކޮއް އެކަމައް އީމާންވެގެން. ޝުކިރިއްޔާ
ވެ ކުސިންނުލިބިގެނެއްނޫން ދިވެހިރާއްޖޭގެ ރައްޔިތުންމިއުޅެނީ ކަލޭ ހިމާޔަތްކ ކޮށްފަތިބި ލާދީނީ މީހުން ހައްޔަރު ކުރުން މާމުހިންމު އެއައްވުރެވެސް މުހިންމު ހިންނަވަރޭ އިސްތިއުފާދިނުން އަދި އެއަށްވުރެމުހިންމު ނުޚައްޤުން ނޖަލުހައްޔަރެއްގައި ބައްހައްޓައިގެން އަނިޔާދެމުންތިގެންދާ މިދިވެހިރާއްޖޭ ގެއެންމެހައި ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވައިގެން ހުންނެވި ރައީސްޔާމީންދޫ ކޮށްލުން ވަގުތުން ވަގުތަށް ކަލޭ އިސްތިއުފާދިނުން އެއީ ރައްޔިތުނާއި މިޤައުމު ހުރިހާމުސީބާތަ ކުން ސަލާމަތްވާއޮތް ހައެ ކަނިގޮތަ ކީ އެއީ ތިވެ ކުސިން އެއްވެސްމީހަ ކު ބޭނުން ނު ކުރާނެ ކަންއެނގޭތީ ހިލޭދޭވާހަ ކަތިބުނީ އަހަރުން ނޫޅެންވެ ކުސިންނުލިބިގެނެ އް އަމުދުން އިންޑިޔާގެނަމުގައި ކޮންމެހެން ވެ ކުސިން ގެންނާނެ ކަމެއްނެ ތް ހުދު ކަލޭވެން ހިލޭވެ ކުސިންލިބުނީމަވެސް ނުޖެހީ ކީއްވެ؟؟ ބަލަ މާސް ކުގަޑެއްވެސް ހިލޭދޭންނު ކެރުނު ވަގެއް ތީ އަހަރުން މާސް ކު ބޭނުން ކުރަނީ އަނގުބޮޑު ކޮށް ގަނެގެން ހިންނަވަރޭ ދީގެނެއްނޫން ކަލޭމެންހިލޭދޭވެ ކުސިން ނުޖަހާނަން މަރުވިޔަސް ތިއުޅެނީ ދިވެބިރާއްޖޭގެ ރައްގިތުން މަރަންވެގެން ތީނުބަވެގެންވާ ނުލަބައިޖައްބާރު ޖާހިލުބައިގަނޑެއް މާތްﷲ ތިބަގަނޑުގެ ނުބައިނުލަފާމަ ކަރުވެރި ކަމުގެހިތިރަހަ ތިބައިގަނޑުގެ އަރުގައި ލައްވާނެ ނުބައިގޮތަ ކަށް ތިބައިގަޑުގެނިމުން ދައް ކަވާނެ އަބަދަ ކު ތިބައިގަނޑަ ކަށް ހިޔަޅުހެނދިގެނެތްނޫޅެވޭނެ ކަންދަނެގެ ންތިބޭތި އެނބުރިއައުން ވަރުގަދަވާނެ ވިސްނާ!
އާއްމުކޮންމިއުޅޭ ރޯގާގެ ނަންބަދަލްކޮށްގެން ރަތްޔެތުންގެމެދުގައި ބިރުވެރިކަންއުފައްދައިގެން ދިވެހިރަތްޔެތުން މޮޔަ ނަހައްދަވާ ކޮރާނަ ތީ އަހަރެމެންގަބޫލްކުރާއެއްޗެއްނޫން ކޮންދުވަހަކު 100ހާސް މީހުންމަރުވާވާހަކަ ޓީވީ ހަބަރުތަކުން ބުތްޏަސް އަހަރެމެންގަބޫލެއްނުކުރަނަމެވެ. ތީ ދިވެހިރަތްޔެތުންގެ ފައިސާ ކާންވެގެން ގަންނަގަނޑެކެވެ.
ވެ ކްސިން ބޭނުމެއް ނޫން ވަގު ހިޔަޅު!
ރާއްޖޭގެ ރަށްޔިތުންނަށް ހިލޭ ލިބޭ އެއޗެއް ދޭންޖެހޭނީވެސް ހިލޭ ވިއްކާކަށް ނުޖެހޭނެ
ޕޕޕ ކުދިންކޮޅު ތަމެންނަށް ފެނޭތަ ފެނޭދޯ ފެނޭތޭ........
ވެ ކްސިން ޓެސްޓް ކޮއްލަން ދިވެހި ރައްޔިތުން ގުރުބާން ކޮއްލަނި
ފުރަތަމަ ހެލްތު މިނިސްޓަރަށް ވެކުސިންދީ...ވާގޮތް ބަލާފަ ދެންތިބީންނަށް ދީ...
ކާޅު ލޭ އަޅާފަދިން ބޮނޑިބަތްކައިގެން ރައްޔިތުންގެބަޔަކު މޮޔަވީފަދައިން ތިވެކްސިންޖަހާ ބަޔަކު މޮޔަނުވިއްޔާ ކިތަންމެހާ ވެސްރަނގަޅު....
ދެރަގޮތެއް މިކުޑަ ގަައުމުގެ ކުޑަ އާބާދީއަށް މިންވަރު ނުކުރަވާށި
= އާމީން =
ތިއުޅެނީ މިގައުމް މީހުން މަރުނުވެގެންތޯ
އިންޑިޔާ އިން ވެކްސިން ގެންނާނެތާ . ޢެމީހުން ހީކޮށް އެތިބެނީ ދިވެހިރާއްޖެ މީ އިންޑިޔާ އަވަށެއް ކަމަށްވިއްޔާ .
މިތާ ވެރިކަމުގަ ތިބި މީހިންނަށްވެސް ނޭނގޭ އަސްލު ވެރިންނަކީ ކޮބައިކަމެއް.
ރައީސް އަހަރުމެން މިތިބީ އަތާ ފަޔާ ދެންވެސް ދޮންނަން ހުރި ހުރިހާތަނެއް ދޮވެ ދޮވެ މިތިބީ ރައީސް ތިބުނި ގޮތައް އެކަމަކު ރައީސް އައްވެސް ނައަންގާ ގައުމުގެ ޚަޒާނާ ދޮވެލި އިރު ރައީސް އައް ވީކަމެއް ހަރާމް ނޫންތޯ....
އިންޑިޔާ އިންދިނީ 100000 ޑޯޒް އެއީ 50000 މީހުނަށް ދެވޭ މިންވަރު.އެ އީ އާއިލާ މީހުންނަށާ ޕާޓީގެ އިސްމީހުންނަށާ ސަރުކާރުގެ އިސް ވެރިންނަށާ ހެލްތު ފްރޮނޓްލައިނަށް ދެވޭ މިންވަރުް ރައްޔިތުންނަށް ދޭކަށް އަދި ވެކްސިން ނުގެނެވޭ..މިވެކްސިންކީ ކޮންމެމިހަކަށް 2 ޑޯޒް ނުދީ ރައްކާތެރިކަން ލިބޭ އެއްޗެއްނޫން. ފުރަތަމަ ވެކްސިންދީފަ 28 ދުވަސް ވީމާ އަނެއް ޑޯޒް ދޭންޖެހޭނެ.
ފަޒުނާ ގަޔައް ލަޑާބަލަ ތިޔަ ވެ ކްސިން ވާގޮތެއްބަލަން
އެހެންމީހަކުތިމަގާމުޔަސްވވ ވެކްސިން
ދޭނީ ހިލޭ
ތިއުޅެނީ ނޭނގިތިބެ އެމްޑީޕީ ކުދިންކޮޅު މޮޔަކުރަން. ޕާޓީހުސްވެދާނެ
ކަލޭއަމިއްލަފައިސާޔައްގަތްވެކ ކްސިންތަ؟
ކެމްޕެއިނާ ހަމަޔަށް
ތިޔަވެކުސިން ފުރަތަމަ ހިލޭ ޖަހައިދޭންވީ ހިންނަވަރު ރަށްޔަތުންނަށް އޭގެ ފަހުގަ ދެޅިޔަނުންނަށް ދެންވާގޮތަކުން ކާޅުލޭބޮނޑިބަތްކޭ ކުދިންނަށް ގޯހެއްނޫންދޯ.
ބޭނުމެއްނޫން.
ވެކްސިންގެ އަޖުމަ ބަލާލަން އިންޑިއާއިން ދިވެހިން ބޭނުން ކޮއްލަނީ.
ތިޓެސްޓު ކުރަން އަހަރުމެން ނޫން ބަޔަކު ކަލެޔާއި ގެރިމޮޑީ އަށް ނުފެނުނީތަ؟ 🐊 🦌 އަހަރުމެންބޭނުމެއްނޫން ޑަބުލިއު އެޗު އޯ ގަބޫލުނުރާ އެމީހުންގެ މިންގަނޑުތަކައްނުފެތޭ ވެކުސިނެއްޖަހާކަތް ތި ދީ ކޯއްމެވެސް އެހެންބަޔަކަށް ލޯބުވެތި ދިވެހިރައްޔިތުން. ވަރައްރަނގަޅަށް މި ވެކުސިންއާމެދު ވިސްނާ ފިކުރުކުރޭ މިއީ ގެރިގޮރުގެ އަޖުމަބަލަން އެބައިމީހުން ޖަހާ މަޅިއެއް ބަނޑުހައިވެފަތިބިބަޔަކަށް ގެރިގުއި ދިނަސް ކާނެކަމަތް 🐊 🐗 މި ދެމީހުންގެ ވިސްނުން މިހުރީި،، - - - - -
ދޫވެހި ލެބްގައި އުފައްދާ ވެކްސިން ލިބޭނީ ކޮންދުވަހަކުންތޯ؟
ޕީޕީއެމް ކުދިން މިތިބެނީ އެވެކްސިން ޖަހަންތަ.؟
ބޭނުމެއް ނޫން. ޙައްޔަރު ކޮއް ބިޑި އަޅުވައިގެން މަޖްބޫރު ކޮއް ޖައްސަން އުޅުނަސް ބޭނުމެއް ނޫން އިންޑިއާއިން ކުރާ ތި ތަހުލީލް ގަ ބައުވެރިވަން. ވަރަށް އަވަހަށް ޕްރައިވެޓް ހޮސްޕިޓަލް ކްލިނިކް ތަކުން ފައިޒާ ވެކްސިން ގެނެސް ވިިއްކާނެ.