ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތް އިޓަލީ ބްރޭންޑްގެ ސަލާމީއަކީ ކޮބައިކަމާއި، އެއީ ކޮން ވައްތަރެއް ކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހާމަކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސެލްމޮނެއް ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތު އޮތީ އިޓަލީ ވިލާތުގެ ލޮވިސަން
އެސްއާރްއެލްއިން އުފައްދާ އަދި ވަލްސާނާ އެސްއާރްއެލް ކުންފުނިން ހޯލްސޭލް ކޮށްފައިވާ އޫރުމަހުގެ ސަލާމީ އަށް ކަމަށެވެ. އުފެއްދުމުގެ ލޮޓް ނަންބަރަކީ 14102020 އެވެ.

އެހެންކަމުން އެ ސަލާމީ' ފިޔަވައި އެހެން ސަލާމީ' ވިއްކާ ބޭނުން ކުރުން އެންމެ ރަނގަޅު ކަމަށް އެމްއެފްޑީއޭ އިން ވިދާޅުވިއެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ 3014361 ފޯނަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.