ފަރެންސޭސީ ވިލާތުން އެތެރެކޮށްފައިވާ ޗީޒްއެއް ކަމަށް ކެމްބާޓް އިސިގްނީ ކަލްވާޑޯސް ޗީޒް ޖަރާސީމުން ތަގައްޔަރުވެފައިވާތީ ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެ އޮތޯރިޓީއިން ބުނެފައި ވަނީ ފަރަންސޭސީ ވިލާތުގެ ޗީޒެއް ކަމަށްވާ ކެމްބާޓް އިސިގްނީ ކަލްވާޑޯސް ޗީޒަކީ ލިސްޓިރިއާ މޮނޯސައިޓޯޖީންސް ނަމަކަށް ކިޔާ ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމަށެވެ.

ފަރަންސޭސީ ވިލާތުގެ އެ ޗީޒް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ވަނީ މި އޮތޯރިޓީއަށް އަންގާފައިވާ ކަމަށްވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލިސްޓީރިއާ މޮނޯސައިޓޯޖީންސް ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.