ރާއްޖެއަށް އިމްޕޯޓްކޮށްފައިވައިވާ އެސިލޮކް (ރެނިޓިޑައިން އިންޖެންޝަން)ގެ ބެޗެއްގެ ކޮލިޓީ މައްސަލައެއް ދިމާވެ އެ ބެޗް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއޭޑީއޭ) އިން އަންގައިފި އެވެ.

އެ އޮތޯރިޓީއިން ނެރިފައިވާ އެލާޓެއްގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ރެނިޓިޑައިން އިންޖެންޝަންގެ އާރްޕީ 21311 ބެޗްގައި ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ބެޗް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެ އެވެ.

އެ ބޭހުގެ އެ ބެޗް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި އެންގުމަށް ވަނީ އެދިފަ އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ އިންޖެކްޝަން އުފައްދާފައިވަނީ އިންޑިއާގެ އިމްދާބާދުން ނެވެ. އެއި 25 މިލި ގްރާމްގެ އިންޖެކްޝަނެކެވެ. އެ ބެޗް އުފައްދާފައިވަނީ 2021 ވަނަ ވަނަ އަހަރުގެ ހަތް ވަނަ މަހުގަ އެވެ. އަދި އެކްސްޕަޔާ ވަނީ 2024 ވަނަ އަހަރުގެ ހަވަނަ މަހުގަ އެވެ.

އެ އޮތޯރިޓީއިން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސް ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޯލޭ

    ތި ހުންނާނީ މިހާރު ގިނަ މީހުންގެ ގަޔައް ޖަހުވާފަ

  2. ދެރަ

    ތިޔަ ކޮވިޑުވެކްސިންތައް ނައްތާލާނީ ކޮންދުވަހަކުން ކިތައް މީހުން މަރިވީމަ؟!

    1
    1
  3. ައަހުމަދު

    ރާއްޖެ އެތެރެކުރާއިނެޖެކްޝަން ބޭނުން ނުކުރަން އެންޤީކީނޫން ދޯ މިބުރޭންޑުގެ މިބެޗް ބޭނުން ނުކުރަން އެންގީ ،

    1
    1