ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ މަޝްރޫއު"ގެ ފްލެޓްތައް ދިނުމަށް ހަމަޖެހިފައިވާ ކެޓެގަރީތަކުގެ ތެރެއިން، އެޗް7 ކެޓެގަރީ (18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޙާއްޞަ ކެޓެގަރީ) ގައި ފެލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ނަން ހިމެނުނުކަން ހާމަވެއްޖެއެވެ.
ފްލެޓްތަކުގެ މައްސަލަ ބެލުމަށް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު އެކުލަވާލެއްވި "ފްލެޓް ކޮމެޓީ"ން ފަނޑިޔާރު މުހައްމަދު ނިޔާޒަށް ޕްއިންޓް ދީފައިވާ ގޮތަށް ބަލާއިރު، ވަޒީފާގެ މުއްދަތަށް 15 ޕޮއިންޓް، އާއިލާގެ ކުޑަ ބޮޑުމިނަށް 40 ޕޮއިންޓް، ޙާއްޞަ އެހީއަށް 10 ޕޮއިންޓް، ދިރިއުޅުމުގެ ޙާލަތަށް 19.55 ފޮއިންޓާއި އެކު ޖުމްލަ 84.55 ފޮއިންޓް ވަނީ ލިބިފައެވެ. މި ލިސްޓް އެންމެ ފުރަތަމަ އާއްމު ކުރި އިރުވެސް، ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ނަން ލިސްޓުގައި އޮތެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއަކީ ނިމިދިޔަ ސަރުކާރުގައި ދީފައިވާ ފްލެޓްތަކާއި ހައުސިން ޕްރޮޖެކްޓް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، ޙައްޤުވެރި ފަރާތްތަކަށް ފްލެޓްތައް ދިނުމަށް ކަމަށްބުނެ، ފަސް މެންބަރުން ހިމެނޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުފައްދާފައިވާ ކޮމެޓީއެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓުން އުނިކުރި މީހުންނަށް ޝަކުވާ ހުށައެޅޭ ގޮތް ނުވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ ތަހުޤީޤު ނުކުރަންވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ފްލެޓްތަކުގެ މައްސަލައިގައި އަޑު އުފުލަމުން ގެންދާ "އާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާއިން މިފަދަ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވަނީ H7 ކެޓަގަރީ ފިޔަވައި އެހެން އެއްވެސް ކެޓެގަރީއެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ލިބިފައި ނެތް ކަމަށް ބުނެއެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ދާއިމީ ލިސްޓު ނެރުމަކީ އެތައް ހާސް ބައެއްގެ ހައްގަށް އަރައިގަތުން ކަމަށް ބުނެއެވެ.
އެޗް7 ކެޓެގަރީން ފްލެޓް ލިބޭ ފަނޑިޔާރު މުޙައްމަދު ނިޔާޒަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ތަޢުލީމު ޙާޟިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ފަނޑިޔާރު ނިޔާޒު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ ކުރިން ފުރުއްވާފައިވާ މަޤާމު ތަކުގެ ތެރޭގައި ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމާއި، ހދ.ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓްންޓްކަންވެސް ކުރައްވާފައެވެ.
އަލިފާންކައި އަލިފާނުގައި ނިދާ ދަރިންނަށް އަލިފާން ކާންދީފަ މަރުވުމަށްފަހު އަލިފާނުގައި ތިމާއާއި ތިމާގެ އާއިލާ އޮންނަން އެދޭ މީހުން.
ޔާމީނު އުޅުނީ އަލިފާން ނުކައިދޯ؟؟
ރިޝްވަތުގެ ކުޅިވަރު ފެށުނީތާއެވެ. މަރުދަންޖެހިގެން ނަމަވެސް ފަނޑިޔާރަކަށް ވެވޭތޯ ބަލަމާބަހީއެވެ. އާޚިރަށް ނުލިބުނަސް ދުނިޔެ އެބަ ލިބޭ ވިއްޔާއެވެ. ވަލްހަމްދުލިއްލާހި.
ސާބަހޭ ކެނެރީގެ ބުއްޅަބެޔައް.
ތިދަސް ކޮށްދިނީ؟؟؟މިވެރި ކަން ނޫން ވެރި ކަމެއް އައިދުވަހަ ކުން ފުލެޓް ބަހާނެ ގޮތް ދެއްތޮ ދެން ކީކ ކޭބާ؟؟؟ ރީނދޫ. ކުދީން ކިޔާނީ ހޭވުނު
ވަރަަ ކަށް ހަޑިހާވާފަބަހައްޓާތި ހަމައިގަތިބޭބަޔަ ކަށް އިބުރަތެއް އެހެންނޫން ތޯ؟؟؟
ޔާމީނު ޒަމާނުގަ ނެރުނު ލިސްޓުގަވެސް އޭނާގެ ނަން އެބަ އޮތް މާގިނަ މާކްސް ލިބިފަ އޮތީ މިފަހަރުގެ ވަގުތީ ލިސްޓުގަ އޮތް ވަރަށް ވުރެން.. އަދި އެއްފަހަރު ރަނގަޅަށް ޗެކްކޮށްލުން އެދެން
ޔާމީނަށް ނުހައްގު ހުކުމެކުރޭތޯބަލަން ރިޝްވަތުދިނީކަމަށްދޯ ތިބުނީ..ހައްގަކާނުލައި އެއްވެސްމީހަކަށް އަނިޔާވެރިވާ ބަޔަކަށް ގަޑުވަރެދިނަސް އެތަނެއް ފަނާވުމަށް ހިދުކޮޅެނަގާނީ..އެތެރެހައްޓަށްލާ ކާއެތިކޮޅަކީ އެހެންމީހެއްގެ ލެއިން ލިބޭ ކާއެތިކޮޅެނަމަ ތިމާމެންނަކީ ކޮންފަދަ ފަގީރުންތަކެ..
މީހުން ލިޔެފަހުންނަ އެއްޗެތި ކިޔަން ނޭނގޭ ފަހުމު ނުވާ ގަމާރުން ތަންތަނަށް ބޭނި ނުގަތުން ރަނގަޅީ.. ތީގެ 99 ޕަސެންޓަކީ ފީކުދާބަ ގުނބޯ ވިސްނުމުގެ ނާތަހުޒީބު މީހުން... ބަލަ ޔާމީނޭ އޭނާއަށް އެންމެ ފުރަތަމަ ހިޔާ ފުލެޓު ދީފަ ލިސްޓު ނެރުނީ.. އެއީ ޔާމީނުގެ މައްޗަށް ދަޢުވާއެއް އުފުލުމުގެ މާކުރި... މިފަހަރު ލިބުނު ޕޮއިންޓުވެސް މަދު ޔާމީނު ދިން ޕޮއިންޓަށްވުރެއް
ކަލެޔަށް މާބޮޑަށް އިނގެނީ.ސިކުނޑިން ވިސްނޭތޯބަލާބަލަ ދަލު ބޭރުން ޖެހި ގަތުމުގެ ކުރިން. އޭނަ އިންސާފުވެރި ހުކުމެއް ކޮށްފިނަމަ އޭނަޔަކަށް ފްލެޓެއް ނުލިބޭނެ. މިހާރު ބަލައްޗޭ. ރީނދޫ މީހުން ރުހޭ ހުކުމެއް ވީމަ ފްލެޓްވެސް ލިބޭނެ. ދުވަސް ކޮޅަކުން އިންނާނީ ސުޕްރީމް ކޯޓުގަ ތޯއްޗެއް
މިހާރު ވެސް ފަނޑިޔާރު އުޅުއްވަނީ މާލެ ގްރޭންއިން ފްލެޓް ގަނެގެން
މާލޭން ގްރޭންޑުން ފުލެޓް ގަތްދިނީ އަލީ ކަމަށް ވަނީ.
ފަނޑިޔާރަށް ދޭންވީ ރިޒޯޓެއް
ކޮރަޕްޝަން
މިބައިގަނޑަށް ވޯޓު ދިނުން އެއީ މަށައް ހެދުނު އެންމެ ބޮޑު ގަޅި.... ހާދަ ދެރައޭ
ފްލެޓްގައޮތަސް ޕެރަޑައިސްގައޮތަސް މަރުވާނެ ﷲހަޒުރަތަށް ދަތުރުކުރާނެ އެއަށްފަހު ފްލެޓްއެއްގަ ނޯވެވޭނެ..ﷲގެޝަރީއަތާ ﷲގެހު ކުމް ބޮލާލާޖަހާފަ ދުނިޔެގަތަސް އެއްމެބޮޑަށް ހިޔަލެބޭނުންވާދުވަހު ތިމާއޮންނާނީ ކޮންތާ ކު ކަން އެގޭނެ އެ ކަ ކުވެސްނެތް..ބިރުވެތި ކަމެ އީމާންތެރި ކަމެނެތް ފަޑިޔާރުންތަ ކެމިތިބީ..ހައްގުން އެއް ކިބާވެފަވާ ފަޑިޔާރުގެއަ ކުން އަދުލަށް އިންސާފު ލިބިދާނެ ކަމަށް ހިތަންއަރުވަންވެސް ހެޔޮނުވާނެ...ﷲގެ ކިބައިން ވާގިއެދި ﷲއަ ކުބަރުންފަށަންވީ ގައުމު އިސްލާހު ކޮށް މިވެރި ކަން ހަމަމަގަށްއަޅުވަން..
ތިޔައީ ޕޮލިސް ފުލެޓް.
މިސޮރަށް އިނާމުވެސް ލިބޭނެ ، ޕުރޮމޯށޝަންވެސް ލިބޭނެ. ސާބަސް ފަނޑިޔާރު.
ނިޔާޒު ހަދާންބަހައްޓާތި ވަރަށްއަވަހަށް މާﷲގެ ކޯފާއާ ކުރިމަތިލާންޖެހޭނެކަން!!! ފުލެޓުގައި ނިދަންއޮއްވައި ހޮނުއެޅުމަކީވެސް ދުރުގައި އޮތްކަމެއްނޫން!
ދައުލަތުން ވައްކަން ކޮށްގެން ހަދާ ގެއެއްގަ އުޅޭ ބަޔަކަށް މާތްﷲ ގެ ކޯފާ ނާންނެތޯ؟
ޔާމީން ވައްކަން ކުރިކަން ސާބިތުވެފަ، އަމިއްލަ އަށް އިއުތިރާފް ވެފަ ހުރި މީހެއް.. ވައްކަން ނުކުރާކަމަށް ނުވާނެ..
ކޮން އިއުތިރާފެކޭ ގޮވާކަށް. މމޕރސ ލާރިންތަ ގެ ހެދީހަމަ؟ކަލޭ އޮތީއެ ނޯޓުބޮނޑިއަށްލޯ އަޅަންތަ؟ ހާދަހާގަދަޔޭދޯކަލޭ
ފަޒުނާގެ ގަސް ކުންފުންޏަށް ސަރުކާރުން ހަރަދުކުރާއިރު ނޫނީ ވެންޓިލޭޓަރުން ވައްކަން ކުރާއިރު ނޫނީ ދެ އިރު ދެދަޅައަށް ބަޖެޓް ދިރުވާލާއިރު ކޯފާ ނާންނަނީ ދޯ. ހާދަހާވާ މޮޅޭ ދޯ ރީނދޫ މީހުން ކޮމެންޓް ކުރަން
ޙައްހައްހާ.ސަޅި ކޮމެންޓެއް
މިއަދު ފުލެޓުހޯދާގެން ތިބެވިދާނެ އެކަމަކު ރައީސް ޔާމީނުގެ ކުށެނެއްކަން މިޅިއުމްމަތަ ހާމަވެގެންހިގައްޖެ މިއަދު ރައީސް ޔާމީނުއައް ތިކުރާއަނިޔާގެ ރަހަ ތިފުލެޓު ފަޑިޔާރުންވެސްދެކޭނެ ދުވަހެ އަންނާނެ އިށާﷲ
ތިޔައީ ދައްކާ ނިމެން އޮތް ވާހަކައެއް ނޫން ! ޔާމީނުގެ ވެރިކަމުގައި ކިތަށް ފްލެޓް ކިތަށް ގޯތި ކިތަށް ބިން ކިތަށް ގަޑުވަރު ބަހާލި ބާ ؟
ތަނެއްގައި ޢަދުލު އިންސާފު ގެއްލިފައިވާނަމަ އެތަނަކަށް ނިކަމެތިކަން މެދުވެރިވާކަށް ލަހެއްފަހެއް ނުނަގާނެ ޔާމީނަށް އިންސާފު ލިބެންޖެހެއިމިއީ ރިޝްވަތުގެ ....
މީ ސީދާ ދިވެހި ރައްޔިތުންނަ އަނިޔާވެރި ވާނެ ސަރުކާރެއް
ކަނޑައެޅިގެ ކެވެނި އަލިފާންކަން އެނގޭއިރުވެސް ދޫނުކޮއްކާތި ދެންމިތާންގެ ފަނޑިޔާރުގެއިން ޝަރީއަތެއް ކިހެނެއް އިންސާފުވެރިކަމާއެކު ނިމޭނީ
ފްލެޓަކަށް ދަހިވެތިވެ ހުރެ ފަނޑިޔާރު ނިޔާޒު އިންސާނެއްގެ ޙައްޤު ކަތިލާއި ޝަރުޢީ ޤާނޫނު ކިލަނބުކޮށް ފާސިދުންގެ ހެކިބަސް ބަލައިގަނެ ޙުކުމް އިސްލާމީ ޤާނޫނަށް ގޮންޖަހާ ރައީސް ޔާމީނަށް އަނިވެރި ވީމާ ހަނދާންކޮށްލަދެން 100 ޤާޒީންގެ ތެރެއިން އެކަކަށް ސުވަރުގެ ލިބެނީ. ފްލެޓަކަށް ދަހިވެތި ވުމަށްވުރެ އާޚިރަތް ލިބިގަތުމަށް ދަހިވެތިވުން ބުއްދިވެރިވާނެ.
ނަޝީދުއަށް ޓެރަރިޒަމްގެ ދަޢުވާ ކުރި ޤާޒީންނަށް ރެހެންދި ފުލެޓުން އެޕާރޓްމެންޓް ދިން ކަން ބޭފުޅާ އަށް ނޭގެނީތޯ؟
ސިޔާސީ ހުކުްމްތަށް ފަޓާސް ބަރިއެއްހެން އައީ އެ ޤާޒީންތަކަށް ފްލެޓް ނުދީތޯ..
ޔާމީން ވަނީ ރފޔ ގޯނި ވަންކަމަށް އެއްބަސްވެފަ.. އަމިއްލަ އަށް ލިބުނީ ހަލާލް ފައިސާ ނޫންކަމަށް ބުނެފަ..
އަމިއްލަ ޢިއުތިރާފް އެއީ ބަލާނެ ފުރަތަމަ ކަންތައް..
ޤާސިމް، ނަޝީދު، މައުމޫން، ފާރިޝް، 2 ނާޒިމް މި އެންމެނަށް ޙުކުމް ކުރި މީހުންނަކީ ސުވަރުގެ ވަންތަ ވެރިންތޯ..
އެ މީހަކު ފޭހުނު އިލޮށި ހެރޭނީ އެމީހެއްގެ ލޮލަށޭ ބުނަނީ މިހެންވެ.
މީޔާމީނުގެސަރުކާރެއްނޫ ރިސްވަތެއްނުދޭނެ.މީޕީޕީއެމްސަރުކާރެއްނޫ މުޅިއުމުރުހޭދަކުޖެހޭނީޔާގުމްޑާޖަލުގަ
ޣައިބުގައިވާ ކަންތައްތައްވެސް އިނގެނީ ދޯ މިހާރު. މައެހެންވެޔޭ މި ބުނަނީ ލާދީނީ ނޫން އެއްޗަކަށް މޑޕ ދުވަހަކުވެސް ނުވާނެޔޭ
ފްލެޓް ލިބޭ އެލިސްޓްގައި ފަޑިޔާރާ އެކު، 572 ގައި އޭނާގެ އަންހެނުން އަދި 650 ވަނައިގައި އަންހެން ކޮއްކޮއަކަށްވެސް ފްލެޓް ލިބޭ ޢަދަދުގެ ތެރޭގައި ހިމެނި ފްލެޓް ލިބޭ، އެދެއަންހެނުންނަށް ވަޒީފާގެ ޕޮއިންޓްވެސް ދީފަ އިން އިރު އެއީ ދުވަހަކުވެސް ވަޒީފާއެއްއަދާކުރި ބައެއްނޫން. ދަރިން ބެލުމަކީ ޕޮއިންޓް ލިބޭ ވަޒީފާއެއްނަމަ އެފަދަ އެހެން މީހުންނަށްވެސް ލިބެންވާނެ.
ފްލެޓް ބެހުމުގައި އިންސާފްވެރި އެއްވެސް ސަރުކަރެއް ނެތް. ކީއްވާނީ، ފްލެޓަށްލީ މީހުންތެރެއިން، ރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗެއްލިބިފައިނެތް ކޮންމެ ދެމަފިރިއަކަށް ވަންނާނެ ފްލެޓެއް ދިނިއްޔާ.
މަޖްބޫރުވެގެން ދިރިމިއުޅެނީ މާލޭގަ، ރަށުން ގެވަޅުދޭއިރުވެސް އެއްބަޔަކަށް ނުދޭންވީމަ ރަށުކޮމިޓީން މިބުނަނީ މާލޭގަ އުޅޭތީއޭ، އަނެއްބަޔަކަށް އެތަނުން ގޯތި، މިތަނުން ފްލެޓް. މިހެން ލައްގާ ހުރައަށް އަބަދު ލައްގަންޔާ ބޯހިޔާވަހިކަން ނެތް މީހުންގެ ލިސްޓަށް ދުވަހަކުވެސް ލުއިވާނެބާ.
ކުއްޔަށް އުޅޭތަނުގެ ރެދު ގުނައިގެން އެލިބޭ ޕޮއިންޓަކީ ގެވެރިމީހާއަށް ލިބެންވާނެ އެއްޗެއް. ކޮޓަރީގަ ނިދާ މީހުން ބަލާއިރު ތަނުގެ އަކަފޫޓާ އުސްމިނަކަށް ނުބަލަ، ލިބޭ އާމްދަނީ ބަލާއިރު ކުއްޔަށްދައްކާވަރާއި، ފެނާކަރަންޓާ، ޒަރޫރީ ޚަރަދު ތައްވެސް އަޅާބަލައިގެން ނޫނީ ހާލަތު އެގޭނެބާ. 2003 ގަ ކައިވެނިކުރިއްސުރެ ލިބޭހާއެއްޗެއް ކުއްޔަށް ދީގެން ފްލެޓަށްފޯމްލަން. ދެމަފިރިންނާ ދެ ދަރިން މިހެން ކޮޓަރިގަޑެއްގަ އުޅެނިކޮށް ދަރިންނަށް 18 ވެސް އެވީ، އިތުރުދަރިން ނުހޯދަނީ އުޅޭނެތަނެއް ނެތިގެން، އެކަމަކު ޕޮއިންޓް ދެނީ ދަރިންގެ އަދަދަށް، ދެދަރިން މަދުވެ ދުވަހަކު ޝަރުތެއް ހަމައެއް ނުވި، އެކަމަކު އަޅުގަޑަށް ވުރެ ދަރިންމަދު ރަށުގައިއުޅޭ މީހުންނާއި، އަމިއްލަ ގެދޮރުހުއްޓަސް، ފްލެޓް ހޯދަން، މާލެއައިސް ފައިންލޮނު ނުހިކޭ މީހުންވެސް އެހުރީ ޝަރުތު ހަމަވެފަ،
ޔާމީނުގެ ޝަރުތު ބަދަލު ނުކޮށް، އިންސާފް ހޯދައިދެނިއްޔޭ ކިޔައިގެން، އަމިއްލަ އެޖެންޑާއެއްނެތް ނަމަ، އިސްރާފް ކުރަން ބަޔަކުލައްވާ މިހިންގަނީ ކޮންޖަރީމާއެއް. ޔާމީނުގެ އެލިސްޓަށް ފްލެޓްތައް ބަހާލީމަ އެވީއެއްްނު. ނިކަމެތިން ލޮލަށް ފެންނާނީ ވޯޓްހޯދަންވީމަ ހުވަފެންދައްކަން.
ތިރީގެ އަތައްވުރެ ބޮޑުވާނެ ތިރީގެ ހުކުމައްވުރެ މަތީގަ ހުކުމް މާވަރުގަދަވާނެ
ޔާﷲ މިނުލަފާ ދައްޖާލު ފަނޑިޔާރަށް ލައުނަތްލަށްވާށިއެވެ.
امين..اللهم امين
ވަގުތު ހާދަ މޮޅޭ. ޕޮއިންޓް ދީފަ ހުރީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް ނެތިސްކަމާ ވަޒީފާ އަށް ވީ މުއްދަތަށްވުރެ ގިނައިން ކަމާ ކުޑަ ޢާއިލާއަކަށް މާގިނައިން ދީފަ ކަމާ ނިޔާޒު ލިސްޓްގަ އޮތި ނުޙައްގުން ކަމަށް ސާފު ބުނެނުލީ ކީއްވެބާ
ފުލެޓް ހުކުމައް އަންގާފައޮތްކަމައްވަނީ ޕޮއިންޓްލިބުނަސް ފްލެޓެއްނުލިބޭނޭ ދުނިޔެއައްޓަކާ އާޚްރަތް ވިއްކާނުލިއްޔާ އެހެންވެ ޖެހޭނީ އެހުކުމް ދަމަހައްޓާށޭ އެހެންވެ ދުނިޔެބޭނުންވާމީހާ ކަންކުރާގޮތައް ކުރީ ކައްވަޅުގަ ކެއްކުރެވޭނެބާ
ޢަހަރެން އޭނާ ދަންނަމެވެ. ޢެއީ ޙައަޤުނޫން އެއްޗެއްގަ އަތްލާނެ މީހެއް ނޫނެވެ. މީނުންގެ އަބުރަކީ ޙުރުމަތްތެރި އެއްޗެކެވެ.
އިއްޔެ ޝަރީއަތް ބެލި މީހަކަށް އެނގޭނެ އޭނަގެ ފެންވަރު. ހާދަހާ ތެދުވެރިޔޭ ދޯ
ފުރަތަމަ އަމިއްލަ މީހާ އަލިފާން ކައިފަ އެހެން މީހުންނައް ކިޔާނޭ
ފުރަތަމަ އަމިއްލަ މީހާ ކައިފަ އެހެން މީހުންނައް ކިޔާ
ކުޅުދުއްދުށިންވެސް ތިޔަ ނިޔާޒަށްވަނީ ފުލެޓްލިބިފަ
ތީހަމަ ދޮގެއް ފިޔަވަަޅު ތަކާ އެއް ގޮތަކައް ނޫން ... އެމީހުން ބޭނުން ވާހާ ގޮތަކަށް އުޅެވޭ ގިތައް އޮންނަނީ ... ގެސްޓުން އައުން މައްސަލައެއް ނޫން .. އެކޮނަމީ އަށްވެސް ބަލަން ވާނެ އެކަމު ދޮގުވާހަކަ ދެއްކުން އެއީ ހައްލެއްނޫން