ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ގޯސް ކަމަށް ހައި ކޯޓުގައި ރައުޔަ ނެރުއްވި ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ދެ މައްސަލައެއް ކުރިއަށްދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.
އެކަމަކު، ޝަހީދާ ގުޅޭ ގޮތުން ހުށަހެޅިފައި އޮތް ދެ މައްސަލައަކީ 2019 ވަނަ ޖޭއެސްސީ އަށް ފޮނުވި މައްސަލައެކެވެ. މިއަދާ ހަމައަށް އައި އިރު، އެ ދެ މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީ އިން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
އޭގެ ތެރެއިން އޮގަސްޓް 19 ގައި ހުށަހެޅި މައްސަލައަކީ ވަކި ފަރާތެއްގެ މަސްލަހަތު އިސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހުށަހެޅިފައިވާ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއް އޮންނަ އިޖުރާތްތަކާ ދެކޮޅަށް ހިންގާ ކަމަށް ބުނެއެވެ.
ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ޝަހީދަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ.
އެކަމަކު، އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އިދިކޮޅުގައި ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރު ކަމުގައިވާ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމުގައި ދައުލަތުން ވިދާޅުވެއެވެ.
އެ ހުކުމް ހައި ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަމަކު، ހައި ކޯޓުގައި މަައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން ޝަހީދުގެ ރައުޔު ތަފާތުވެފައިވެއެވެ. އަނެއް ދެ ފަނޑިޔާރުން ބުރަވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ހުކުމަށެވެ.
ޝަހީދުގެ ރައުޔުގައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭއިރު، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ ދެ ބޭފުޅުންގެ ހެކި ބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޝަހީދު ވިދާޅުވީ، އަޙުމަދު ޢަދީބާއި ޢަބްދުﷲ ޒިޔަތަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ބައިވެރިންކަމަށް ވީ ހިނދު، ޤާނޫނީ އަދި ޝަރުޢީގޮތުން ބެލިކަމުގައި ވިޔަސް، އެމީހުންގެ ހެކިބަހަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށާއި، ނަމަވެސް އެމީހުންގެ ހެކިބަހަށް ބުރަދަންދީފައިވާ ގޮތް، ދަށު ކޯޓުގެ ޙުކުމަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.
ހިތަދުއަށް އުފަން ޝަހީދު ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވަނީ މިޞްރުގެ އިތުރުން ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ (މިހާރުގެ އިސްލާމިކް ޔުނިވާސިޓީ) އިންނެވެ.
ޝަހީދު ޤާނޫނީ ވަކީލު ކަމުގެ ހުވާކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އޭގެ ފަހުން ޕްރައިވެޓް ލޯ ފާމެއް ކަމުގައިވާ އިކުއިޓީ ޗެމްބާސްގައި މަސައްކަތް ކުރެއްވި އިރު ފަހުން އެބޭފުޅާ ވަނީ ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ކަމުގެ ވަޒީފާ އަދާކުރެއްވުމަށް ފަހު ގާޒީ ޝަހީދު އައްޑޫ ސިޓީ ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ދަނިކޮށް ވަގުތީ ގޮތުން ޝަހީދު ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ބަދަލުކުރިއެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަނެއްކާ ވެސް ޝަހީދު ވަނީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފައެވެ. ކްރިމިނަލް ކޯޓަށް ގާޒީ ޝަހީދު އައްޔަން ކުރިތާ އެންމެ 180 ދުވަސްފަހުން، ހައިކޯޓުގެ ފަނޑިޔާރަކަށް ޝަހީދު ޢައްޔަންކުރަން ޖޭއެސްސީން ނިންމިއެވެ.
މިހާރުގެ ޖޭއެއްސީގައި ތިބި އެއްޕާޓީއެއްގެ އައުވާނުންނަކީ އިންސާފު ދަންނަ ބައެއްނޫން ހައިލަމްގެ ކަންކަމަށް ބަލާލާ ގާޒީންނަކަށް ނުޖެހޭނެ ސާލިހުބުނާގޮތެއް ހަދާކަން
އަހަރެމެން އިންސާފު މަގުމަތިން ހޯދަންވީނު!! ގައިމު ތި މީހުންތީ މިރާއްޖޭގެ މަގުތައްމަތީ އުޅޭ މީހުން ވިއްޔާ!! ދިވެހި ރައްޔިތުން ހަމަ ރަަނގަޅީ!! ބޭރު ތަނެއްގަނަމަ ބޭނުން އެއްޗެއް ހަދާފަ ގޮސް ގެއަށްވެސް ނުވަދެވެނީސް އޮންނާނީ ވާނެ ހައެތިވެ ނިމިފަ!!
ކޮބާ ފެނޭތަ ހައިލަމް ބުނެފައެބައޮތޭނު ފަނޑިޔާރު ޝަހިދުގެ ސްލޫކީ މައްސަލަ ޕަކުޑި ކޮށްފަ
ނުބާއްވާނޭ ފަޓަސް ބަރިޔެންހެން ބަލަން ފެށިތަން މި އުޅެނީ 24 ގޑިއިރު ނުވޭ
ބާއްވަންޖެހޭތަ؟؟ މައްސަލައެއް އޮތިއްޔާ ބަލާ ފިޔަވަޅު އަޅަންޖެހޭނެ.. އެއީ ހުކުމުގެ މާކުރިންވެސް ބަލަމުންދާ މައްސަލައެއް
ބާދުއަށް ހާދަވަރެއް ވެފައޭ ތިހުރީ. ކީއްކުރާނީ ބައެއްމީހުން ފެންނަ ކަނުވެ އިވޭ ބީރުންނައްވެ ނިމިއްޖެ.
އެމްޑިޕީ ގުންޑައިން ބުނާ މިނިވަން ޖުޑިޝަރީ އެއީ. ގުންޑައިން ބޭނުން ވާގޮތަށް ހުކުމް ނުކުރާ ފަނޑިޔާރުން ބޭރު.
މަ ރުގާތްވެގެން ތެޅެނީ.
ބުއްރަބޭގެ އިންސާފު އުތުރި އަރަނީ މިއޮއްގެން! ތިމަންނާގެ ޕާޓީ މީހަކު ނޫން ވެއްޖެއްޔާ ތިމަންނާގެ ނުލަފާކަން ދައްކާލާނަމޭ ބުނި ބުއްޅައެއްނުތި! މީނާ ހިންގާ ޖަރީމާތަކުގެ ފާފައިން ބައެއް މީނާ މި މަޤާމަށް ގެނައުމަށް ވޯޓްދިން ބައެއްގެ ބޮލުގަވެސް އެޅޭނެ.
ބަލަނީއެއް ނޫން ބަލަމުންދޭ.. ހުކުމުގެ ކުރިންވެސް ބަލަމުން ގެންދާ ދެ މައްސަލައެއީ.. އޮޅޭ ގޮތަށް ފިތުނަ އުފައްދަން މަސައްކަތް ނުކުރަމާ..
ބިރުދަައްކަން ކުޅޭ މޮޅު ގޭމް. ތިމައްސަލަ ޕާކް ކޮއްފަ އޮއްތާ ކިތައް ދުވަސް އަދި ކިރިޔާ އެ ތެޅިގަތީ
ޕާކު ކޮށްފަ އޮތުމަކީ މައްސަލައެއް ނެތުމެއް ނޫން.. ޕާކު ކޮށްފައެއްވެސް ނޫން އޮތީ ހަމަ ބަލަމުންދާ މައްސަލައެއް 2 މައްސަލަ އެބައޮތް..
...ތޮށަލިދުޅަޔަށް ދުނިޔެ ހިނގާނެކަން
މުސްކުޅިންގެހަރުބަސް
ގުންޑާ ކަލޯ ކެނެރީ ކަރުބުޑުގަ އަލިފާން ރަހަލާނެދުވަސް އޮތީ ނިކަން ގާތުގަ
====ވ... ވާހަކަ ====
ޙަމަ ހީ ނުވޭ ވަ ރަށް
ކަ ރުބުޑުގަ ރަހަނުލައްވާނެގޮތީ ނެތްގޮތެއް.
ޕީއޭގެ މެމްބަރެއް، ޔާމިނުގެ ވެރިކަމުގަ ކޯޓަށް ލީމަ، ރަޢުޔު ނެރޭނީ ނިގޫފިތިގެން ނެރޭ ރަޢުޔު.
`
ހާތްތެރީ ، ޖުޑިޝަރީ އިސްލާހުވާނީ ދެން މިހާވަރަށް
ފަނޑިޔާރުންނަށް އިންޑިއާއިން ގެރިއަށް އަޅުކަންކުރާބަޔަކު ފޮނުވާށޭ މޯދީ ބޭބެއަށް އަންގަންވީނު. އޭރުން ޞަދޫމްގައި ކުރާގޮތަށް ގިނަލާރިދޭކޮޅަށް ފައިދާވާގޮތަށް މައްސަލަ ނިންމާނެ. ފަނޑިޔާރަކަށް ފެންނަގޮތް ހާމަކުރުމުން ކުއްލިއަކަށް އެފަނޑިޔާރުގެ މައްސަލަ ބަލަންވީ. ފުރަތަމަ ތިމާމެންގެ މައްސަލަތައް ބަލާބަލަ. މާތެދުވެރި ބައެއްތަ ތީ؟ ފަނޑިޔާރުގެއިން ކުރާ ކަންކަމަށް ބަސްބުނަން މިތިބެނީ ޤާނޫނު ތަކާ ދީނުގެ ކަންތައް އޮންނަގޮތް ނުދަންނަ ރޯނުއެދުރުން ހިމެނޭ ބައެއް. ވާވާ.
ހަހަހަހަހހަހަހ. ޖުޑުޝަރީ މިނިވަން ވީ އޭ
12 ގަޑި އިރު ، 100 ސަފޮހާ ކިޔަސް ،
މިނާ އަކަށް ނޭންގޭ ދައުލަތައް ލިބެންޖެހޭ 1 މިލިއަން ޑޮލަރު ވަނި ޔާން ގެ އެކައުޓްއައް ވަދެފަކަން ، އަދި އެފައިސާ ގެ ބޭނުންކޮށް އެހެން އިންވެސްޓްމަންޓް އަކައް ބޭރުގެ ކުންފުނޔަކައް ފޮނުވާ އޭގެން ފައިސާ އިތުރުކޮށްފައިކަން .
ވީމާ މިހާސާފުކޮއް ފެންނާންހުރިކަމެއްގައި 100 ދުވަސް 100 ގަ ގޮތައްކިޔަސް ، ވާނީ ހަމަ ގައުމައް ގައްދާރުކަން .
" ޝަހީދުގެ ރައުޔުގައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭއިރު، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ ދެ ބޭފުޅުންގެ ހެކި ބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ." އެހެންވީމަ އެހެންމީހުްނ ހެކިންގެ ގޮތުގައި ދައްކަންވީނު ޔާންޔާ އަކަށް ނޭގުނުދޮއްތަ ހަމަ އެއްމައްސަލައެއްގައި އަދި ކަމުގައި ޢަމަލި ގޮތުން ބައިވެރިވެ ކަން ހިންގި މީހުން ބެނުންކޮށްފައިވަނީ ކިތައްލައްކަ ކަމެއް އެކިތަންތަނުން 10 .12 ފްލެޓް ގަނެފަ އެއީ އެމީހުން އުފަންވި ދުވަހު ފޭބި ފައިސާބާ ކިއްވެބާ ހަމައެކަނި ޔާމީނުގެ ވާހަކަ ދައްކަނީ ، ބްރޯވަނީ އެފައިސާ ޕާޓިކުދިންނަށް ބަހާފަ އެމީހުންގެ ނަން ފަޅާއަރުވާލާފަނެތީ ޖަލުހުކުމޭ ކިޔާފަ ފައިވްސްޓާރ ފެންވަރުގެ ފްލެޓެއްގަ ދިރިއުޅެން ދޫކޮށްލާފަ ހުރީ، މަމެން މި ކިޔަނީ އެއްކަމެއްގައި ބައިވެރިވެ އަދި ޔާމީނަށްވުރެ ގިނަ ފައިސާ ބޭނުންކޮށްފައިވާ ބަޔަކަށް އަދަބު ލުއިކޮށްފަ ޔާމީނަށް ވަކިގޮތެއް ހަދާތީ އެވާހަކަ މިދައްކަނީ
އިންސާފް ކޯދުލާ އަރަނީ. ސަދޫމްގެ އިންސާފު. ބިރު ދައްކައިގެން ކޮންޓްރޯލް ކުރެވޭނީ ވަކި ދުވަހަކާ ޖެހެންދެންކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް.
ނަސީދޫ ކަލޭ ހަނދާން ނެތުނީތަ ޖަލައްދާން ޖެހޭ ދުވަސް ކައިރިވާކަން!
ނަސީދު ކަލޯ ހިތައްނާރާތި ވެރިކަމަކީ އަމާބަފާގެ މުދަލޭ!!އަބަދު ވެރިކަމުގަ ނުތިބެވޭނެ!!
މިސްރުން ކޮންތަނަކުން ކޮން ސެޓިފިކެޓެއްތޯ ހާޞިލުކުރެއްވީ؟ ހިޔެއްނުވޭ ރަނގަޅު މައުލުމާތެއްހެންނެއް.
ޢާޒީ އެދެެއްކެވީ އިސްލާމްދީމުގައި ހއެކަންއޮތް ގޮތަށް ހަމަ. ވަރަށް ބޭއިންސާފު ސިޔާސީ ހުކުމެއް. ކޯޓުތައް މިނިވަންވެފައި ތިއޮތީ..
"ޝަހީދުގެ ރައުޔުގައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭއިރު، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ ދެ ބޭފުޅުންގެ ހެކި ބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޝަހީދު ވިދާޅުވީ، އަޙުމަދު ޢަދީބާއި ޢަބްދުﷲ ޒިޔަތަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ބައިވެރިންކަމަށް ވީ ހިނދު، ޤާނޫނީ އަދި ޝަރުޢީގޮތުން ބެލިކަމުގައި ވިޔަސް، އެމީހުންގެ ހެކިބަހަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށާއި، ނަމަވެސް އެމީހުންގެ ހެކިބަހަށް ބުރަދަންދީފައިވާ ގޮތް، ދަށު ކޯޓުގެ ޙުކުމަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ."
ވަރަށް ސިޔާސީ ހުކުމެެއް ހަމަތިކުރީވެސް!
ޖޭއެސްސީ ކިޔާ އެމްޑީޕީ ހަރުގެއިން އުޅެނީ ފަޑިޔާގެ އަޅުވެތިކޮށްގެން ފަޑިޔާރުންނަށް ބިރުދައްކަން !
އުމުރު ދުވަހުގެ ޖަލުހުކުމެއް ކަނޑައަޅާލަބަލަ ނިކަން ކެނެރީ އައް ކެރެންޏާ.
ޖުޑީޟިއަރީ ކަރުަގއި ކެނެރީގޭ ބޮޑު މިޔަރު އޮތީ ދަތްއަޅައިގެން.މި ދުއްޕާނުގެ ކިބައިން ޤައުމު ސަލާމަތްކުރަން ރައްޔިތުން ނިކުންނަން ވެއްޖެ.މާ ލަސްނުވެ ނިކުމެ މީނާގެ ކިބައިން ދިވެހިން ސަލާމަތްވުމުގެ ޤާބިލުކަން ދިވެހިންގެ ކިބައިގައި ހުންނާނެ.ވަޤުތު ކުޑަތަންވޭ
ޖުޑީޟިއަރީ ކަރުަގއި ކެނެރީގޭ ބޮޑު މިޔަރު އޮތީ ދަތްއަޅައިގެން.މި ދުއްޕާނުގެ ކިބައިން ޤައުމު ސަލާމަތްކުރަން ރައްޔިތުން ނިކުންނަން ވެއްޖެ.މާ ލަސްނުވެ ނިކުމެ މީނާގެ ކިބައިން ދިވެހިން ސަލާމަތްވުމުގެ ޤާބިލުކަން ދިވެހިންގެ ކިބައިގައި ހުންނާނެ.ވަޤުތު ކުޑަތަންވޭ .....
ބުއްޅަބެޔާއި ރައީސްކަމުގައި ހުރި ސޯލިހު ވަގުތުންވަގުރަށް ހަށްޔަރުކުރުމަށް ގާނޫނުނީ ބާރު ހިނގާ އެންމެހާ މުއަށްސަސާތަކަށް ހަރުއަޑުން ގޮވާލަން މިދެމީހުންވަނީ ފަނޑިޔާރުންނަށް ވަކިގޮތަކަށް ތާއީދު ކުރުމަށް ނުފޫޒު ފޯރުވާފަ.
މީނަގެ ދުވަސް މިދިޔައީ.ބަލާނެކަމެއްވެސް ނެތް.މީނަޔަަށް ދެން ޝަރިއަތުގެ މަޖިލިހަކު ނީދެވޭނެ.ބަލާނެކަމެއްވެސް ނެތް.
ފަނޑިޔާރު ހުސައިން ޝަހީދާކީ އަދުލު އިންސާފަ ލޯބިކުރާ ބޭފުޅެއް. މިޤައުމަށް ބޭނުންވަނީ ހުސައިން ޝަހީދު ފަދަ ބޭފުޅުން
ޟާހިދު އަ ކީ އިލްމީ ގާބިލް ކެރޭ ﷲގެ ދީންދެ ކެ ބިރުގަންނަ ﷲގެ އަޅެއް ތިޔަމީހުން ނަ ކަ އެވެސް ކަމެ ނު ކުރެވޭނެ. ކަލޭމެން ހީ ކުރި ކަހަލަ ނި ކެމެތި މަންމަ އެއްގެ ބައްޕަ އެއްގެ ދަރިޔާ ކަ ވީތީ ކަލޭމެންގެ އަޅަ ކަ އެސޮރު ވާނެ ކަމަ އެސޮރު ބޭނުންނޫން ﷲ އެސޮރަދެއްވި އިލްމު ވަގުތީ އުފަލަ ކަ ކަލޭމެންނަ ވި ކާލާ ކަށް ކަލޭމެން ކިތަންމެ ހުވަފެނެދެއް ކިޔަސް ރުފިޔާ ފާސާދިނަސް ޟާހިދު އަ ކީތެދު ވެރިޔެ ތެދު ވެރިންނަ އަބަދުވެސް އޮންނާނީ ތެދުވެރިގޮތް ތެދުވެރިންގެ ގަދަރު އުފުލޭނެ
ދެންފަނޑިޔާރު އުލުބޭންދިއަސް ވާނުވާ ރައްޔަތުންނަށް ވަރަށްސާފުވެއްޖެ. ވަރަށް ސަލާމް.
ދޮންކަލޯ ޔާމީންގެ އެކައުންޓަށް ޖަމާވެފައި ހިރި ފައިސާ ހެއްކަށް ފުދޭނެ
ރައީސް ޔާމީނަކީ މިގައުމު ބަނޑު އަޅާލި ބޮޑުވަގެއް އކަމުގެ މޭސްތިރި... ތިކަމެއް އޮޅުވައެ ނުލެވޭނެ!!!
ޝަރުޢީ ދާއިރާ މިނިވަން ވެފައި އޮންނަ މިންވަރު މި ކަމުން އެބަ ސާފުވެއެވެ. ޙުކުމެއް ކުރަންވާނީ ދައުލަތުގެ ވެރިޔާ އާއި މަޖްލީހުގެ ރައީސްވިދާޅުވާ ގޮތައްކަން ހާމަވެއްޖެއެވެ.
ފަނޑިޔާރަކަށް ވެސް މިނިވަން ކަމެއް ނެތް
މީތޯއެބުނާ ކޯޓްތަކަކީ އެޖެންޑާ 19
ކޯޓްމިނިވަންވާނީ ދެން ކިހިނެތް ނަސީދުމެން ބޭނުމް ކުޅިވަރެއް އެކުޅެނީ ދެން ނަސީދޫ ވޯޓް ހޯދަން މަގޭ ގެޔައް ނާންނާތި ވަރައްސަލާމް
ތިޔާހެން ސުލޫކީ މައްސަލަ ނެރެގެން ތާއަބަދު ނުތިބެވޭނެ! ދައުލަތުގެ ޚަޒާނާއިން ވައްކަންކޮށްގެން ޖަލުޙުކުމުގައި ތިބި ފާސިޤުން ކޯޓަށް ވައްދައިގެން ހެކިބަސް ނަގައިގެން ފަސިޤުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރީޢަތް ހިނގާކޯޓެއްގައި ޙާކިމުންނަށް ކުރެވޭނެ ކަމެއްނޫން. އަދި އެހެކިބަހަށް ޙުކުމް ނުކުރެވޭނެކަން ރައްޖޭގެ ޤާނޫނު އަސާސީއިންބުނޭ ޤާނޫނުތައް ހެދިފައިވަނީ އިސްލާމްދީނުގެ ޙުކުމްތަކާ އެއްގޮތަށް ކަމަށް. ޢެއްގޮތަކަށްވެސް ޤާނޫނުގައި ހިމެނިފައިނުވޭ އިންޑިއާގެ ޕްރައިމިނިސްޓަރު އަންގާގޮތަށް އެމްޑީޕީ ހަރުގެއިން ނެރޭ ޤަރާރަކަށް ޜައީސް ޔާމީނަށް ޙުކުމް ކުރެވިދާނެ ކަމަށް. ޢަދުލު އިންސާފު ޤާއިމުކޮށްދޭން އައިސަރުކާރުން ޢަދުލުގެ ނިޒާމު މިއޮތީ އަންދާޤާނޫނަށް ބަދަލުކޮށްފަ. ރައްޔިތުން ނިކުމެގެން ރައްޔިތުންގެ ހިންގޭނީ.
ރައީސް ސޯލިހާއި، ރައީސް ނަޝީދުމެންނަކީ މިގައުމު ބަނޑު އަޅާލި ބޮޑުދެ ވަގު އެކަމުގެ ދެ މޭސްތިރި... ތިކަމެއް އޮޅުވައެ ނުލެވޭނެ!!!
މިހެންވެސް ޖެހިދާނެ ސުރުޚީ "ޖޭ.އެސް.ސީ އިން މައްސަލަ ބަލަމުން ދާތީ ރައީސް ޔާމީނާއި އޭނާގެ ސަޕޯޓަރުން ގެ ހަމްދަރުދީ ހޯދުމަށް ރައީސް ޔާމީނު ސަލާމަތްކުރަން ރައުޔު ނެރެފި."
އަހަރެމެންގެ ވެރިކަމެއްގައި ޝަހީދުއަށް ޖޭއެއްސީގެ ރައީސްކަންދީ ހިސާނު ޖަލަށްލާނައން! ދަތިކަމަކަށްފަހު ފަސޭހައެއް ލިބޭނެކަމުގެ ތިޔަރީއަށް ޔަޤީންކުރއްވާ! އަންނި ރާއްޖޭގައި ނެތުން ހުކުމް ލަސްކުރީ! މިގައުގައި ޝަހީދުމެންކަހަލަ ޖެހިލުންކަ އިންސާފުގެ ބަސްބުނަންކެރޭ ފަޑިޔާން ބޭނުންވަނީ ޔާމީނުގެ އިސްތިއުނާފު މައްސައި ހުކުން ކުރަންތިބި ޝަހީދު ފިޔައި ދެންތިބި ފަޑިޔާރުންނަކީ ހިސާނު ލިޔެފައި ފޮނުވާ ހުކުމް ކިޔާލަންތިބޭ ފަޑިޔާރުން! ފަޑިޔާރުން ފޯނުކޯލުން ބިރުދައިގެން ތިބޭފުޅުން އިންވާ ހިސާނުގެ ހުކުން މައްސަލައެއް ކުރިމަތިވާ ދުވަހަކު ހިސާނު އޭގެ ޒިންމާއެއް ނުނަގާނެ،ދަންނަކަމަކަށްވެސް ނުހަދާނެ އަދި ބޮޑިބޯނީ ތިޔަފަޑިޔާރުން! ކުރުގޮތަކަށް ބުނާނަމަ ފަޑިޔާހުން ތިޔަވަނީ ކަތިލެވޭ ކަންބަޅިއަކަށް! މިހަޤީޤަތް މިއަދު ،މާދަމާ ދުރުނޫން މުސްތަޤުބަލެއްގައި ފަޑިޔާރުންނާ ބައްދަލުކުރާނެ!