މާލޭގައި މިއަދު މެންދުރު އަންހެނުންތަކަކާއި ފޮށުނު މީހާއަކީ، ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން މައްސަލާގައި ހައްޔަރު ކުރި މީހާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
އަންެހެނުން ތަކަކާއި ފޮށިގެން މިއަދު ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 50 އަހަރުގެ މީހެކެވެ.
އަދި ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ބިދޭސީއަކު ވަދެގެން މީހަކު ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދަށް ފަހުއެވެ.
ފުލުހުން މިއަދު ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ސްޕޮންސާ އާއި ގުޅިގެން އޭނާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެމީހާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މިއަދު އަންހެނުންތަކަކާއި ފޮށިގެން ޑޮލަރު އޭޓީއެމް ސަރަހައްދުންް ހައްޔަރު ކުރީވެސް ހަމަ އެ މީހާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 13:05 ހާއިރު އެވެ.
ފުލުހުން ވިދާޅުވީ، ޑޮލަރު އޭޓީއެމް ކައިރިން މިއަދު ހައްޔަރު ކުރި މީހާއަކީ އެ ސަރަހައްދުގައި އަންހެނުންތަކަކަށް ފޮށި އާއްމުންނަށް އުނދަގޫ ކުރަމުންދިޔަ މީހެއް ކަމަށެވެ.
ރަށްޔަތުންނަށް ހެޔޮ ވެ ރިކަން މިކޮއްދެނީ
މިދެން ދުއްޕާނެއްނު.
އަނެއްކާވެސް ދޫކޮށްލީމާ އަނެއްކާވެސް....... އެމްބަސީއާ ހަވާލު ކޮށްބަލަ.ނޫނީ ޖަލަށް ލާބަލަ
ޢަނެއްކާ ދޫކޮއްލާ
މިސްކިތައް ބަރަހަނާ ހާލު ވަތްމީހާ ދޫކޮއްލީ ކޮންއިރަކު..... ފުލުހުންގެ ބެލުމުގެ ދަށުގަހުރި ވާހަކައެއް ނޫންތަ ބުނީ.... ދެން ކިހިނެތް އެމީހާ އަންހެނުންތަކަކަާ ފޮށުނީ.... އެއްވެސް ކަމެއްގަ ދެފުއް ފެންނަހެން ކަންކަމެްް ނުކުރާނެ... ބޯ ހަލާކު.
އެމީހާ ފުރަތަމަ ފޯށުނީ އަންހެނުންތަކަކާ ..އެމީހާ އެތަނުން ދޫކޮށްލީމަ އަނެއްކަ ބަރަހަނާ ވެގެން މިސްކިތައް ވަނީ ... މިހެންނެއްނު އެއޮތީ ހަބަރުގަ ސާފުކޮން.. ސާފު ދިވެހި ބަހުން އޮތް އިރު ވެސް ނޭނގެ.. ގަމާރު
ގަމާރީ އޭނާއެއް ނޫން ގަމާރީ ކަލޭ ކަލެއައް ތިފެންނަނީ އޭގާ ލިޔެފާއޮތް ލިޔުން އިދިކޮޅައް ސާފު ނުވަންޔާ ލޮލުގެ ޑޮކްޓަރަކައް ދައްކާލާ އައިނު ހައްދާލުން ރަނގަޅު
އަދި އެއް ފަހަރު ކިޔާލާ
އަޅޭ ކަލޭގެ ގަމާރުކަން ކުޑަ؟މިސްކިތަށް ބަރަހަނާހާލު ވަނީ ބުރާސްފަތި ދުވަހުގެ ރޭ! ހައްޔަރުކޮއްފަ ދޫކޮއްލީ ނަފްސާނީ މައްސަލައެއް ހުންނާތީއޭ ބުނެ. އަންހެނަކާ ފޮށިގެން ހައްޔަރު ކުރީ ދޫކޮއްލި ފަހުން ހޮނިހިރު ދުވަހު. އެހެން މީހުނަނަށް ގަމާރަށް ގޮވުމުކުރިން ރަނގަޅަށް ޚަބަރު ކިޔާލަބަލަ
ރިޕޯޓް ކުރީމަ. ކުއްވެރިޔާ ހައްޔަރު ކުރީ ގެޔަށް ނުވަދެވޭ ދޫކޮއްލާ.
ހެވެއްނު 2 ޖަރީމާ އަދާކުރީމާވެސް މިނިވަންކޮށް ދޫކޮށްލީ ނަފުސާނީމީހެކޭކިޔާފާ، މިހާރު މާރަގަޅު ކިތައްމެ ނުބައި އަމަލެއް ހިންގިޔަސް ނަފުސާނީބަލީގައި އުޅޭ ފަރާތަކަށް ބަލަފާ ދޫކޮށްލަނީ
ފުލުހުން ފެއިލް ވެފައި ވާކަން ވަރަށް ރަނގަޅަށް މިއޮތީ ހާމަވާން. ހިތާމަޔަކީ ސާފުކޮށް އެއްބަސް ނުވާކަން. ގައުމުގެ މުއައްސަސާއެއްގެ ޙާލަތު މިދަރަޖައަށް ދިއުމުން ޤައުމުގެ ޙާލަކީ ކޮބައިތޯ ދިވެހީން ވިސްނާލަން ނުޖެހޭތޯ
ދިވެއްސެއްނަމަ މުޅި އުމުރު ވާނުވައިގާ އޮންނާނީ.... ރަނގަޅަށް ވިއްޔާ ތިޔަވަނީ އިންޑިޔާ އެންބަސީން ފައިސާ ދީގެން ކުރުވާ ކަމަކަށް ކޮންމެ ހަފުތާ އަކު މިސްކިތާ ގުޅުން ހުރި މިފަދަ ކަމެއް އެބަކުރޭ ރޯ އެޖެންޓުން
މީގަ އޮތް އެއްޗެއް ރަނގަޅަށް ކިޔާފަ ކޮމެންޓް ކުރިއްޔާ އަޅެ ކީއްތަވާނީ.