މާލެ ސަރަހައްދުގައި ދަންވަރު ގަޑިއަށް ކާފިއު އިއުލާންކުރަން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެެ.
މޮސްޓާ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 ފެތުރެނީ ހަމައެކަނި ދަންވަރު ވަގުތުތޯ ސުވާލު އުފައްދަވައިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެެސް ޑްރާމާ ކުޅުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މޮސްޓާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ރައްކާތެެރިކަމަށްޓަކައި ކާފިއު އިއުލާންކުރަންވީ އެންމެ ގިނައިން މީހުން އެއްވާ ވަގުތުތަކުގައެވެ.
"މީހުުން ނިދީމަ ކޮން ކާފިއުއެއް،" މޮސްޓާ ވިދާޅުވިއެވެ.
ކޮވިޑް ފެތުރެނީ ހަމައެކަނި ދަންވަރަށް ބާ @HPA_MV އިން ވެސް ޑުރާމާ ކުޅުން ހުއްޓާލާ . ހެޔޮނިޔަތުގައި މިކަން ހުއްޓުވަން ބޭނުންވާނަމަ މީހުން އެއްމެ ގިނައިން އެއްވާ ވަގުތު ތަކުގައި ކާފިއު ހިންގާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ގޮވާލަން. މީހުން ނިދީމަ ކޮން ކާފިއު އެއް pic.twitter.com/cCxbPOBYR8
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) January 27, 2021
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ރޭ ނެރުއްވި އެންގުމުގައިވާ ގޮތުން މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން ވެސް މަނާ ވާނެއެވެ.
މި ނިންމުމާއެކު 12 ގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގު މައްޗާއި އާންމު ތަންތަނަށް ނިކުމެ އުޅުން މަނާވާނެއެވެ.
ނަމަވެސް، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތަކާއި އެ ތަންތަނުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު މި ނިންމުމުން އިސްތިސްނާ ވާނެއެވެ. އަދި އެމްބިއުލޭންސާއި ހެލްތު އެމަޖެންސީ އޮޮޕަރޭޝަންސްގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފަތިސް ނަމާދަށް ދާ މީހުންގެ އިތުރުން، ސިއްހީ އެމަޖެންސީ ހާލަތެއްގައި ނިކުމެ އުޅޭ މީހުންވެސް މި ނިންމުމުން އިސްތިސްނާވާނެއެވެ.
ނަޝީދު ކިޔާމީހުންގެ ވާހަކަ އަޑުއެހުމެއް ނެތް
އެބުނާހެން ދަންވަރު މީހުންނިދީމާ ކޮންކާފިއުއެއް🐜🐜🐜
މާބާރަށް ނުފެލި މުސާރަކާލަކާލަ އިނދެބަލަ....
ދަންވަރު ގަޑީގައި ކަލޭ ނިދާފައޮތަސް ދަންވަރު ގަޑީގަ މާލޭގެ މަގުތައްމަތީ އުޅޭ " ބުޅާ " ތައް މައިތިރި ކުރެވޭނެ އެހެންގޮތެއް ނެތީމަ މިކަހަލަ ގޮތެއް ހަދައިގެން ނަމަވެސް މައިތިރި ވޭތޯ ބަލަން ޖެހޭ !
އެއީ ނިދާ ކާފިޔާ
މަނާވެގެން ކީއްކުރާނީ؟ މިހާރުވެސް އަދި ރޭ މެނދަމުން އަލިވެ 3 ޖެހިއިރުވެސް މަގުމަތީގަ މީހުންގަނޑު. ދެކޮޅަށް ދުއްވަނީ. މާސްކުވެސް ނާޅާ. ހުއްޓުވާނެ މީހަކު ނެތް. އެހެން ވީމާ މުޅި 24 ގަޑި އިރު ކާފިޔު ވިޔަސް އޯކޭނު؟ އެ އޮންނާނީ ލިޔުމުގައިނު؟