މަނީ ލޯންޑަކުރި ކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނާއި ސްރީ ލަންކާގެ އެހީތެރިކަމަށް ގޮވާލައިފިއެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަކީ ސިޔާސީ މަގްސަދެއްގައި އިންސާފުން ބޭރުން ހިންގި ޝަރީއަތްތަކެއްގައި އިއްވާފައިވާ ހުކުމެއް ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލައްވާފައިވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފުރަތަމަ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޖަމީލް ކުރެއްވި ޓްވީޓްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުރުން ސްރީލަންކާގެ ބޮޑުވަޒީރު މަހެންދްރަ ރާޖެޕަކްސަ ޓެގް ކުރައްވާފައިވެއެވެ. އަދި ރައީސް ޔާމީން ވަގުތުން މިނިވަންކުރުމަށް އެ ގައުމުތަކުގެ އެ ލީޑަރުންނަށް ޖަމީލް ގޮވާލައްވާފައިވެއެވެ.

"ހަމަޖެހޭ ރާއްޖެއެއް އޮވެގެން ހަމަޖެހޭ އިންޑިއާ ކަނޑެއް އޮންނާނީ،" ޖަމީލް ކުރެއްވި ޓްވީޓްގައި އިނގިރޭސި ބަހުން ލިޔުއްވާފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމުގައި ދައުލަތުން ވިދާޅުވެއެވެ.

އަހަރަކަށް ވުރެ ގިނަ ދުވަހު ރައީސް ޔާމީން މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަން އޮންނެވިއިރު، އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިހްތިޖާޖް ކުރަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ނުހައްގު ހުކުމެއް ކަމުގައި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީއާއި މި ދެ ޕާޓީގެ އެތައް ހާސް ސަޕޯޓަރުންނެއް ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ލޮލްލޮލް

  ހެހެހެ މަ ހަންދާންވޭ ސައިއްޓޭ ބުނި ހަނދާން،،ރާއްޖޭގެ ދާޚިލީ ކަންކަމާ އެއްވެސް ބަޔަކާ ނުބެހެވޭނެއޭ.... މިހާރު ބެހެވޭ؟ ކަލޭމެންގެ މުނާފިްުކަމާ އިބިލީސްވެސް ލަދުގަންނާނެ ހުވާ

  17
  25
  • Anonymous

   އޭ! މުނާފިގޭ އިބިލީހޭ ރީނދޫ މީހުން އެހެން މީހުންނަށް ގޮވާނެ ކަމެއް ނެތް. ކަލޭމެން ގަބޫލުނުކުރާ ދީނެއްގެ ވާހަކަ ދައްކާނެކަމެއް ނެތް.

   10
   4
 2. މޯދީ މާމަ

  މޯދީ ހިނި ގަޅަނީ... އިންޑިޔާ އައުޓޯ..

  33
  11
 3. ބޮކި

  ހަމަ ހިނިއަންނަނީ ...........

  21
  10
 4. ުއުނދުޅި

  ގޮތްހުސްވީ

  19
  15
  • Anonymous

   ގޮތްހުސްވީއެއްނުން، މިގައުމުގަ ހު ރި ޖައްބާ ރު ވެ ރިއެއް. މާތްﷲ ގަންދީ ކު ރި ހުވަޔާ މުޅިން ޚިލާފަށް ހު ރިހާކަމެއްވެސް ކު ރަނީ.

   17
   5
   • ލޮލްލޮލް

    ޔާންޓޭ ﷲ ގަންދީ ހުވާކުރީ ވައްކަން ކުރަންތޯ؟؟؟

    1
    4
    • Anonymous

     ވައްކަން ކުރިކަމެއް ސާބިތުވާ ވަރަށް ހެއްކެއް ނެތޭ. ސާބިތުކޮށްފަ އަނގަފުޅާކުރަންވީނު ދެއްތޯ

 5. Anonymous

  40000 ހާސް ސަޕޯޓަރުންތަ

  20
  10
 6. Anonymous

  މީގެން ކޮންގައުމަކުންތަ ޔާމީން ޖަލައްލީ ކޮންގައުމަކުން ވައްކަން ކޮއްގެންތަ ކުރިންބުނި ކޯޓުން ހުކުންކުރީމަ ތިމަންނަ ކުރާނެކަމެއްނޯންނާނޭ މިހާރު އެ3 ގައުމުގަ އާދޭސްކުރީމަ އެކަންވާނެތާ ތި ޖަމީލް ޔާމީން އައްހެވެއްއެދޭނެތަ

  5
  6
 7. ތުއްބެ

  ސަބަހޭ ދަރިންނޭ ރަނގަޅު ތިޔައީ ބަތޯލުން ދެން އެތިބެނީ ވަޒީފާގެ ބިރުން ދާން ނުކެރިފަތިބި މީހުން މަވެސް މަސައްކަތް ކުރަނީ ވެމްކޯގަ އަހަރުމެނައް މުޒާހަރާއައް ނުދާން އަންގާފައޮތީ އެހެންވެ ދާން ނުކެރެނީ . ..ސާން ހުރިހާ މީހުން އެއްކޮއްފަ ބިރުގަންނަވާފަ ވަނީ..ވަރައްސަލާމް..ހިއްވަރުކުރޭ..

  11
  3
 8. ކާފަބޭ2020

  ތިޔަކަމެއްނުވާނެ! ވަށައިގެންތިބީ ޔަހޫދީދައުލަތްތަކެއް ރައީސްޔާމީނު ވިދާޅުވަނީ އިސްލާމްދީންނޫންއެހެންދީންތަކަށް ފުރުޞަތު ނުދެއްވާނެކަމަށް ވީމާ ޔަހޫދީންގެފަރާތުން އެހީތެރިކަމެއްލިބޭނެބާ؟؟؟؟؟؟؟

  7
  4
 9. އަލްޖިބްރާ

  ކަލޭމެންނަކީ ހާދަ ގޮތެއް ނެތް ލަދުހަޔާތެއް ނެތް ބައެއް ! ބަލާ ތިޔަ ޔާމީނެއްނު ބުނީ އަމިއްލަ ޤައުމުގެ ދާޚިލީ ކަންތަކާ އެހެން މީހުނަކަށް ނުބެހެވޭނެއޭ ! މިހާރު ހުރިހާކަމެއް ދެފައިދޭތެރެ އަށް ގޮވީތަ ؟ މީގެ ކުރިންވެސް ދުނިޔޭގެ އެވެނި މިވެނި ޤައުމަކުން ޔާމީނު ސަލާމަތް ކުރަން މަސައްކަތް ކުރާނެއޭ ކިޔައިގެން ހަޅެއްލެވީވެސް ކަލޭމެން ! އެކަމަކު ޔާމީނު އެއީ ކާކުތޯވެސް އަހާލި ޤައުމެއް ނުފެނުނު ! މިހާރު ތިއޮތީ ހުރިހާމަގެއް ބަންދުވެފަކަން ކަލޭމެނަށް އެގެން ވެއްޖެނޫންތަ ؟ހިންގި ޖަރީމާގެ އަދަބު ތަންފީޒް ކޮށް ނުނިމެނީސް ތިޔަ މީހާ ދުލެއް ނުކުރެވޭނެ !

  1
  5
 10. ސަލާމް

  އެގައުމުތަކުގެ އެހީއައް އެދެންޖެހުނީ ނުހައްގުން ޖަލައްލީމަ އިހައްދުވަހުވެސް އެކަންއެއޮތީ ވަރައްސާފުކޮއް ސަދޫމުގެ ހުކުމުންފެންނަން އެހެންވެ މިސަރުކާރުގެ ރައްޠެހިންނައް ހަގީގަތަކީ ކޮބާކަން އޮޅުންފިލުވާދޭންވެގެން މިއުޅެނީ ކިޔާއަޑުއިވޭ އެއީ ދުނިޔޭގައޮތް އެންމެބޮޑު ޑިމޮކުރަސީ އޮތްގައުމޭ އެމީހުންގެޑިމޮކްރެޓިކް ކަންހުރިވަރު ބަލަންވެގެން ވާހަކަދައްކަން ބޭނުންވަނީ

  4
  1