މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މއ. އުދުހޭކޮކާގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރޯވެފައި ވަނީ އެގޭގެ ހަތަރު ވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރު ޓީމުން ވަނީ އަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް އަދި މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާރާ

    ސަރުކާރުން އެއްކަމެއްވެސް ކޮށްދޭނެބާ.
    ކެމިކަލް ގުދަނުގައި ރޯވެ އެތައް އިރަކު އެހާ ހޫނުކޮސް ހުރި އެތައްބުރިއެއްގެ ބަރު އިމާރާތައް ގއްލުންނުވާޖަމަށް ބުނެވސަރުކށރުން ލޯނު މައުފުވެސް ކޮށްނުދޭ އަދި އެމީހުން ކައިރީ ބުނީ ތިތަން ރަނގަޚުވާނެއޭ.
    މާދަމާ އެތަން ބޮލަށްވެއްޓި އިތުރު ބަޔަކަށް ދެރަގިތެއް ވެއްޖެއްޔާ ޒިންމާވާނީ ކޮންބައެއްތޯ ؟