ށ. މަރޮށީގައި މީދާ ގިނަވެ ރައްޔިތުންނަށް އުނދަގޫވަމުންދާތީ، އެރަށު ގޭގެއަށާއި ހޭޅިފަށަށް "މީދާބޭސް" ލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
އެރަށު ކައުންސިލުން ބުނީ، ރަށުތެރޭގައި މީދާ ގިނަވެ، މީދަލުގެ ސަބަބުން ރައްޔިތުންނަށް އުދަގޫ ވަމުންދާކަމުގެ ޝަކުވާ އެ އިދާރާއަށް ހުށަހެޅެމުންދާ ކަަމަށެވެ.
އަދި ރަށުން މީދާ މަދުކުރުމަށްޓަކައި އަންނަ އަންގާރަ ދުވަހުގެ ހަވީރު، ގޭގެއަށާއި ހޭޅިފަށަށް "މީދާބޭސް" ލުމަށް ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފައި ވެއެވެ.
އެރަށު ކައުންސިލުން ބުނީ، "މީދާބޭހަކީ" ވަރަށް ބޮޑު ވިހައަކަށް ވާތީ، ރައްޔިތުން މިކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ކުޑަކުދިން މީދާބޭހުން ރައްކާތެރިކޮށް، ގޭގައި އޮޅުކޮށްގެން ގެންގުޅޭ ދޫނި، ކުކުޅު، ޖަނަވާރުފަދަ ތަކެތި ރައްކާތެރިކޮށްގެން ގެންގުޅުމާއި، ފުރާޅުން ފެންނެގުވުމުގެ ކުރިން ރަނގަޅަށް ފުރާޅު ސާފުކުރުމަށް އެރަށު ކައުންސިލުން ނަސޭހަތްތެރިވެފައި ވެއެވެ.
އަދި ކާބޯތަކެއްޗާއި ބާކީވާ ކާތަކެތި( އުކާލާތަކެތި) މީދަލަށް އަތުނުޖެހޭގޮތް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެރަށު ކައުންސިލުން ބުނެފައި ވެއެވެ.
އެރަށު ކައުންސިލުން ވަނީ، މީދާބޭސް ލުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވުމަށް ހުރިހާ ފިރިހެނުން އަންގާރަ ދުވަހުގެ ހަވީރު 04:15 އަށް ކައުންސިލުން އިދާރާއަށް އައުމަށް އެދިފައެވެ.
ޕައިޑް ޕައިޕާ ފަދަ މީހަކު ގެންނަންވީ.
މަރޮށި ކައުންސިލުން ރަށުގައި ހުރި ބޮޑެތި ގަސްތައް ރައްޔިތުންގެ މަސްވަރާ ނުހޯދާ ކަޑާ ނަގާ ވިއްކާ އިރު އެވާހަކަތައް ޙަބަރުގައި ކީވެއްތޯ ޖަހާލަން ފޮނުވާ ނުލެވެނީ! ތަނަކުން ވަގު މީދަލެއް ދުވާތީ އޭތި މަރާ ވާހަކަ ހަބަރު ތަކަށް ފޮނުވޭ ދެއްތޯ!
މިހާރުގެ މަރޮށީ ކައުންސިލަކީ ރައްޔިތު މީހާ އަތުން ފެލަން އުޅޭ ކައުންސިލެއް!
ބުޅާ ކޮޅެއްގެންގޮސް ދޫކޮށްލަންވީ.
ބައެއް ރަށްރަށުގައި ބުޅާވަރަށްގިނަ.
ޙުސް ފިރިހެން ބުޅަލުގެ 10ވަރަކަށް ބުޅާ ގެންދޭ.
މަރޮށީ ކައުންސިލުން ރަށުގައި ހުރި ގަސްތައް ކަނޑާ ވިއްކާ ހުސްކޮއްފި! ރައްޔިތު މީހާގެ މަސްވަރާއެއްނެތި.
ކާކު ރޮއްޓެއްތަ މީދާ ކާލީ.
ކޮންމެ ގެއަކަށް ބުޅަލެއް ހަދިޔާކުރޭ. އޭރުން ހުންނާނީ ރަނގަޅަށް
ފިރިހެން ބުޅާ މަރޮއްޓަށް ފޮނުވުން ވަރަށް ވިސްނޭ ބޭފުލެއް ގެ ހިޔާލެއް
ހަމަ ސަކޭކައިގެ ހިޔާލެއް.
މަ ރޮށި ކިޔާތީ ރޮށޮކާވެގެން މީދާއުޅެނީ
މަރޮށި ރައްޔިތުން ގަސްތަށް ކަނޑާ ހަދަންޔާ މިހެންވެސް ވާނެ
އަދިވެސް ގަސް ވިއްކޭތޯ އުޅޭ
ރައްޔިތުން ގަސް ވިއްކަނީ
ކައުންސިލުން ގަސް ވިއްކަނީ
މިވަރު ނުވިއްޔާ ދެރަ
މިވެސް ހަމަ ފުރާނަ އެއް . ވިހަ ބޭސް ލާގެން އިންސާނުން މަރަން ވީނޫންތޯ! ކޮބައިތޯ ހަމައަކީ؟ ގަސް ވެސް ކަޑަންވީ ، މީދާވެސް މަރަން ވީ، މަރޮށި .... މަރޮށި .... މަރޮށި ....