ފެބްރުއަރީ މަހަކީ އެމްޑީޕީން ވަރަށް ބިރު ގަންނާނެ މަހެއްކަން ފާހަގަކޮށް، ފެބްރުއަރީ 7، 2012 ގައި ވެރިކަމުގައި ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ފަދައިން މި ސަރުކާރުވެސް ނިމުމަކަށް ގެންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ އެމްޑީޕީއަކީ ފެބްރުއަރީ 7 ގައި "ވާނުވާ ނޭނގި ތިބެގެން ބޮޑި ބުއި" ބައެއް ކަމަށެވެ. އަދި އެދުވަސް އަލުން ތަކުރާރުވުމަކީ އެންމެ އެދޭ ގޮތް ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވުމަށް ދުއާ ދަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވި އިރު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ޤާނޫނާ ޚިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި، އަމިއްލަފުޅަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅުން ކުރާ މުޒާހަރާތައް ފުލުހުން މެދުވެރިކޮށްގެން ވެސް ނުހުއްޓުވޭނެ ކަމަށެވެ. އަދި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ބަހައްޓައިގެން "ދެއިރު ދެދަޅައަށް ފުލުހަށް ހާޒިރުކޮށްގެންވެސް" އިދިކޮޅުުގެ މަގުމަތީ ހަރަކާތްތައް ނިމުމަކަށް ނުގެންނާނެ ކަމަށާއި އެހަރަކާތްތައް ދުވަހެއް ދުވަހަކަށް ދާނީ ވަރުގަދަަމުން ކަން އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާ ހިނދަކު އިދިކޮޅުން ތިރިއެއް ނުވާނަން. މަގުމަތީ ހަރަކާތައް ނުހުއްޓުވޭނެ. އެ ހަރަކާތްތައް ދާނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން،" އަދުރޭ ވިދާޅުވިއެވެ.

މިޔަންމާގައި މިހާރު ހިނގަމުންދާ އަސްކަރީ އިންގީލާބާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެގައުމުގައި މިހާރު ހިނގަމުން ދަނީ ބަޣާވާތެއް ކަމަށެވެ. އަދި މިޔަންމާގެ އަސްކަރީ ބަޣާވާތާއި އެމަނިކުފާނު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވި ދެއްވުމާއި ވަނީ އެއްވަރު ކުރައްވައިފައެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނާ ދެކޮޅަށް ސިފައިންނާއި ފުލުހުންތަކެއް ނުކުތުމާ ގުޅިގެންނެވެ.

އެމްޑީޕީއިން އެއީ ބާޣާވާތެއް ކަމަށް ބުނި ނަމަވެސް އެތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަނުގެ ތަހުގީގަށް ފެނިފައި ނުވާ ކަމަށް އެކޮމިޝަނުން ނެރުނު ކޯނީ ރިޕޯޓުގައި ފާހަގަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސަލްމާ

    މާތް ﷲގެ ރަޙްމަތްފުޅާއެކު ތިކަން ކުރެވޭނެ! މިއީ މިއަދުން މިއަދަށް ނިންމަންވެފައޮތް ފޮތެއް! ތިންހާހެއް ހަމަކޮށްލައިގެން ނުކުތަސް މި ސަރުކާރު ނިމޭނެ!

    11
    18
  2. އެމްއެންޑީއެފް ސުޕެޝަަލް ފޯސް

    ސާބަހޭ އަދުރޭ.... މިތިބީ ވަގު ސަރުކާރު ބަދަލުކުރަން ތައްޔާރަށް

    11
    17
  3. ނާޝިޒް

    ސާބަހޭ އަދުރޭ ހިތްވަރާއި ޖޯޝާއެކު ކެރިގެން ނިކުންނަންވީ އޭރުން ސައިޒް ވާނެ .

    10
    19
  4. ލޮލްލޮލް

    7 ތަ ނޫނީ 7 ލައްކަ ތަ

    6
    11
  5. އުމަރު

    މިބަހާއެކު މަންމާފުޅު އަދުރޭއަށް ދައުވާކުރަންޖެހޭ

    7
    5
  6. ކަނބާ

    އަދުރޭ ބުނިއެއްޗަކާ ސުރުޚީއަކާ ދިމާލެއްނުވޭ. މީ ފިތުނައުފެއްދުމުގެ ޢަމަލެއް.

    13
    1
  7. މަމެން

    ހުވަފެން ނުބަލަބަލަ. ދުނިޔެ އޮތީ ހޭލައޭ. ސަރުކާރެއް ވައްޓާލަންޖެހޭ ހާލަތަށް ގޮސްފިކަމަށް ތިޔަ ދެކެނީ ކަވަމުން ދަވަމުން ދިޔަ ކަންތައްތަކާ ނާޖާއިޒުގޮތުގަ ހޯދަމުން ދިޔަ ނުޙައްޤު މުއްސަނދިކަން ބީވުމުން ލައިގަނެގެން އުޅޭ ހިތްދަތިކަމެއްގެތެރެއިން. ހެޔޮނުވާނެ އަދުރޭމެން ތިޔަދެކޭ ހުވަފެން ބެލުން ހުއްޓާލާ

    20
    6
  8. މާދަރީ މީހާ

    އަދުރޭ ހައްޔަރުކުރޭ

    4
    5
  9. ނިލާ

    ވެރިކަމާ ލައްޒަތާއި ރާޙަތު އެމްޑީޕީ ން ބޭނޫންނޫންނަމަ ޔާމީންގެ ވެރިކަމަށް ކަތުރުފަނި ވައްދައިގެންނާ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން ވެރިކަމަކަށް ނަރާނެ.ވެރިކަމުގެ ތެރއިން ވެރިކަން ބައިބައި ކުރުމަކީ އެއްމެ ފަސޭހައިންވާން އޮތްކަންކަން އަންނީގެ ދުލުން ބޭރުނުކުރާނެ. މިހާރު ވެރިކަމުގެ ފޮނި ނުލިބިގެން އުޅުނު މީހުން ވެރިކަމުގައި އެތިބީ . ސަރުކާރުގައި ހުރި މުވައްސަސާތަކުގައި ހުޅުޖަހަމުން އަންދަމުން ޕޮލހުން މޫނަށް ކުޅު ޖެހިމީހުން. ސިފައިންގެ ޝީލްޑު ތަކުގައި ފުންމައިގެން ގޮސް ކޮޅު ފައިން ޖެހިމީހުން.

    4
    1
  10. ތިމަންނަ

    މިވަރުން ދާނަމަ ، މިކަލޭގެ އަތުން ފައިން ގޯސްހަދާފާނެ ، އަވަހަށް އެޒޭލަމަކަށް ފޮނުވާ

    2
    3
  11. ޖާބިރު

    ޔާމީން ކުޑަކަކޫ މައްޗަށް ތިރިިކުރާ ވާހަކަވެސް އަދުރޭ އެބަދައްކާ! ވާނުވާއެއްވެސް ނޭނގޭ މިހާރު ހުސް ސައިންސިސްޓުން އުޅޭ ޕާރޓީ އެއް.

    2
    4
  12. ސިފައިންގެމީހާ

    ތިޔަ ޕޯޑިއަމް ކައިރީ ތިތިބީ މާތްﷲ ދޫ ދެއްވީމަ ދޫ ހެޔޮގޮތުގަ ބޭނުންކުރަން ނޭނގިގެންއުޅޭ މޮޔައިންތަކެއް. ޢަބުދުއް ރަހީމު، ޝުޖާއު، ސިއްދީގު، މުހައްމަދު ހުސެއިން ޝަރީފް، ސައިދު، ޝިޔާމު، އާދަން ޝަރީފް، މުއިއްޒު،މެން ރަނގަޅުވާނީ ޔާމީނު ގޮވައިގެން ތައިލެންޑަށްގޮސް އެތާގަ މަސާޖުޕާލާއެއް ހިންގަން މިހާރު.

    2
    4
  13. ދެބަންތިހާރު

    އަދުރޭއެވެ. ތިކަން ކުރަން ދެން ހަދާނުން ފޮހެލާށެވެ. ތަމެން ދެވަނަ ފަހަރު ތިފަދަ ކަމެއް ކޮއްފާނެތީވެ، އެވެރިން އެތިބީ އިންޑިއާ ސިފައިން ގެނެސް ހުރިހާ ކަންލޮލުތަކެއްގައި ބައިތިއްބާފައެވެ. ދެނެއް މި ޤައުމެއް ބަޤާވާތޭ ތިކިއާ ކަމެއް ކުރުމުގެ ފުރުޝަތެއް ނެތެވެ. އިންޑިއާ ދިފައިން މި ޤައުމަށް އެމީހުން އެގެނައީ މާޒީގައި ލިބުނު ފުލާވަލު ތަކުގެ އަލީގައެވެ. މިކަމުގެ ފުރިހަމަ ޒިންމާ ތަމެން ނަގަން ޖެހޭނެ ކަމުގައި މި ނިކަމެތި އަލާ ދެކޭ ވާހަކަ ވަރަށް ހިތާމައާއިކު ބުނެލަމެވެ. ވ ވެދުން.

    3
    3
  14. ކާށިދޫމީޙާ

    މެތްސް ޓީޗަރ.... އަނެއްކާ 7 ތަ... ނޫނީ 17 ތަ.. ކަލޭ ކިޔާ އެއްޗެއް ދޭކުން ގެއްލީމަވެސް ވާނުވާ ނޭންގޭ މީހެއްމީ... ފިލްމު އަންނަނީ....

    2
    1