ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 ގެ ވެކްސިން ޖެއްސެވުމަށް ފަހު ދިވެހި ރައްޔިތުންނަށް ނަސޭހަތެއް ދެއްވައިފިއެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި "ކޮވިޝީލްޑް" ވެކްސިން ދިނުމުގެ ޕްރޮގްރާމް އިއްޔެ ފެށި އިރު، އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވައެވެ. އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ ހިދުމަތްތެރިން ވެސް ކޮވިޑް-19 ވެކްސިން ޖެހިއެވެ.

އިމްރާން މިއަދު ވެކްސިން ޖެއްސެވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދުދޭ ގޮތް ކަމަށެވެ. އެއީ ތިމާ އާއި އާއިލާ އާއި މުޖުތަމައުގެ ސަލާމަތަށް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން އިއްޔެ ވިދާޅުވީ ފަރުދުންނާއި މުޖުތަމައު ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި އެކަމަށް ހޯދިފައިވާ ރަނގަޅު ފަރުވާގެ ބޭނުން ހިފުމާއި ﷲ ގެ ހަޒްރަތުން މަދަދަށް އެދި ދުއާ ދެންނެވުމަކީ އިސްލާމް ދީނުގެ ވަކީލް ކުރުމުގެ މުހިންމު އަސާސްތަކެއް ކަމަށެވެ.

ކޮވިޑް-19 ވެކްސިން ދިވެހިން ޖަހަން ފެށުމަކީ އެ ބަލިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެއްޓެވި މަސައްކަތަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ތިން ބާޜުގެ ވެރިން ވެކްސިން ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވީމަ ވެކްސިނާ މެދުގައި ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ.

ބަލީގެ ޝިފާއެއްގެ ގޮތުގައި އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ 100،000 ޑޯޒް ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ވެކްސިނަކީ އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޑް-19 ވެކްސިނެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައިވާ އިރު، ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ވެކްސިން ބޭނުން ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    މާތްﷲ ގަންދީ ބުނަން.......... މުޙައްމަދު ނަޝީދާއި އޭނައަށް ވާގިންރިވާ މީހުންނަކީ އިސްލާމްދީނުގެ ޢަދުއްވުން. އިމްރާން ޢަބްދުﷲ 12 ޑިސެމްބަރ 2011

    36
    3
    • ޑަބިޔާ

      އިމްރާން ޔަހޫދީ ވިސްނުން ގެންގުޅޭ އެމަގުން ހިގަމުންދާ މީހެއް. ދުލުން ބޭރުކުރެވޭ ބަސް އިގޭމީހަމަށް ދުނިޔޭގެ އުޅެންއިގޭނީ

      10
  2. މަދިހާ

    ތިޔަ އިމުރާނަކީ ދެއިރު ދެ ގޮތަށް ވާހަކަ ދައްކާ މުނާފިގެއް

  3. ޙ

    މި ލިޔުން ލިޔުނު ބޭފުޅާ ނަމުގެ ކުރިއަށް ސޭޚް ނުލާ ހަމައެކަނި "އިމްރާން" މިހެން ލިޔެފަ އޮތީމަ އޭނައަށް ސުކުރު ދަންނަވަން. އެއީ ރާއްޖޭގެ ތިއްބެވި އިޚްތިރާމް ލިބިގެންވާ ދީނީ އިލްމް ވެރިންނަށް މީނަގެ ސަބަބުން ލިބޭ ހުތުރުން ސަލާމަތް ވާތީ..

  4. ޙަސަނު

    ޚޮބާތޯ އި މްރާނުގެ ނަސޭހަތަކީ އަނެއްކާ އަންހެންވެރިންނަށް އިސްތިހާރާ ނަ މާދު ދަސްކޮއްދޭށޭ ކިޔާފަ އެކަހެރި ތާކަށް ގެނގޮސް ހަދާނެ އާގޮތެއް ބުނެދެއްވީތޯ

  5. ޝޮކްތެރަޕީ

    އަޅުގަނޑުގެ ތާއީދެއް އަދާލަތު ޕާޓީއައް ނުދޭނަން ދެނެއް