މާލޭގެ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތަށް" މިއަދު ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ޒަހަމްވި މީހާ އަށް އައިޖީއެމްއެޗްގެ މެއިން ތިއޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެމީހާ އަށް ފަރުވާ ދިނުމަށްޓަކައި އެ ހޮސްޕިޓަލަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އަދިވެސް އޭނާ އޮތީ މެއިން ތިއޭޓަރުގައި. ސާޖަރީއެއް ކުރަމުންދާ ކަމަށްވަނީ. ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ،" އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓިގެން އަނިޔާވެފައި ވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އަށެވެ. އިމްރާނަކީ އެމްޕީއެލްގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށްވެއެވެ.

އެމްޕީއެލްގެ އޮފިޝަލަކު "ވަގުތަށް" ވިދާލުޥީ ރޭ ދަންވަރު 02:15 ހާއިރު އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް އެމްޕީއެލް އިން ބަލަމުންދާ ކަމަށެވެ.

"މިނާ އިންވެސްޓްމަންޓް ކްލިއަރެންސް ގްރޫޕުން ޓާފް ކާޕެޓް ރޯލްތަކެއް އަންލޯޑް ކުރަން އުޅުމުގެ ތެރޭގައި ވެއްޓި ޖެހުނީ ދިވެއްސެއްގެ ގަޔަށް. އޭނާ ވަގުތުން ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންދިޔަ،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

"އެމީހުން މަސައްކަތް ކުރާ ގޮތަކީ ކާޕެޓް ރޯލް ކެރޭނުގައި ޕިކަޕަށް ނަގަނީ. ލޯޑް ކުރުމުގެ ތެރޭގައި އެއް ރޯލު ވެއްޓުނު ގަޑީގައި އެ ތަނުގައި ހުރި މީހެއް ގައިގައި ޖެހުނީ. އެ މައްސަލަ މިހާރު ބަލަމުން މިދަނީ،"

އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ދަށުވެގެން ދާދި ފަހުން ވަނީ ދިވެއްސަކު ވެސް ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަސްފަރު

    އަނިޔާވި މީހާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.އާމީން.
    މިއީ އެމްޑީޕީ އިދިކޮޅުގަ އޮތް އިރެއްގަ ހިނގި ކަމެއްނަމަ ގޮވާލާނެ ސަރުކާރު އިސްތިއުފާއޭ

    12
  2. ގެރިކުޑޭ

    ޝާހިދު އަދިވެސް އިސްތިއުފާދޭކަށް ނުވޭތަ؟

  3. ހެޔޮދުޢާ.....

    ﷲގެ ޙަޟްރަތުން ޢިމްރާނަށް ފުރިހަމަ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން
    ހާދަ ދެރައެވެ، ދާދި އިހަކަށް ދުވަހު ވެސް ދުނިޔެ ދޫކުރީ ހަމަ އެމްޕީއެލް ގައި މަޖޫރީ މަސައްކަތުގައި އުޅުނު އުންމީދު ތަކުން ފުރިގެންވީ، ޒިންމާދާރު 28 އަހަރުގެ ޒުވާނެކެވެ. މިޤައުމުގެ ޒުވާނުންގެ ޢާބާދީގެ ބޮޑު ޕަސެންޓެއް ޑްރަގްގެ ވަބާގައިޖެހި، މަސައްކަތެއް ނުކޮށް، ޢާއިލާތަކަށް ބުރައަކަށްވެ، ލާޗާރުބިޗާރަށް އުޅެމުންދާއިރު، ހިތްވަރާއެކު މަސައްކަތްކޮށް ޒިމާދާރުކަމާއެކު ދުނިޔެ އާރާސްތު ކުރުމުގައި އުޅޭ ހަމަ އެންމެ ޒުވާނަކަށް ވެސް ކުޑަވެސް ގެއްލުމެއް ވާކަށް ނޭދެމެވެ. ﷲ އެފަދަ ޒުވާނުންނަށް ރައްކާތެރިކަން މިންވަރު ކުރައްވާށި! އާމީން

    21
  4. ابراهيم

    އިމްރާނު ޢަލީ އަށް އަވަސް ޝި ފާއަކަށް އެދެން.

    14
  5. ނަދީ

    ހާދަ ފަރުވާކުޑަކޮށް މަސައްކަތް ކުރުވާތަނެއް. ކޮންމެ ހަ ފްތާކު މިތަނުން މީހަކަށް މި ފަދަ ބޮޑު އަނިޔާއެއް ނުލިބި ނުދޭ. މިތާ ވެރިންގެ ޒިންމާ އަކީ ބޮޑު މުސާރަ ނަގައިގެން ބަލަންތިބުންތައް.

  6. ނަން

    ކަމެއް ދިމާވުމުން ތަހުގީގު ކުރާނަމޭ ބުނީމަ ނިމުނީ، މެމްޕީއެލް ގަ މަސައްކަތްކުރަނިކޮން އަނިޔާލިބުނީ އެހެންވިޔާ އެކަމުގެ ޒިއްމާ އެފަރާތުން ނަގަންޖެހޭނެ. ކޮމްޕެނީ ހަރަދުގައި ފަަަަރުވާލިބެން ޖެހޭނެ، އާއިލާއިން ބިކަވެގެން ފަރުވާދެވޭނެ ގޮތެއް ނެތިގެން އުޅޭފަދަ ހާލަތަކަށް ގޮސްގެންނުވާނެ.

    • ހަގީގަތް

      ވާނުވާ ނޭގުނަސް ލިޔެވެން އޮތިއްޔާ ކޮމެންޓް ކުރަން ވާނެ. އެމްޕީއެލް ތެރޭގައި އެމީހުން ކުރަނީ އެމްޕީއެލްގެ މަސައްކަތެއް ނޫން. އެމީހުންގެ އަމިއްލަ މަސައްކަތް ކުރަނީ. މަސައްކަތް ކުރާއިރު ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާ އިނދޭ ތިމާގެ އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށް ބެލުމަކީ ތިމާގެ އަމިއްލަ ވާޖިބެއް.

    • އަސްލު

      މަގުމަތީގައި ސައިކަލް ދުއްވަނިކޮށް އެކްސިޑެންޓް ވީމާ ސިޓީ ކައުންސިލުން ނޫނީ ސަރުކާރުުން ޒިންމާވާންވެސް ޖެހޭނެ ދޯ.

  7. ނަން

    ކަމެއް ދިމާވީމަ ތަހުގީގު ކުރަނީއޭ ބުނީމަ ނިމުނީ. އެމްޕީއެލްގައި މަސައްކަތް ކުރަނިކޮން އަނިޔާވީ އެހެންވިޔާ ޒިއްމާވެސް ނަގަންވާނެ، އާއިލާއިން ފަރުވާދެވޭނެ ގޮތެއްނެތިގެން އުޅެންޖެހިގެންނުވާނެ.

  8. ރޯދަ މުބާރިކް

    ޢެމްޑީ ކުރީ އެކްސިޑެންޓް ހިނގުމުންވިދާޅުވި، ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރައްވާނެ ކަމަށް..!! އެއްވެސް ސިޔާސީ ބޭފުޅަކަށް މި މައްސަލަތަކެއް ނުފެނޭ...!!...

  9. ޝިފާއުސައީދު ޏ ފުވައްމުލައް

    މީމިސަރުކާރުގެ ނާގާބިލުކަން މީގެކުރިންވެސް މިތާ މީހަކު ވަރައްބޮޑެތި ބިޔަ މަސަތްކަތްކޮއްފި ތާރީހުނުދެކޭހާ އެއާޕޯޓު ބަނދަރު ޓާފުދަނޑު ބިއްލޫރި ތާރު ބުރިޖުގެ ބައިތައް މިހެންގޮސް ލެއްވިހާ މުދަލެއް ގެނެސް 25 މިނިޓުން ދެވޭހިސާބުގަ އެއާޕޯޓު ތަކެއްވެސް ގާއިމު ކޮއްފި އޭގެން ފިލާވަޅުލިބި ދަސްކޮއްބަލަ ކަންކަންރާވާ ހިންގަން ބުރިޖުއަޅަންވީގޮތް އެއާޕޯޓު ކުޅީގަ އަޅަންވީގޮތް ނޭނގެންޏާ އިސްތިޔުފާދީބަލަ އަހަރެމެން އެމީހާ އަލުންހޮވާފަ ތިޔަގޮނޑީގަ ބައިންދަފާނަން ދުވާލަކު މީހަކު މަރުވެ ނުކުޅެދުމަކީ ކިހާބޮޑު ގެއްލުމެއް އެމީހުންގެ އާއިލާތަކައްލިބޭ ގައުމައްލިބޭ މުޒާހަރާކުރަން އެނގުނަކަސް ވެރިކަން ކުރާކައް ނޭނގޭނެ އެމްޑީޕީޔަކައް

  10. ޕޮގުބާ

    ވަރަށް ހަރުދަނާ ފިޔަވަޅު ސަރުކާރަށް އެޅިއްޖެ

  11. ސަރީ

    ބަޔަކަށް ހީވެދާނޭ މީ ސަިޔާސީ ވާހަކަ އެކޭ!!ހަމަމަގުން ޤައުމާދޭތެރޭ ވިސްނާލައްވާ!!ނުކުޅެދުންތެރި ވެރިން އިސްމަގާމްތަކަށް އިސްކުރީމަ ވާގޮތް މިފެންނަނީ!!އެމްޕީއެލްގައި ގެންގުޅޭ އާލާތްތަކަކީ ބަރާބަރަށް މެއިންޓެއިން ކުރަންޖެހޭ ތަކެތި!!އަދި ކުރިޔަށް އޮތްތާންގައިވެސް ނަތީޖާ ވަރަށް ހިތިވާނެ

  12. ޖަޖަޖަ

    ތިޔަތަނުގެ ސޭފްޓީ ރެކޯޑު ސުމެއް.. އިންވޮލަންޓަރީ މޭންސުލޯޓައެކޫ ބުނަން ނެތީމެވެ. ޢޭގެ ބަދަލްގައި އެހެން މީހުންވެސް ކިޔާގޮތަށް...
    މަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަމަހައްދޭބަ

    • ވަގުތަށް ހެޔޮ ދުއާ ސަލާމް.

      މަހައްދޭ ނުކިޔަސް ކޮމެންޓު ކުރެވިދާނެ، ކިޔުންތެރިންނަށް ނޮހޮރުއްޕާންވާގޮތަށް ޖަހާ ކޮމެންޓުތައް ޝާއިއު ނުކޮއްދީބަލަ.

    • ވެބްޑިޒައިނަރު ކޮއްކޮ

      މަހައްދޭ ޖެހިޖެހީނުން މުޅި ޕޭޖުގެ ސައިޒު އެއޮތީ އެތައްގުނަ އަކަށް ބޮޑުވެފަ.. ވަގުތު ވެބް ޑިޒައިނާރ ކައިރީ ބުނެބަލަ ސީއެސްއެސް ޕްރޮޕާޓީއެއް ބަދަލުކޮށްލާއިރަށް މިކަން ހައްލުވީއޭ.. ޗިލް...

  13. ހަމީދާ

    އެމްޕީއެލްއަށް ޕޯޓް ދާއިރާ އިނގޭ އެދާއިރާގައި ތަޖުރިބާލިބިފައިވާ އަދި އެދާއިރާގެ މަތީ ތައުލީމު ލިބިފައިވާ ބޭފުޅަކު ކުންފުނީގެ ވެރިޔަކައް ގެންނަންއެބަ ޖެހޭ. ސިޔާސީ މީހުން މިފަދަ ތަންތަނުގެ ތަޖުރިބާނެތީސް މުޅިން ނުދަންނަ ދާއިރާތަކުގެ ކުންފުނިތަކާއި ހަވާލު ކުރީމަ މިތިބަ ކަންކަން ހައްލު ކުރާކައް ނޭނގޭނެ.

  14. ސޯހިލް

    މިނާ ގުރޫޕްގެ ވެރިޔާ ސޭކް އަހުމަދުގެ ފަރުވާކުޑަކަން.މަކަރުވެރިޔެއް އެއީ.

  15. މަޖޫރީ

    ޢެމް ޕީ އެލް ރޭގަޑު ކޮންޓެއިނާ މަސަައްކަތް ކުރާ ސަރަހަދު ލައިޓިން ސިސްޓަމް ވަރަށް ކަޑަ، ވެހިކަލް ތަކުގަ މުދާ އަރުވާ ސަވަޖީތަ ހުރީ ބާވެފަ ، ކުރިޔަތުރެ ނަގާފީ މިހާރު ބޮޑު

  16. ކުރޫޒް

    ސިދާތާ އަދި އަމީންމެން ފަދަ އެހެން ޕާޓީތަކުގެ މީހުންވީމަ އިސްތިއުފާދޭން މަޖްބޫރުކުރުވި. އެކަމަކު އެމްޑީޕީގެ ހާޑްކޯ މީހަކު ހުރިތަނެއްގައި ތަކުރާރުކޮށް ވައްކަމާ ފަރުވާކުޑަކަން އިންތިހާއަށް ބޮޑުވިއަސް އެވެރިއަކު އިސްތިއުފާ ދޭކަށްނުޖެހޭ އަދި ޖަވާބުދާރީވާކަށް ނުޖެހޭ. ތަހުގީގޭ ފަޅޮލޭ ކިޔާ ނިންމާލަނީ.

  17. މަރީ

    ވަރުގަދަ އެމްޕީއެލް އެއް ނޫންތީ. އަދިވެސް ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅެއް ހަމަ ނޭޅުނެއްނޫން. އެކަކުގެ ފުރާނަ ގޮސް އާއިލާއެއް ބިކަވެ އެ ހިތާމައިގަ އަދި އުޅެނިކޮށް 2 ވަނަ ހާދިސާ މިހާރު ތި ހިނގާދިޔައީ. ކޮބާތައް ތަނުގެ ވެރިން. ކޮބާ އެމީހުންގެ ޒިންމާ އަކީ! ހެޔޮނުވާނެ ފުރާނަ އަކީ ފައިސާއަށްވުރެ 100ގުނަ އަގުބޮޑު އެއްޗެއް.މީހެއްގެ ފުރާނައިގެ ބަދަލަކީ ފައިސާއިން ދެވޭނެ އެއްޗެއްނޫން.