މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުގައި އޮންނަ މާލޭގެ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާގައި ޒަހަމްވި މީހާގެ ގިނަ އޮޕަރޭޝަންތަކެއް ފުރިހަމަކޮށްފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ވިދާޅުވެއްޖެއެވެ.

ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓިގެން އަނިޔާވެފައި ވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އަށެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ޒަހަމްވި މީހާގެ ގިނަ އޮޕަރޭޝަންތަކެއް ފުރިހަމަ ކުރި އިރު، އޭނާ އަށް އަދިވެސް ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގައި މަސައްކަތްކުރަމުން އައި މަޖޫރީއަށް ލިބުނު ގެއްލުންތަކާ ބެހޭ ތަފުސީލެއް އައިޖީއެމްއެޗް އިން އަދި ހާމައެއް ނުކުރެއެވެ. އަދި އޭނާގެ ކުރީ ކޮން އޮޕަރޭޝަންތަކެއް ކަމެއް ވެސް އައިޖީއެމްއެޗް އިން އަދި ސާފުކޮށެއް ނުދެއެވެ.

މަޖޫރީގެ ގައިމައްޗަށް ކާޕެޓް ރޯލް ވެއްޓުނީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 2:15 ހާއިރު ކްރޭނެއް ބޭނުންކޮށްގެން ދޯންޏަކަށް އެ އަރުވަނިކޮށެވެ.

އެމްޕީއެލް އިން ވިދާޅުވީ މިހާދިސާއާ ގުޅިގެން އެތަނުގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން އެ މައްސަލަ ބަލައި ނިމެންދެން މިނާ އިންވެސްޓްމަންޓާއި އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ދަށުވެގެން ދާދި ފަހުން ވަނީ ދިވެއްސަކު ވެސް ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  އަވަސް ޝިފާއަކަށް އެދެން

  53
 2. އެމްޕީއެލް

  ހާދަ ބައިވަރު ހާދިސާ ތަކެއް ހިނގާ ތަނެކޭ ދޯ ތީ. ސޭފްޓީ ޕްރީކޯޝަންސް ނުނަގަނީ ބާ

  11
 3. ޢަހު

  އަވަސް ޝިފައަކަށް އެދެން

  22
 4. ޔޫސޭ

  ޢިމްރާން އަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ ޚުލްޤު ހެޔޮ، ނަމާދުތަކަށް ރައްކާތެރިވާ ރަނގަޅު ކުއްޖެއް.
  ޢިމްރާންއަށް ހެޔޮ ރަޙްމަތް ލައްވާ، އަވަސް ޝިފާއެއް ދެއްވާށި.

 5. ޕޮފް

  މުވައްޒަފުން ނަށް ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ނޫނީ ކުންފުނިން އުފުލަންޖެހޭ ކަމަށް ގަބޫލުކުރެވޭ
  މަސައްކަތް ކުރަން ހުންން މީހާ ބަލިވުމުން އާއިލާ ކިހާ ބިކަވާނެ.

 6. ޙަސަނު

  ހަމަ ހަގީގަތުގައިވެސް ބަލަން ވާވަރައް ނުބެލޭތީ ދިމާވާ ކަންކަމޭ ބުނެވިދާނެ ، އެހެންނަމަވެސް ހާދިސާއެއް ދިމާވެދާނެ ކޮންމެފަދަ ވަގުތަކުވެސް ، އެކަމައް އަބަދުވެސް ތަތްޔާރުވެގެން ތިބުމަކީ އެންމެ އެދެވޭ ގޮތް. ބަލި އަޙާ އައް އަވަސް ޝިފާއެއް މިންވަރުކުރައްވާށި ، އާމީން.

 7. ދަރަނި ދަންތުރަ

  ވަގުތު ނޫސް ވެސް ސަރުކާރުގެ އަޅަކަށް ވީތާ ފޮނުވާކޮމެންޓުވެސް ޖަހާލަން ނުކެރޭދޯ