މި ބްލޮގުގައި ޝާޢިއުކުރެވެމުން ދާނީ ރާއްޖެ އާއި ދުނިޔޭގެ މަޝްރަހުން ލިބެމުންދާ ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.

23:23

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 209 މީހުންގެ ތެރެއިން 73 މީހުން ފައްސިވެފައި ވަނީ އިންޑަސްޓްރިއަލް ވިލޭޖެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތިލަފުށިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ.

22:32

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން، 33،000 އަށްވުރެ ގިނަ މީހުން ގަޔަށް ޖަހައިފި.

22:06

ރާއްޖެއިން އިތުރު 209 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

 

22:03

ޏ. ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ އަދަދު 600 އަށްވުރެ މައްޗަށް އަރައިފި

20:14

ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޝީލްޑް ވެކްސިން 6 އަހަރުން މަތީގެ ކުދިންނަށް ޓެސްޓް ކުރަން ނިންމައިފި.

19:15

19:10

16:36

12:29

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 58 އަށް އަރައިފި.

11:51

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އެ މިނިސްޓްރީއިން ދޮގުކޮށްފި.

11:34

އޭޝިއާ ބައްރުގެ ގިނަ ހިސާބުތަކުގައި ދިރިއުޅޭ ވާ ތަކުގައި ކޮވިޑް-19 ފަދަ ވައިރަހެއް ހިމެނުމުގެ ފުރުސަތު އޮތް ކަމަށް ސައިންޓިސްޓުން ބުނެފި.

11:33

ގއ. ކަނޑުހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި ދެމަފިރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

 

11:32

އައިޖީއެމްއެޗްގައި ރޭ ނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ގޮތުގައި ކަނޑައަޅައިފި.

11:32

އައިޖީއެމްއެޗްގައި ރޭ ނިޔާވި މީހެއް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން، އަނެއްކާ ވެސް ބައްޔަށް ފައްސިވެއްޖެ.

ކޮވިޑް-19 އާއި ރާއްޖެވެސް ކުރިމަތިލަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މި ބަލިމަޑުކަމުގައި ދުވަހެއް ދުވަހަކަށް ރާއްޖޭގެ ހާލަތު ގޯސްވަމުން އަންނައިރު ބަލި ފެތުރޭ މިންވަރަށް މާބޮޑު ހިފެހެއްޓުމެއް ނާދެއެވެ. ރާއްޖޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރެކޯޑް މިންވަރަކަށް ކޮވިޑްގެ ވޭދަނަތައް ފެންމަތިވަމުން އަންނައިރު ބަލީގެ އާ ވައްތަރުތަކެއްވެސް މިހާރު ރާއްޖޭގައި ފެތުރޭކަން ހާމަވެފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ގެ އާ ނުރައްކާ ބޮޑު އިތުރު ވައްތަރުތަކެއް ފެނުނުފަހުން ބަލީގެ ނުރައްކާ ދެގުނަވެގެން ގޮސްފައިވާއިރު، ރާއްޖޭގެ އަދަދުތައްވެސް މައްޗަށް ދަނީ މިފަދަ އާ ވޭރިއެންޓެއްގެ ސަބަބުން ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖޭގެ ހާލަތު ގޯސްވަމުން އަންނަ އައުމާއެކު މި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހަމައެހެންމެ ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާދެވޭނެ ވަސީލަތްތައް މަދުވެފައި އެނދުތައް ފުރެމުން އަންނަކަން އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މި ބަލި ފެތުރުން ކުރިޔަށް އޮތް ދުވަސްތަކުގައި ނުހިފެހެއްޓިއްޖެނަމަ ފަރުވާދިނުމުގައި ވެސް ގިނަ ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖެއިން މިވަގުތު 17،507 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 206 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުތަކުގެ އެނދު މަދުވާކަން އިއްޔެ އިދާރާތަކުން ހާމަކޮށްފައި ވާއިރު، މިފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ކުރިންވެސް އިދާރާތަކުން ވަނީ ދީފައެވެ.

 

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ގިނަ އުސޫލުތައް އެކުލަވާލައި "ހަރުކަށި" ފިޔަވަޅުތައްވެސް އަޅާފައި ވެއެވެ. އެހެން ނަމަވެސް މި އުސޫލުތަކާއި ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން މީގެ ކުރިން ނުރައްކާ ކުރިމަތިނުވާ ހިސާބުތަކުންވެސް ބަލީގެ އާ ވޭދަނަތައް ފެނި ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

މާލޭގެ އިތުރުން މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށެވެ. އެއީ މި ދެސިޓީންވެސް ކޮވިޑް-19 ގެ ވޭދަނަތައް ފެނިފައި ވަނީ މުޖުތަމަޢުގެ ތެރެއިން ކަމަށް ވާތީއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކާއި އައްޑޫއިން ވަނީ ގިނަ އަދަދެއްގެ ބަޔަކު ފައްސިވެފައެވެ.

 

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ "ކޮވިޝީލްޑް" ވެކްސިން މިހާރު ރާއްޖޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. ނަމަވެސް މި ވެކްސިންގެ އަސަރު އެކަށީގެންވާ ގޮތެއްގައި ކުރަނީ ވެކްސިންގެ ދެ ޑޯޒް ޖަހާ ފަހުންނެވެ. އެހެންކަމުން އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުޙިންމު ކަމެކެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ޢާންމު މުޖުތަމައުގެ ތެރެއިން ކަމަށް ވާއިރު، އަދަދުތައް މަދު ކުރުމަށް ކުރެވެން އޮތީ ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. އެހެންކަމުން ފިޔަވަޅުތަކަކާއި އުސޫލުތަކެއް ހެދި އެކަންކަން ނުބެލެހެއްޓި ދޫވެފައި ވީނަމަވެސް އެންމެން ގުޅިގެން ފަރުދީ ޒިންމާ އަދާކޮށް ރައްކާވެ ތިބެއްޖެނަމަ އޭގެ ހެޔޮ އަސަރު މުޅި ޤައުމުން ފެނިގެންދާނެ ކަމާއި މެދު ޝައްކެއް ނެތެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17507 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 15142މީހެކެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދޭ މީހުންގެ އަދަދުތަކާއި، ހޮސްޕިޓަލްތަކުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން މިވަގުތު 206 މީހަކަށް ރާއްޖޭގައި ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 56 މީހަކު ނިޔާވެފައި ވެއެވެ.

ރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ އިންތިހާއަށް އިތުރުވެ ކުރިޔަށްވުރެ ހާލަތު ގޯސްވެފައެވެ. ދުނިޔޭގައި މި ބަލި ފެތުރޭ މިންވަރު ކުއްލި ގޮތަކަށް އިތުރުވެފައި ވަނީ މި ބަލީގެ ނުރައްކާ ބޮޑު އާ ގިނަ ވައްތަރުތަކެއް ފެތުރެމުން އަންނާތީކަން ފަހުގެ ހޯދުންތަކުން ވަނީ ހާމަވެފައެވެ. ރާއްޖޭގައިވެސް މިހާރު ބަލީގެ އާ ވޭރިއެންޓްތަކެއް އުޅޭކަން އެނގިފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް ތިރީގައިވާ ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަައަހްމަދުބެ

    މި ޖޯކް އެއް ނޫން އެކަމަކު ސަރުކާރުން މި ކަން ވެސް ޖޯކް އަކަށް ހެދީ. ފްލޯޓިންގް ހޮސްޕިޓަލް

  2. ވެރިން

    ތީބޮޑު ޖޯކެ އް، ފުރުވާލި ތޮ އްޑޫ ކަރާ ނޫނީ ބޫމް ބޫމް ކުރީގަ ބާރުގަ އުޅުނު އިރު ޓީވީ އަށް އަރާ ބުނީތީ އަޑު އެހިން ތިމަ އްނަމެން (ސަރުކާރު ) ކޮވިޑަށް ފުރިހަމަޔަށް ތަ އްޔާރޭ.