"އަހަންނަށް ބަލި ޖެހުނަސް އޯކޭއޭ" ބުނެ ބައެއް މީހުން ވާހަކަދައްކާ ކަމަށާއި، އެހެން ނަމަވެސް ތިމާއަކީވެސް މި ބަލީގެ ސަބަބުން ސީރިއަސް ހާލަތަށް ގޮސްދާނެ މީހެއްކަން ދަނެ ފިޔަވަޅު އެޅުމަށް ދިވެހި ޑޮކްޓަރުން އިންޒާރު ދީފިއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެ ފަރުވާދެމުންދާ މީހުންގެ އަދަދަތުތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން، ޑޮކްޓަރުން މި ވަނީ ކަންބޮޮޑުވުން ފާޅުކޮށް އެކަމާއި ވާހަކަދައްކަން ފަށާފައެވެ.

މިރޭ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ އެތެރަހަށީގެ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުންދާއިރު، ފާހަގަވާ އެއްކަމަކީ ސީރިއަސް ވެގެން އައިޖީއެމްއެޗްއަށް ގެނެވޭ ވޭދަނަތައް ގިނަފަހަރަށް ޓެސްޓު ކުރާއިރު ފައްސިވެފައި ހުންނަ ކަމަަށެވެ.

"މިއީ މީގެ ކުރިން ފަހަރުތަކާއި އަޅާބަލާއިރު، އެހާ ގިނަ ވޭދަނަތަކެއް ފައްސިވާތަނެއް އެހާ ގިނައަކުން ފެނިގެން ނުދޭ". ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ބޮޑު ބައްޔެއް ނޫނޭ ބައެއް މީހުން ހިތައް އަރާ ކަމަށާއި، އެހެން ނަމަވެސް ތިމާއަށް ނޫނީ އާއިލާ މީހަކަށް މި ބަލި ކުރިމަތިނުވާހާ ހިނދަކު މިކަން އަންޑާސްޓްވުން ވަރަށް އުނދަގޫ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ބަލި މީހާ ކައިރިން، ފެނިފައި ނޫނީ ބަލި މީހާގެ އެހީތެރިންނާއި ވާހަކަދެއްކިފައި ހުރި މީހެއްގެ ހައިސިއްޔަތުން ބަލި މީހާއާ އާއިލާ މި ހުންނަނީ ވަރަށް ހިތާމަވެރި ހާލަތެއްގައި ވަަރަށް ބޮޑު ފިކުރެއްގެ އަބަދުވެސް މި އޮންނަނީ، ގިނަފަހަރަށް ބަލި މީހާ އުނދަގޫ ނޭވާލާން އުނދަގޫވާ ސަބަބަކަށް މި އޮންނަނީ ފިކުރު ބޮޑުވުން، ނުވަތަ އެންޒައިޓީއާ ހެދި، ހާލަތު ބޮޑުތަން ވަނީ މިހެން"،

ޑރ. މުހައްމަދު އަލީ ވިދާޅުވީ، މިއީ އާދައިގެ ބައްޔެއް ނޫން ކަމަށާއި، ބައެއް މީހުންނަށް އާދައިގެ އަލާމާތްތައް ފެނުނު ކަމުގައިވިޔަސް، މެދު އުމުރުގެ މީހުންވެސް ބަލީގެ ސީރިއަސް ހާލަތަށް ދާ ކަމަށެވެ.

"އެހެންވީމަ ކޮންމެ ބޭފުޅަކުވެސް، އަހަންނަށް ބަލި ޖެހުނަސް އަހަންނަ އޯކޭ އޭ މިގޮތަށް ހިތައް އަރުވާ ނުލާށޭ، އަނެކާ އާ ދެންނަ ހުންނަ މީހާއަކީވެސް ނުވަތަ ތިމާއަކީވެސް މި ބަލީގެ ސަބަބުން ސީރިއަސް ހާލަތަށް ދާނެ ކަމަށް ބަލައިގެން އެގޮތަށް ފިޔަވަޅުތައް އަޅަމުން ގެންދަން ވާނެ".

އޭނާ ވިދާޅުވީ، އެޑްމިޓްވާ ވޭދަނަތައް އިތުުރުވެފައިވާއިރު، ކޮންމެ އިންފެކްޝިއަސް ބައްޔެއްގައި މިފަދަ ހާލަތްތައް އަތުވެދާނެ ކަމަށާއި، މަސައްކަތް ކުރަން ޖެހޭނީ ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އަދި ކޮންމެ މިފަދަ ބައްޔެއް އެހެން ރަށްރަށަށްވެސް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، މިއީ ފިޔަވަޅުތައް އެޅި ނަމަވެސް، ދިމާވާ ގޮތް ކަން އޭނާ ފާހަގަކުރިއެވެ.

އެހެންކަމުން ރަށްތަކުގައި އުޅޭ ފަރާތްތަކުންވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ހުރުމަތްތަކޮށް ހިތުން ވަރަށް މުހިންމު ވާނެ ކަމަށް ޑރ. މުހަައްމަދު އަލީ ވިދާޅުވިއެވެ.

"އެއީ އެރަށަކުންވެސް ބަލިވެއްޖެ ހާލަތެއްގައި ގެންނަން އޮތީ، އަޅުގަނޑުމެންގެ ފެސިލިޓީތަކަށް ގެނައުން، ނޫނީ ވެއްޖެއްޔާ އެކޮޅަށްވެސް، މި ޖެހެނީ މިކޮޅުން ހެލްތް ކެއާ ވޯކާސް ފޮނުވުން، މިކަހަލަ ހާލަތަކަށް ހިނގައްޖެ ކަމުގައިވާނަމަ ކޮންމެ ކޮޅަކުންވެސް ސިއްހީ އެހީތެރިން މަދުވެގެން ދާނެ".

މީގެެ އިތުރުން، ޑރ. މުހައްމަދު އަލީ ވަނީ، ކޮވިޑް-19 ޖެހިގެން ބަލި މީހުން ވަކި ހާއްސަތަނެއްގައި އެޑްމިޓް ކުރާއިރު، އެތަނަށް އޭނާގެ އެހީތެރިޔާއަށް ނުވަދެވޭކަން ފާހަގަކޮށް، މިކަމާއިވެސް ވިސްނުމަށް އެދިފައެވެ. މިއީ ހިތްދަތި ހާލަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެ އެހީތެރިޔާ ގޭގައި އިންނާނީ ހޮސްޕިޓަލްގެ ފަރާތުން ފޯން ކޯލެއް އާދޭތޯ، ހަބަރެއް ވޭތޯ، ނުވަތަ އެ ބަލި މީހާގެ ހާލަތު އެނގޭތޯ، އެ އިންތިޒާރުގައި، އިރުއިރުކޮޅާ ގުޅޭލެވޭނީ ފޯނަށް ނޫނީ ބަލި މީހާގެ ހާލަތު ކިހިނެއްތޯ ބެލުމަށް، މި ހާލަތު އަންނާތީއޭ ކޮވިޑް-19 މިއީ ހިތްވަދިތިވާ ހާލަތަށް މި ދަނީ މި ބަލީގައި". ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާލުވީ، މި ބަލި މީހާއަކީ ފިޔަވަޅުތަކަށް ބޯލަނބައިގެން އުޅުނު މީހެއް ނަމަވެސް، އެހެން މީހެއްގެ ފަރާތުން މި ބަލި މީހާއަށް ބަލި ވާސިލްވާ ފަހަރުވެސް އާދޭ ކަމަށެވެ. އެހެންކަމުން މިއީ ފިޔަވަޅުތަކަށް ކޮންމެ މީހަކުވެސް ބޯލަނބަން ވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނާގާބިލު

    އެހެން ނުބުންނަސް ޖެހެމުން ގިނަ ވަމުން ދަނީ އަދި ދުއްވާ އެއްޗެހި ނުދުއްވިޔަސް އަދި މާސްކު އަޅައިގެން އުޅުނަސް. އަޅުގަޑަށް ހީވަނީ ކަންފަތް ވެސް ނިވާ ކުރަން ވިީހެން

  2. އިރެކްސް

    ވޭދަނައިގެ މާނަ އޮޅިއްޖެހެން ހީވަނީ

  3. ސިޔާސީ ޑޮކއޓަރ

    ޑރ. ތިއީ ރައްޔިތުން ގެ ޜައްކާތެރި ކަމަށް ވިދާޅުވާ އެއްޗެއް ނަމަ ދައްކާ ވާހަކައާ އަމަލާ ދިމާވަން ޖެހޭ ނޫނއތޯ؟ ވެކްސިން ނުޖެހޭ ޢުމުރު ފުރާގެ ކުދިން ނުރައްކަލުގެ ތެރެއަށް ޅާފަ ސްކޫލް ތައް ބަންދު ނުކުރަނީ ކީއްވެތޯ؟

    8
    1
  4. ޙހހހ

    ރައްޔިތުން އާދޭސް އަޑުނޭހީ ތިޔައެޗްޕީއަެއިން ނޫންތަ ، ރޯޔަލް ޕާޓީތަކާއި ކްރިސްމަސްއާއި އާއަހަރު ފާހަގަކުރަން އެއެއް މިއެއް ނުބަލާ ރޯޔަލް މީހުނަށް ފުރުޞަތު ދިނީ ތިމީހުން ނޫންތޯ ، މިހާރު އިންޒާރު ދޭންވީ ރައްޔިތުންނަށްތޯ

    15
    1
  5. ކިޔުންތެރިއެއް

    އެޗްޕީއޭ އަދި ޑޮކްޓަރުން މި ސަރުކާރު ބޭންވާގޮތަށް ކަންކުރަމުން ގެންގިއުމުގެ ނަތީޖާ މިފެއްނަނީ. ކޮވިޑުގެ މިހާލަތަށް ރާއްޖޭ ގެންދިޔަ ބަޔަކަށް ހަރުކަށި އަދަބުދޭން ލާޒިމު.

  6. އޭނާ

    ކަލޭމެނަކަށް ނޯންނާނެ ރަނގަޅު އެންމެ ގޮތެ އްވެސް. ޢަބަދުވެސް މީހުން ކުރާ ކަންތަކަށް ފާޑުކިޔަން އިނގޭނީ😒

    2
    1
  7. ޚިކްމަތުޔާރު

    މިއީވެެެެސް ސަރުކާރު ރުހޭގޮތަށް ބޭސް ސިޓީ ލިޔެދޭ ޑޮކްޓަރެއް..
    ނަޒްލާއާއި މައިމޫނާއާ އެއްތަށިން ފަރިއްކުޅުވާ ޑޮކްޓަރެއް..
    ނޭޭޭޭގޭގޮތަށް ރައްގިތުންގެ ފިކުރަށް ރީދޫ އަޅައި ސަވާރުުވާާން އުޅޭ ފުންނާބު އުސް ޑޮކެއް..

    2
    1
  8. Anonymous

    މިސަރުކާރުގެ އިހްމާލުން ބަލިފެތުރުނީ
    ތިމާމެން މަޖާކުރާ ދުވަސްތައް ފާހަގަ ކުރަން ފަރުވާ ކުޑަކޮށްލީ.
    އަދިވެސް މިވަރުވެގެން ދާއިރުވެސް ސްކޫލްތައްބަންދުކުރާކަށް ނޭނގޭ ގަމާރުންތަ ތީ

  9. ހަރަފި

    އެހެންވީމަތީ މާސްކު ދަތްދޮޅިދޮށަށް ލައިގެން މަގުމައްޗަށް ކުޅުތަޅަމުން އަޑުގަ ނެތްތަނަށް ފޯނުއިސްޕީކަރަށް ލައިގެން ވާހަކަދައްކަމުންއެދާ ބޭފުޅާ ނުހުއްޓުވާ ފުލުހުން ކައިރިން ސައިކަލުގައި އެދަނީ؟

  10. އަރީ

    ބުނާނަން. ﷲގެ ނިޔާފުޅަކާ އަހަރުމެން ދެކޮޅުނުހަދާތީވެ އެހެން ބުނަނީ. އަހަރުމެން ދެންވީ ކަލޭ ބުނާގޮތް ހަދައިގެން ﷲ އަހަރުމެނައް އެންގެވި އެހެން ކަންކަން ދޫކޮއްފަ ގޭގަ އޮންނަންތަ؟

    1
    1