އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19 ގެ އާ ވައްތަރު ވެކްސިން ޖަހާފައިވާ މީހުންނަށާއި ކުރިން ބަލި ޖެހިފައި ތިބި މީހުންނަށްވެސް ޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް އާއި ހަވާލާދީ "ސީއެންއެމް" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިވަގުތު އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ އާ ވައްތަރު (ކެންޓް)، ކުރިން ބަލި ޖެހިފަތިބި މީހުންނާއި ވެކްސިން ޖެހި މީހުންނަށްވެސް ޖެހެއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ، އެ ވައްތަރު ނުރައްކާވަނީ އެއީ އެހެން ވައްތަރެއް ވީމަ ކަމަށާއި މި ވައްތަރުގެ ސަބަބުން އެއްތަނެއްގައި ތިބޭ ބަޔަކަށް ބަލި ފެތުރުމުގައި ބަލިމީހާގެ ނޭފަތުގައި ހުރި ވައިރަހުގެ އަދަދު މަދުކަމުގައިވިޔަސް ބަލި ފެތުރޭ ކަމަށެވެ.

އަދި ބަލި ފެތުރޭ މިންވަރު އަވަސް ކަމަށާއި ކުރިން ބަލިޖެހިފައި ތިބިމީހުންނަށާއި ވެކްސިން ޖަހައިފައި ތިބި މީހުންނަށްވެސް ޖެހޭނެތީ މި ވޭރިއަންޓްގެ ނުރައްކާ ބޮޑު ކަމަށް ފައިސަލް އާއި ހަވާލާދީ "ސީއެންއެމް" އިން ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ވޭރިއެންޓްތަކުގެ ނުރައްކާ ބޮޑުވި ނަމަވެސް، މިހާތަނަށް އެނގިފައިވާ ގޮތުން އެއްވެސް ވައްތަރެއްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރި އެކަކުވެސް މިހާތަނަށް ބޮޑަށްބަލިވެ، އެނދުމަތިކޮށް ނުވަތަ ނިޔާވެފައިިނެތް ކަމަށެވެ.

"ވެރިއެންޓުތަކުގެ ނުރައްކާ ބޮޑުވަމުންދިޔަޔަސް މިހާތަނަށް އެނގޭ އެއްޗަކީ، ވެރިއެންޓްތައް ފެންނަ ގައުމުތަކުގައިވެސް، އެއްވެސް ވައްތަރެއްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރި އެކަކަުވެސް މިހާތަނަށް ބޮޑަށްބަލިވެ، އެނދުމަތިކޮށް ނުވަތަ ނިޔާވެފައިިނެތްކަން. ވެކްސިން ޖައްސަވާ" ފައިސަލް ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ޑރ. ފައިސަލް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެއިން ކޮވިޑް-19ގެ 3 ވަނަ ރާޅެއް އަރާފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ހާމަ ކޮށްފައިވާ ދުވަސްކޮޅެއްގައެވެ. އެޗްއީއޯސީން ހާމަ ކޮށްފައިވާ ގޮތުގައި ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް މިވަގުތު އިތުރުވަމުން އަންނަނީ ރާއްޖޭގައި ބަލީގެ އާ ވައްތަރެއް ފެތުރޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    މިއީ މުޅި އިންސާނިއްޔަތަށް މާތްﷲ ފޮނުއްވާފައިވާ ކޯފާއެއް ކަމަށް ގަބޫލު ކޮށް، އެ ކަލާނގެ ޙަޟުރަތުގައި ގިނަގިނައިން ދުޢާ ކުރޭ، މި ކަމުންވެސް އެނގިގެންދަނީ އެ ކަލާނގެ އިރާދަނު ކުރައްވާނެ ކަމަށް ނުވާނެ ކަން.

    75
    1
  2. ޖ

    ސްކޫލްތަށް ބަންދު ކުރަން ފެނޭ... ކުދިންނާ ސްޓާފުންނަށް ކޭސްތަށް މިހާ ބޮޑަށް އިތުރުވާ ދަޑިވަޅެއްގަ ސްކޫލްތެރެ ރައްކާތެރި އެއް ނޫން... ދެން ހުރި ގްރޭޑްތަށް ވެސް އިހަށް ބަންދު ކުރަން ޖެހޭ.. ސްކޫލް މާހައުލްގެ ސަބަބުން ކޭސްތައް ގިނަވޭ....

    56
    6
  3. ރާއްޖެ

    ޢެއްވެސް ރަށެއްގެ އެްްވެސް ސްކޫލަކުން އިތުރު ހަރަކަަި ނުހިނގުމަށް އަންގަވާ...އެތައް ބަޔަކު އެއްވެ ގިނަ އެކްޓިވީތަކެއް ފަށައިފި...ކުރިޔަހ ވުރެ ނުރައްކާ ހާލަތެއް މިހާރު މީ..

    11
  4. މުޖޭ

    ސްކޫލްތައް ބަންދު ކުރަނީ...ހުރިހާ ރަށްތައް ބަންދުކުރަނީ....ހުރިހާތަނެއް ބަންދުކުރަނީ....އެކަމު ރިސޯޓްތައް އޯކޭ.....އެއީ ޑޮލަރުލިބޭތީ ކަންނޭގެ

    8
    1
  5. ބޮޑުބަންދޭ

    ބަންދުކުރިޔަސް ހަތަރެސްފައި ބަނަސް އަދަގޮޑީގައި ޖެއްސިޔަސް މިކަމުން މިންޖެއް ނުވާނެ. މިކަމުން މިންޖުވާނީ ހެއްދެވި ފަރާތުން އެންގެވި ގޮތަށް އުޅެން ދަސްވި ދުވަހަކުން.

    14
  6. ފެކްޓް

    ތިހެންކިޔައިގެން ނޫންތަ ފުރަތަމަ ވެސްއުޅުނީ.
    ވެކްސިންގެ ބޭނުމެއް ނެތްކަން އާންމުންނަށް އެނގިދާނެތީ ކުރިޔާލާ އަނެއް ކަންތައް އެރާވަނީ. ދުނިޔޭގެ ފެންވަރުގައި ކުރާ ވައްކަމެއްގެ އޮންނާނީ ކޮންފަރުވާ އެއް!
    ތިޔަށް ވެކްސިން ހަދައިގެން އެ ވިއްކާއިރަށް އާވައްތަރެއްގެ އަޑުއިވޭނެ.

  7. ލޮލ

    ދެން ވެކުސިން ޖެހީމަ ވާ ފައިދާ އަކީ ކޮބާ..

  8. އަޙްމަދް

    ޑަކުޓަރުންވެސް މީހަރަކަށްއައިސް ސިއްޙީ ބިރުވެރިކަން އުފައްދާވެގެން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެއެވެ
    ކޮވިޑް 19 ޢޭ މިކަޔާ ބާލާވެރިކަމެއްގެ ފަހުން ޑަކުޓަރުންތަށްވެސް މޮޔަވެޖެއެވެ. ނަފްސާނި ވެއްޖެއެވެ.
    ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގޭހާލު މޮޔަވެެ ރޯނުއެދުރުންތަކެއްފަދަ ބަޔަކަށް ވެއްޖެެއެވެ!

    • އަހްމަދޫ

      ޑޮކްޓަރުން އެކިޔައިދެނީ އަދި ކުޑަވަރެއް މި ބައްޔާ ބެހޭ ގޮތުން. މީހުން މާޔޫސްނުވާނެ ގޮތަށް އެ ވާހަކަތައް އެ ދައްކަނީ. ވެކްސިނާ ބަލީގެ ރާޅުތަކާ ވައިރަސްއާ ބެހޭ ގޮތުން މާ ބިރުވެރި ކަންކަން އެބަހުރި ދުރުރާސްތާގެ ފޯކާސްޓްގައި ވާނެ ކަމަށް އެއްބައި ސައިންސްވެރިން ކިޔާ ގޮތުން. އެކަމު އާއްމު މީހާ ބޭނުންވާނީ އުއްމީދު ކޮންމެ ކަމެއްގައިވެސް އޮންނަން. އެއުއްމީދު ޑޮކްޓަރުން ދެވޭތޯ އެބަލަނީ.

  9. ޒަކަރިއްޔާ

    ދެންވެސް ލާދީނީ ހުރިހާ މަޖާކުރުމެ އް ހު އްޓާލުމަ އްފަހު މުޅިރާ އްޖޭގެ ހުރިހާ މިސްކިތަކުން ގުރު އާން ޖަހަންވީ އަދި ސަރުކާރު ހުރިހާ އޮފީހަކާ އެއ އާޕޯޓާވެސް ބަންދު ކުރަންވީ ﷲ އައ އް ބިރުވެތިވެ ފާފަތަކާ ދުރުހެލިވާންވީ ބަނގުރަލާ އޫރުމަސް މަނާކުރަންވީ އިލާހީ ގާނޫނުގަ ވާގޮތަ އް މަސްތުވާ ތަކެތި އެތެރެކުރާ މީހުންނަ އް މަރުގެ އަދަބު ދޭންވީ ދީނަ އްހަޖޫޖަހާ މީހުންނަ އްވެސް

  10. ސސ

    ޑޮކްޓަރުން އުޅެނީ ދެން ހަމަ މީހުން ހައްދަން ވެކްސިން ޖަހަނީ ކޮންމެހެން ބަލި ނުޖެހޭނެ ކަމަކަށް ނޫން، ބަލި ޖައްސަވާ ބަލި ފިއްލަވާ ހަމައެކަނި ފަރާތަކީ ﷲ ކަން ޔަޤީން ކަމާއި އެކު ޤަބުލު ކުރަންޖެހޭ، !