ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ދެކެ ވެވަޑައިގަންނަވާ ލޯބި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް ތަފާތު ގޮތަކަށް ހާމަ ކުރައްވައިފިއެވެ.

ދެމަފިރިކަނބަލުންގެ ކައިވެންޏަށް 24 އަހަރު ފުރުމާ ގުޅިގެން ރޮޒެއިނާ ވަނީ އޭނާގެ ހިތުގެ ޖަޒުބާތުތައް ލަވައަކުން ފާޅު ކުރައްވައިފައެވެ. އަދި ކައިވެންޏަށް އިތުރު އަހަރެއް ފުރުމާ ގުޅިގެން ރޮޒެއިނާ ވަނީ ފިރިކަލުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ނާޝިޒަކީ އޭނާ އަށް ލިބިވަޑައިގަންނަވާނެ އެންމެ ބަރާބަރު ފިރިކަލުންނެވެ. އަދި ނާޝިޒަކީ އެންމެ ގާތް އެކުވެރިޔާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ. ނާޝިޒް އަބަދުވެސް އޭނާއާ އެކުގައި ހުންނަވާ ކަން ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

"ކައިވެންޏަށް އިތުރު އަހަރެއް ފުރުމާ ގުޅިގެން ފިރިމީހާ އަށް ތަހުނިޔާ ކިޔަން. ނާޝިޒް ތިއީ އެންމެ ބަރާބަރު ފިރިމީހާ. އަހަރެންނަށްޓަކައި އަބަދުވެސް ގާތުގައި ހުރީމަ އާއި އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާގެ ގޮތުގައި ހުރީމާ ޝުކުރު އަދާކުރަން. ބުނެދެން ނޭނގޭ ވަރަށް ލޯބިވޭ. ވާ ލޯތްބަކަށް ބަދަލެއް ނުވޭ. އެކުގައި އުޅެން ބޭނުމީ" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ "ވަގުތަށް" ވިދާޅުވީ ކައިވެންޏަށް 24 އަހަރު ފުރުނު ނަމަވެސް އެކުގައި އުޅޭތާ 28 އަހަރުވެފައިވާ ކަމަށެވެ. އަދި ޔޫޓިއުބުގައި އެކަމަނާގެ ހިތުގެ ޝުއޫރުތައް ފާޅުކޮށް ހިއްސާކުރައްވާފައިވާ ލަވައަކީ ފިރިމީހާއަށް ހާއްސަކޮށްފައިވާ ލަވައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވާ ލޯތްބަކަށް ބަދަލެއް ނުވޭ، އެކުގައި އުޅެން ބޭނުމީ" ގެ ނަމުގައި ޔޫޓިބުގައި ހިއްސާކޮށްފައިވާ ލަވަ ލިިޔެ، އެޑިޓްކޮށްފައި ވަނީ ރޮޒެއިނާއެވެ.

"އަޅުގަނޑު ލަވަ ކިޔާ، އެ ލަވައިގައި ހުރިހާ ކަމެއް ކުރީ. ދެން ކުޑަ އިއްބެ މިއުޒިކް ހަދާދީފަ އޭނީ. ދެން ހުރިހާ ކަމެއް ކުރީ އަޅުގަނޑު. އެކުގައި ދެމީހުން އުޅޭތާ މިވީ 28 އަހަރު. ކައިވެންޏަށް 24 އަހަރު،" ރޮޒެއިނާ ވިދާޅުވިއެވެ.

އެ ލަވާގައި ވާ ގޮތުން ރޮޒެއިނާ އާއި ނާޝިޒް ރައްޓެހިވެފައި ވަނީ ރޮޒެއިނާގެ އުމުރުން 16 އަހަރުގައެވެ. ރޮޒެއިނާ ވަނީ ނާޝިޒް ދެކެ ފޫހި ނުވާ ކަމަށާއި އޭނާއަކީ ލިބުނު އެންމެ ބޮޑު ނަސީބު ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނޫސްކިޔާމީހާ

    އަޅޭ މީހަކު މޮޔަވެދާނެ މިވަރަށް އިސްތިހާރު ވީމަ ލޯބިވާކަމަށް މިހާރުވަނީ. ތިމާގެ ދާ އިރާ މީހުން ކޮވިޑުގެ ބިރުވެރިކަމުގަ ތިބި އިރު މިނަ ބެލީ ލޯބީގެ ލަވަކިޔޭތޯ.

    64
    4
  2. ފްރެންޑް

    ލަވަ އަޑުއަހާލާފައި އަޅުގަނޑަށް ފާހަގަކުރެވުނީ ރޮޒެއިނާގެ ހިތްވަރުގަދަކަމަޢި މީހަކު ބުނެފާނެ އެއްޗަކަށްނުބަލައި ހިތުގެ ޝުއޫރު ފައުޅުކުރިކަން.
    ލަވަކިއުންތެރިންނޫން ކޮއްމެ ކޮއްމެ މީހަކަށް ކުރަންކެރޭވަރު ކަމެއް ނޫން.
    ވަރަށްވެސް ހިތްވަރުގަދަ.
    ބާއްޖެވެރި މުސްތަގުބަލަކަށް އެދެން

    ނޯޓް: ރޮޒޭ ޕާސަނަީ ނުދަންނަން އަދި ސިޔާސީ ގޮތުން އުޅޭގޮތުން އެހާ ހޮތްހަމަޖެހޭމީހެއްވެސް ނޫން. ނަމަވެސް ހިތްވަރުގަދަކަމަށް ސާބަސް.

    17
    50
  3. ނާޝިޒު

    މީމިދުވަސްކޮޅާ ދިމާ ކޮއް ލަވަޔާ މިއުޒިކަކީ ހުއްދަ އެއްޗެއްކަން ރޮއްޖޭ ދައްކާ މީހުން މަގުފުރައްދަން ކުރާ ކަމެއް
    ހައްތާވެސް އިބިލީސް

    87
    6
  4. ޛ

    ބޮޑު އުނގުރި ޖެހި ފުޅިއަކަށް ވައިވަންނަ ހެން ހީވަނީ
    ...ވަރަށް ޒާތް ކޮޅުބޮޑު އަންހެނެއް

    27
  5. މުބީނު މާރނީ

    ރޮޒޭނާ އާއި ނުކިޔަވާހުރި ހިންނަވަރު އިބްރާހިމް އާއި ވަރަށް ކޮމަން ކަންތައްތައް އެބަހުރި. ކޮމަން ގެ މާނައަކީ އެއްވައްތަރު. އެކަންތައް ތަކަކީ: (1) މަކަރު ހެދުން. ނުކިޔަވާ ހުރި ހިންނަވަރު އިބްރާހިމް ވެސް ވަނީ އަނބިމީހާ ފަޒުނާ މެންގެ-ގެއަށް ދެވުނު ދުވަހު ރޮއި ހޭރިފަ. މިއީ މަކަރުން ފަޒުނާ ގެ ހިތް އަތުލުމަށް ކުރި ހިޔަޅު އަމަލެއް. ރޮޒައިނާ ވެސް މިކުޅެނީ މަކަރުން ބައިވެރިޔާ ގެ ހިތާ. (2) އެމް.ޑީ.ޕީ ގައި ޕާޓިޝަނެއް ޖަހާ ކޮޓަރިއެއް ދެބައި ކުރާހެން އެމް.ޑީ.ޕީ ބައިބައި ކުރުމުގަ ތިބީ ނުކިޔަވާހުރި ހިންނަވަރު އިބްރާހިމް އާއި ޗޮއްޕަޓު ޑޮނާޑް ގެ ދަރި ރޮޒައިނާ. (3) ރޮޒައިނާ އަކީ ވެސް ކެޔޮ ގަހުގެ ބޭނުން ކޮށްފާ ކެޔޮގަސް ގޮނޑަށް ނަގާހޫރި އަންހެނެއް. ޑީ.އާރ.ޕީ ގެ ބޭނުން ވަރަށް ރަނގަޅަށް ހިިިފި. ހަމަ އެފަދައިން ނުކިޔަވާ ހުރި ހިންނަވަރު އިބްރާހިމް ވެސް ނަޝީދު އާއި އެމް.ޑީ.ޕީ ގެ ބޭނުން ހިފާފަ މިހާރު މި ނުކިޔަވާ އިބްރާހިމް އެމް.ޑީ.ޕީ ގެ މޫނަށް ކުޅުޖަހައިފި. (4) ފިރުއައުނު އާއި އަބޫޖަހުލު ގެ ގުޅުމެއް އޮންނާނެ ނަމަ އެގުޅުން ރޮޒައިނާ އާއި ނުކިޔަވާހުރި ހިންނަވަރު އިބްރާހިމް އާއި ދެމެދު މިވަނީ. (5) އެކަކު، ކިނބޫ އަޅާ ގޮތަށް ކަރުނަ އޮއްސާ ހަދާ. އަނެކަކު ރަނގަޅު މީހެއް ކަމަށް ދެއްކެން ފަރިއްސާ ލަވަ ކިޔޭ ކަމަށް ހެދޭ. (6) އަޑި ނުބައިކަން ހާމަ މިވީ މިކަމުން. ދިވެހިންނަށް އެވަރު މިހާރު ވިސްނޭ.

    12
    3
  6. ފޫހި

    ދެެެއްކުންތެރިކަން، ތިވަރައް އިޝްތިހާރު ނުކުރިޔަސް ފިރިމީހާ ކައިރީކީމަ ނިމުނީ، މަވެސް އަޑުއަހާލާނަމޭ ހިތައްއެރި، އެކަމު ވަރައް ހަޑި އެއްގޮތަކައް ކުރިއަކައް ނުގެންދެވުނު

    29
  7. ޮޭޕޭމް

    ތި ލަވަ ކިޔަނީ؟ ތި ލަވަ ކިޔަވަނީ އެއްނު!

  8. އާސިދާ

    މީނާ އަލެ ފަހެ ހަމަތޯ..

    13
  9. ޥވވ

    ދަރިންގެ މައުލޫމާތަކީ ކޮބާ؟

    5
    1
  10. ނަނު

    އަދު ރޭ ކައި ރީ ބުނި ނަމަ ޅެން ހަދަން...މާ ރީތި ވާނެ