ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެއް ގެއްލިގެން އެމްއެންޑީއެފް އިން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އިންޓާކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން އެކަނި ސްނޯކްލިންގއަށް ދިޔަ އަންހެން ފަތުރުވެރިއެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 20:58 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި އަންހެން ފަތުރުވެރިޔާ ލައިގެން ހުރީރަތް ކުލައިގެ މޫދު ހެދުމެއް ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިން ގެއްލިގެން ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

މިގޮތަށް ކަނޑުމައްޗަށް ގެއްލޭ ބައެއްް މީހުން ފެންނައިރު، ބައެއް މީހުން ނުފެންނަ ފަހަރުވެސް ދެއެވެ. އަދި ބައެއް މީހުން މަރުވެފައި އޮއްވާވެސް ފެނެއެވެ.