މިއުޒިކް ކުޅުމާއި ލަވަ އަޑު އެހުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ނޫން ކަމަށާއި އެގޮތަށް ވާހަކަ ދައްކަނީ ދީނީގޮތުން ބައިބައިވުން އުފެއްދުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބޮޑެތި ހުރިހާ އިލްމުވެރިންނާއި، ދުނިޔޭގެ ގިނަ އިލްމުވެރިންވެސް ވިދާޅުވާގޮތުގައި، މިއުޒިކް އާއި ލަވަ ކިޔުން ހަރާމް ވާނެ އެވެ.

އެހެން ނަމަވެސް ލަވަ އާއި މިއުޒިކް ކުޅުން ހުއްދަ ކަމަށް ވިދާޅުވެފައިވަނީ ރައީސް މައުމޫން އާއި އެމްޑީޕީއަށް ނިސްބަތްވާ ޝެެއިޚް ހުސައިން ރަޝީދެވެ.

އެގޮތުން ދެހާސް އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ޑީއާރުޕީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވަނީ މިއުޒިކް އާއި ލަވަކިޔުމަކީ ހުއްދަ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ. އެގޮތުން މިއުޒިކް އެހުމާއި މިއުޒިކް ކުޅުމާއި ލަވަ ކިޔުމާއި ލަވަ އަޑު އެހުމަކީ ކީރިތި ރަސޫލާގެ ޒަމާނުގައި ވެސް ކޮށްފައިވާ ކަންތައްތައް ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާގައި މައުމޫން ވަނީ ލަވައާއި މިއުޒިކްގެ ދިފާއުގައި އެތަކެއް ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ގޮތް ލިއުމަކީ ހަރާމްކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ނުބައި މަގްސަދެއްގައި ގޯސް ވާހަކަ ލިޔެފިނަމަ ހަރާމް ވާނެ ކަމަށް ވިދާޅުވެ މައުމޫން ވަނީ މިއުޒިކް، ލަވަ މި ހުރިހާ އެއްޗެއްގައި ވެސް ރަނގަޅު ބޭނުން ކުރެވޭނެ ކަމަށާއި ނުބައި ބޭނުން ވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

"އެހެންވީމަ ރަނގަޅު ބޭނުންކުރުމަކީ ހަރާމް ކަމެއް ނޫން. ނުބައި ބޭނުންކުރުމަކީ އެއީ ކޮންމެ ވަސީލަތެއް ބޭނުންކުރި ކަމުގައި ވިޔަސް ހަރާމް ކަމެއް" މައުމޫން އޭރު ވިދާޅުވިއެވެ.

މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުންވެސް ވަނީ ދާދިފަހުން މަޖިލީހުގައި ބޭއްވި ބަހުސެއްގައި މިއުޒިކް ދިފާއުކޮށް ވާހަގަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢާލިމް

    އެހެންވީމާ ވީޑް އޯކޭ ވާނެ ދޯ. ބޭސް ފަރުވާގެ ގޮތުގައި.

    1
    1
  2. ޙާކިމާ

    ނަމާދު ކުރުން ވާޖިބު! އެކަމަކު ފާޚާނާގައި އަދި ރާބޯ ބާރ ގައި ނަމާދުކުރުން ޙަރާމް . މައުމޫނުކުރެން އައްސަވަ ބައްލަވާ!!!!!

    3
    1
  3. ކޮވިޑް

    ﷲ އައްޓަކާ މައިތިރި ވެގެން ހުރެބަލަ.މިހާރު ތިޔަކު ނެތް ރަތްޔިތުން ގެ ޝައުގެއް. އަދިވެސް ވެރިކަން ކުރަން ފޫގަޅަނީތި.ލަދުން ބޯހަލަކު

    17
    4
  4. ހުސޭނުބޭ

    މައުމޫނު ބުނާނެތަ ތެދެއް! އަޅެ އަހާބަލަ ތިންފަށްވެ ފައްކަނޑާއިގެން ފަރިކުރިފުޅާ އިނުމަކީ ކޮންކަހަލަ ކަމެއްތޯ! އޭނާ އެކަން ކުރިކަމަށް އެހެން މީހުންނަށް ނޭގެންޏާ ބުނާނެ ހަރާމޭ! މީހުންނަށް އެކަން އެގެންޏާ ބުނާނެ ޙަލާލޭ!

  5. އަރޭ

    ކުރީގެ އުއްތަމަފަޑިޔާރު ޑޮކްޓަރ ދީދީ ވެސް ލަވަޔާ މިޔުޒިކް ހުއްދަކަމަށް ވިދާޅުވީ އެވާހަކަވެސް ލިޔެލަބަލަ ހެޑިންޖަހާފަ

  6. މައިތިރި

    ބަލަ ނޭނގެންޏާ މަޑުން ހުރީމަ ނިމުނީނު

  7. އަޒްޚާ

    މައުމޫނަކީ އޭނާގެ ވެރިކަމުގައި ހަފްތާބަނދޭ ކިޔާގެން ކޮންމެ ހަފްތާއަކު މާލޭ ހުޅަނގު ދިމާލުގައި ޒުވާނުންގެ މިއުޒިކްޝޯ ބާއްވައި އަންހެނުންނާއި ފިރިހެނުން އެއްކޮއްގެން ނަށުވައި ނާޗަރަންގީ ކުޅުމުގެ ހުއްދަދީ އެކަމައް ހިތްވަރުދީ އަދި ނުވާތާކައް އެމަންޒަރު ބަލަން އެތަނައްގޮސް އަތްތަޅަން ދާމީހެއް. މީނާއަށް މިއުޒިކާއި ނެށުމާއި ކައިވެނިހަލާލު މީހުން އަތްޖޯޑުކުރުމާއި އަދި އެއްކޮއް ނާޗަރަންގީ ކުޅުމަކީ ހަރާމްކަމަކައް ވާނެތޯ.؟ ދެން މީނާ ތިމާމީ ދަންނަބޭކަލަކައް ހެދިގެން ދީނުގެ ކަންކަމުގައި ބަސްބުންޏަސް މާތް ރަސްކަލާނގެ ބުއްދި ދެއްވާފައިވާ މުސްލިމަކު މީނާ މިކަމުގަގެންގުޅޭ ރައުޔު ބަލައިގަނެވިދާނެތަ.؟ މީނާގެ ވެރިކަމުގައި ނޫންތޯ ދިވެހިރާއްޖޭގައި ނާޗަރަންގީ އާލާވެގެން ދިޔައީވެސް. އަދި ބަނގުރަލާއި ޑުރަގުގެވަބާ މިތާގައި އަށެގަނެގެން ދިޔައީވެސް. އެއީވެސް އެންމެ 3 ލައްކަ ހަމަނުވާ އާބާދީއެއްގެތެރޭގައި. ދެން އަންހެނުން ބުރުގާ އެޅުމާ ދޭތެރޭ މީނާ ދިން ފަތުވާ އަދި އަހަރެމެން ހަނދާނެއް ނުނެތޭ. ޖޯޖު ބުޝް ކައިރިން މިތިބަ ކަންކަމުގެ ފަތުވާ އެހިޔަސް ހަމަ ލިބޭނީ މީނާ މިދޭ ފަތަވާނޫންތޯ.؟

    5
    1
  8. އޭނަ

    ކިޔަވައިގެންހުރެ ގައުމުހަލާކު ކުރީ . 30 އަހަރުވަންދެން. ނުބައި ވެރިއެއް. ގިޔާމަތްދުވަހުން ފިލަންވަންނާނީ ކޮންތާކަށް. އެހެންމީހުންގެ ފާފަތަށްވެސް ބޮލުއަޅަން .
    ދީނީ އިލްމުވެރިންގެ ތުބުޅި ޓޮމާޓޯ ސޯސްލައިގެން ބޭލުވި ޒަމާނެއްވެސް ދިޔަ މީނަގެ ވެރިކަމުގަ.

    3
    1
  9. ހަމީބް

    އަ ދައްޖާލް ފޯ އޯލް އައިލެންޑުސް

  10. ހަމީދާ

    މުނާފިގު ވެރީންނާއި ލާދީނީ ވެރީންގެ ކިބައިން މި ގައުމު އަބަދައް ސަލާމަތް ކުރައްވާށި. މި ގައުމުގައި ނާޗަރަންގީއާއި ހަރާމް ކަންކަން އަށަގެންނެވުމައް ވެރީންނާއި އެމީހުންގެ ބައިވެރީން ހިންގާ އެންމެހައި ނުބައި ހީލަތްތެރި ރޭވުންތައް ނާކާމިޔާބު ކުރައްވައި އެމީހުންގެ އެ އަމަލުތައް ނެތިކުރައްވާށިއެވެ. އަދި އެމީހުންނައް މިގައުނުގެ ފަސްގަނޑުގައި ނުތިބެވޭނޭގޮތް މެދުވެރިކުރައްވައި އެމީހުންގެ ނުބައި ރޭވުންތައް ފަޅާއަރުވައި މި ބިމުން އެމީހުން އެކީއެކައްޗަކައް ފައްސަވާލައްވާނދޭވެ.

  11. ފެކްޓް

    ތިހެންކަމަށް ވާނަމަ ޒިނޭވެސް ހެޔޮ ނިޔަތުގަ ކުރީމަ ހަލާލް ވީހެއްނު! ބުންނަ މިއުޅެނީ މީހާގެ ހިތް ކިތަންމެ ސާފަސް ނިޔަތް ކިތަންމެ ރަނގަޅަސް ނުބައި ކަމެއް ވާނީ ހަމަ ނުބައި ކަމަކަށް. ހުއްދަނޫން ކަމެއް ވާނީ ހުއްދަނޫން ކަމަކަމަކަށް.
    ޢަމަލުތައްވަނީ ނިޔަތުގެ މައްޗަށޭ އޮތީމަ ރަނގަޅު ނިޔަތުގަ ކުރިޔަސް އިން ކަނޑަ އެލިފައިވާ ކަމެއްގަ އެއިމުން ބޭރު ވުމުގެ އިޙްތިޔާރެއް ނެތް.
    ތިމަންނާ އަކީ މާމޮޅު ޢިލްމުވެރިއެކޭ ހިތާ ކަމެއް ދިމާވާން ވާއިރަށް ފަތުވާ ނެރެން ފަށާނެ. މީނަ ވެއްޖެއެއްނު މި ކޮމެންޓްތައް ކިޔަން މީނަ ދައްކާ ވާހަކަ ބަޔަކު ޤަބޫލުކުރޭތޯ ޔަޤީންކުރަންވެސް.
    އަމިއްލައަށް އަމިއްލަ މޮޅުކަން ފެނިގެން އުޅޭ އެއްޗެއް. ހީހީވަނީ މީނަ އަމިއްލައަށް އުފައްދައިގެން އުޅޭ ޢިލްމެއް ކިޔާދެނީހެން. އެބައެއްގެ އަރިހުން މީނައާ ހަމައަށް މި ޢިލްމު އައި ސާފް ޢިލްމުގެ އަހުލުވެރިންގެ ބަހަކަށް މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތް! ތިފެންނަނީ ތީނަ މަގުފުރެދިފައިވާ މިންވަރު. އަދިވެސް މީނައޭ ކިޔައިގެން ބަޔަކު އުޅޭކަން އަޖައިބު

  12. ޝޮކްތެރަޕީ

    ފޭކު އިލްމުލިބިގެން ރާއްޖެ ފަސާދަ ކުރާނެ ކަމެއްނެ. މައުމޫންގެ ދޮގުވެރިކަން ވަރައްސާފު

  13. ލައިބުރަރީ

    ނާސިރުގެވެރިކަމުގަބަނގުރާ އާބެހޭގޮތުންއެމަނިކު
    ފާނުވިދާޅުވިއެއްޗާއި މުޅިންދެކޮޅު އެމަނިފާނަށް
    ވެރިކަންލިބިލެއްވުމުންވީގޮތް. އެތެރެކުރުމުގަ ރާ
    މާމުއި އަށްބަދަލުވިކަހަލަ.

  14. މުހުންމަދު

    މީނައަކީމުނާފިގެއްގެ ގައިން ފެންނަކަމަށްބުނާ ހުރިހައި ސިފަ ހަމަވާމީޙެއް.