ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ދުބާއީގައި ފަރުވާ ހޯއްދަވަން ގެންދަވާ ކަން މައުލޫމާތު ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރު ހުސައިން އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެންކަމުން މިއަދާ ހަމައަށް ވެސް މެންބަރު ހުންނެވީ ސަލާމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޑޮކްޓަރުން ވެސް މި ވަގުތު ލަފާ ދެއްވާފައިވަނީ ހުސެއިން ވަހީދު މަސައްކަތާ ދުރުގައި ހުންނެވުމަށެވެ.

އެނގިފައިވާ ގޮތުގައި މެންބަރު ހުސައިން މި ވަގުތު ހުންނެވީ ދުބާއީގައެވެ. އޭނާ ފަރުވާ ހޯއްދަވަމުން ދަނީ ކެންސަރަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ވަގުތު އޭނާގެ ސިއްހީ ހާލަތު ކުރިއަށް ވުރެ ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ވަހީދަކީ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާއެވެ. މަޖިލީހުގައި އާންމުކޮށްފައިވާ ވަކި ވަކި މެންބަރުންގެ މާލީ ބަޔާނަށް ބަލާއިރު، އަހަރު ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ އާމްދަނީއެއް ލިބިވަޑައިގަތީ ވަހީދެވެ. މިދިޔަ 2019 ގައި އޭނާއަށް 14 މިލިއަން ރުފިޔާ ލިބިވަޑައިގެންނެވިއެވެ. މެންބަރުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަގެ އިތުރަށް އިމާރާތް ކުއްޔަށް ދޫކޮށްގެން ލިބިވަޑައިގަންނަވާ އާމްދަނީ އާއި، ޓިމްބާ ހައުސް އެންޑް އޯޕަން ސީސް ކުންފުނީގެ ފައިދާއިން ލިބިވަޑައިގެންނެވި އާމްދަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސައްބު

    އަ ވަސް ޝިފާއެއް މާތްﷲ ޙުސައިނަށް މިން ވަރު ކުރައް ވާށި. އާމީން

    11
    1
  2. ރަނާ

    ހަމަ ބަރާބަރަށް މުސާރަލިބޭ ދޮ އްތަ. ސިވިލް މުވަ އްޒަފަކަށް ކެންސަރ ފަދަ ބަ އްޔެއ އް ޖެހި އްޖެ ނަމަ ހަމަ މުސާރަ
    އާ އެކު ލިބެނީ ހަމަސް ދުވަސް ދެން ލިބެނީ ދެބަ އިކުޅަ އެ އްބަ އި އެވެސް ވެރިޔަކަށް ހުރިމީހަކު ރުހި އްޖެ ނަމަ އެހެން ނޫނީ ވަޒީފާ އިން ވަކި ކުރަނީ ނޫނީ ނޯޕޭ އެއ އް ދެނީ ބަލިން ފަސޭހަ ވެގެން އަންނަ އިރު މަގާމަށް މީހަކު ހޯދުމުގެ ސަބަބުން ވަޒީފާ ގެ އްލިފަ ކިހާ އިންސާފު ވެރި

    19
    1
  3. މޫސާ

    މީހުންގެ ޙައްޤުތައް ކަމުންދާ މުއްސަދި މީހުންގެ ނިމުން ހިތިވާނެ!

  4. ޙ

    އަވަސް ސިފާއެެއް މިންވަރު ކުރައްވާށި،

  5. ކިލާ

    ސޮރީ އެކަމަކު ޝަރުތެއް އޮވޭތޯ މަސްއޫލިއްޔަތު އަދާ ކުރެވެ ވަރުގެ ސިސްހަތެއްގައި ހުރުން؟ ވަރަށް ގިނަ މަގާމު ތަކުގައޮ އޮވޭ އެގޮތް.
    އިސްތިއުފާ؟؟؟