މިިހާރު ފެތުރެެމުންް އަންނަ ނުރައްކާތެެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެންް މިހާރު ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިނުގެ ދެެވަނަ ޑޯޒް ޖެހުމަށް ފަހު ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ކުދިންނަށް އެެ ފުރުސަތު ހުޅުވާލާ ކަމަށް ހަޔަރ އެެޑިިއުކޭޝަން މިނިސްްޓްރީން ހާމަކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ބޭރަށް ކިޔަވަން ދާން ބޭނުންވާ ކުދިންނަށް އެެކަން އެ މިނިސްްޓްރީއަށް އެންގުމުން ދެވަނަ ޑޯޒްވެސް އަވަސްކޮށްދޭނެ ކަމަށެވެ. މިކަމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމު އެެ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ވަނީ ދޫކުރަން ފަށާފައެވެ.

ފުރަތަމަ ވެެކްސިން ދޭތާ 12 ހަފްތާ ތެރޭގައި ކޮންމެ މީހަކަށްވެސް ދެވަނަ ޑޯޒް ދިނުމަށް ވަނީ ނިންމާފައެެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، އިއްޔެ އެކަނި ވެސް ރާއްޖެއިިން 5204 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 3967 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، ރަށްތަކުން 1237 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 43817 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 35289 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 8429 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ. އަދި ރިސޯޓްތަކުން 49 މީހެެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.