އޭނާއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަގީގަތެއް ނެތް ދޮގު ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މޮސްޓާ އަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މޮސްޓާ އާ މެދު ވެސް ވަރަށް ފާޑުފާޑުގެ ވާހަކަ އިވިވަޑައިގެންފައިވާ ކަމަށެވެ. އަދި ޓައި އަޅާފައި ހުއްޓަސް ހުތުރު ބަހުން ވާހަކަ ދައްކަން އެނގިވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މެމްބަރު ނަޝީދު ވަނީ ފަރެސްމާތޮޑާ އެއާޕޯޓުގައި ހުރި ރުއްތަކާ މެދު މިނިސްޓަ އަސްލަމް ކަންތައް ކުރެއްވީ ކިހިނެތްތޯ ސުވާލު ކުރައްވައިފައެވެ. މޮސްޓާގެ ސުވާލު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުއްޓުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މައުޟޫއާ ނުގުޅޭ ސުވާލު ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"ފަރެސްމާތޮޑާ އެއާޕޯޓް ހަދާ ތަނުގައި ހުރި ރުއްތައް ގެނެސްފަ މަނިކުފާނު ކިހިނެއްތޯއޭ އެ ރުއްތަކަށް ހެދީ؟ ވިއްކާލީތޯ އޭ؟ އެއިން ލިބުން ލާރިތޯއޭ ދުބާއީއަށް ޕައިލެޓެއްލައްވާ ތި ފޮނުވީ" މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު އަސްލަމް ވަނީ މަޖިލީހުގެ ތަޅުމުގައި ދައްކާ އެއްވެސް ވާހަކަައެއްގެ ސަބަބުން ގާނޫނީ ފިޔަވަޅެއް ނޭޅޭކަން ފާހަގަ ކުރައްވައިފައެވެ. އެހެންކަމުން އޭނާއާ މެދު އަސްލެއް ނެތް ވާހަކައެއް ދައްކާ ނަމަ އެ ވާހަކަތައް އޮޅުންފިލުވައި ދޭން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ އޭނާ ރުއްތަކެއް ވިއްކާލި ކަމަށް ކުރާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި ފަރެސްމާތޮޑާގެ އެއާޕޯޓްގެ ރަންވޭ އަޅާ ސައިޓުން ރުކާއި ގަސް ނެގުމަށް ފަހު އެތަން ސާފުކުރީ ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގެ ދަށުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"ދުބާއީއަށް މީހަކު ފޮނުވި ވާހަކަ، ޕައިލެޓަކު ފޮނުވި ވާހަކަ. ކޮންމެފަދަ ވާހަކައެއްވެސް އިއްޒަތްތެރި މެމްބަރާއި ގުޅޭގޮތުން އަޅުގަނޑަށް ވެސް ދެއްކިދާނެ. އިއްޒަތްތެރި މެމްބަރާއި ބެހޭގޮތުން މާލެތެރޭގައި އިވޭ އަޑުތައް އަޅުގަނޑަކަށް މަދެއްނޫން. އެވާހަކަ އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މި ފްލޯގައި ދައްކާކަށް އަޅުގަނޑު ނެތިން. އެހެންވީމަ އިއްޒަތްތެރި މެމްބަރުން އެގޮތަށް އަޅުގަނޑުމެންނާ ވާހަކަ ނުދައްކަވާތި. އަޅުގަނޑުމެންނަކީ ވެސް މި މާލޭގައި ބޮޑުވެފައި ތިބި މީހުން. މާރީތިކޮށް މިހެން ޓައީ އަޅާފަ ތިއްބަސް ހުތުރުބަހުން ވާހަކަދައްކަން ވެސް އަޅުގަނޑަށް އެނގޭ." އަސްލަމް ވިދާޅުވިއެވެ.
ތިބޭފުޅާ ކިޔަވައި ވިދާޅުވީވެސް އެ ރޮގުންކަން އަޅުގަނޑުމެން ދެނެތިބީމު.
ހާޑިންހަމާއެކު (ނަސޯރާދީންފަތުރާ) ނަގާފަހުރި ފޮޓޮއިންވެސް އިނގޭ ކަލޭގެ ތިރީތި އަހުލާގް އަދި ނަސީދު ވެރިކަމުގަ ތިބޭފުޅާގެ އޮޑިޓްރިޕޯޓުންވެސް...ހެހެހެ
އަސްލަމަކީ ސީދާ ވަކަރުގޭ ކުއްޖެއްގެ ގޮތުގައި ލާހޫރިގެން ބޮޑުވި މީހެއް
ތިމޮސްޓާރ އަކީ އަމިއްލަ ފޫކޮޅުގަހުންނަ ގުއި ނުފެންނަ ސާފުނުކުރާމީހެއް، ލަވަޔާ މިޔުޒިކޭ ކިޔަމުންދިޔައިރު މީނަގެ ކެމްޕެއިނުގަ ލަވަޖަހާ، ކެމްޕެއިނަށް ލަވަހަދާ ނާޖަރަގީކުޅުނީ
ހައްތާވެސް މިކަހަލަ ގޮތްކުޑަމީހުން ދެންހުރީވެސް ހަތަރުކަށިމަތި މާލެ ބޭފުޅެއް މިހެންގޮސް ކިޔިދާނެ މިކަހަލަ މީހަކު ނުޫނިއްޔާ އެތިޔަ އެމްޑީޕީގަ ނުހުންނާނެ
މޮސްޓާފެންވަރަށް އަސްލަމްވެސް ވެއްޓުނީތަ؟ ނޫނީ އަސްލަމްގެ ފެންވަރަށް މޮސްޓާ އައީތަ؟ ކިހިނެއްތިވީ؟ ތިތަނަކީ ހުސް ދޮގުވާހަކައާއި ފުރައްސާރަކުރާ ތަނެއް. އަސްލަމުގެ އޮޅުވާލަން ވާހަކަ ދައްކާފަހުރީ؟ ޓްރާންސްޕޯޓުން އިއުލާނުކޮށްގެން ނެގިބަޔަކު ރުއްތައް ނެގިޔަސް އަސްލަމަށްވެސް އެ ރުއްތަައް ގަނެފަވެސް ނޫނީ އެމީހުން އުކާއިލީއޭ ކިޔައިފަވެސް ވިއްކިދާނެ ދުބާއީއަށްވެސް އެހެންމީކަށްވެސް. ތިކަހަލަ ކަންތައް އަސްލަމުމެން ކޮންޓްރެކްޓްތައް ނަގައިގެން މިހުސްވި ސަރުކާރުގަ ކަންކަން ކޮށްފަހުރީ. މާ ތެދުވެރިގޮތް ދައްކަންތަ ތިއުޅެނީ. ކޯއްޗެކޭ ކަލެއަށް ކިޔޭނީ މޮސްޓާއޭކިޔައިގެން.
އެއްވެސްމީހަކު ހައްގުނޫންގޮތަކަށް ލާރިހޯދާފައެކަމަށްއެއްބަސްވޭތަ މިސަރުކާރުގެ އިއްސަފުގަތިއްބެވިގިނަބޭފުޅުންނަކީ ކުންފުނިހަދައިގެން މިސަރުކާރުގެޕްރޮޖެކްޓްތައް ނަހަމަގޮތުގައިހޯދައިގެން ފައިދާނަގަމުންދާމީހުން އެއްބަސްވިޔަސް އަދި ނުވިޔަސް މީހަގީގަތަކީ
ދުބާއީގަ ދިވެހިރުކާއި ދިވެހި ގަސްގެންގޮސްގެން ހަދަފާހުރި ވިލެޖެއް އެބަހުރި ވިޑިޢޯ ދުށިން ވެބްސައިޑްގާ އެވިޑިއޯ ފެންނަން އެބަހުރި
ކަޒަކިސްތާނުގެ ހާންސަތީ ރު ހޮޓަލުގަ ދިވެހި ދޮންވެލި ގެންގޮސްގެން އާޓިފިސަލް ބީޗަކާއި އެ ހޮޓަލުގެ ޓޮްޕް ފްލޯގަ ބީޗެއް ދިވެހި ދޮންވެލިނަ ހަދާފަ އެބަހުރި އެމީހުންގެ ވެބްސައިޓްގަ ދިވެހިދޮންވެލި އިމްޕޯތް ކުރިކަމަށް ލިޔެފާވޭ.
ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލާފައި ހާސް އަހަރު ބޭއްވިއަސް އެޔެއް ތެދެއްނުވާނެ! އަސްލަމުގެ ހަޤީޤަތަކީ އެއީ
މާލޭ ވަކަރުގޭއަށްތަ؟ތި އެމްޑީޕީ އަކު ނެތް ސަހަލު އެއްޗެއް. މާލެ އަށް ބޮޑުވިޔަސް ސައިޒުވާން ޖެހޭނެ މަޤާމުގަ އުޅޭއިރު،އަބަދުވެސް ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިބެން ޖެހޭނީ.ކަލޭމެން ކަސްޓަމާ ކެއަރ ދަންނަންތަ؟
އަސްލަމް ތި ވިދާޅުވަނީ މާލޭ މީހުންނަކީ ހުތުރުބަހުން ނޫނީ ވާހަކަ ދައްކަން ނޭނގޭ ބައެކޭތޯ. ތިއީ ވަރަށް ގޯސް ވާހަކައެއް. އަޅުގަނޑުމެންނަކީވެސް މާލޭގައި އުޅެ ބޮޑުވިބައެއް. މާލޭ މީހުނެއް ނޫން. ނަމަވެސް އަޅުގަނދުމެން ބޮދުވެގެން އައިރު ފެނުނީ މާލޭގައި އުޅޭ މާލޭ މީހުންނަކީ ވަރަށް ބަހުރުވަ ރީތި ހިތް ހެޔޮބައެއްކަން. ފަހަރެއްގައި ގޯސް މީހަކު ނޫޅެއެކޭ ނޫން. އެކަމަކު ހަމަ ވަރަށް ރަނަގަޅު ބައެއް މާލޭގައި އުޅެނީއޭރުވެސް. އެކިއެކި ކަންކަމުގައި ތަފާތު ގޭގެއަށް ޒިޔާރަތްކުރެވުު އިރު ގޭގޭ ބިންގާ ކަމަށްވާ ބޮޑެތި އަންހެން ބޭފުޅުންގެ ވާހަކައިގައި ހުންނަ ރީތި ކަމާއި މަޑުމައިތިރިކަމާއި ނިޔަނެތިކަން މިހާރުވެސް ހަނދާނުން ފޮހެވިގެނެއް ނުދޭ.
ބޮޑެތި މަޤާމުތަކުގައި ބޮޑެތި މުސާރަތައް ނަގައިގެން ތިބޭކަމަށް ވާނަމަ ކަންކަމާ ސުވާލުވެސް ކުރާނެ. ރުޅިގަދަވުމުގެ ޙައްޤެއް ނެތް. ތިޔައީ ރައްޔިތުންގެ ޚާދިމެއް. ރައްޔިތުންގެ ފައިސާއިން މުސާރަ ދީފަ ތިހުރީ ބަހައްޓާފަ ރައްޔިތުންނަށް ޚިދުމަތްކުރަން. ސުވާލުކުރީމަ ތެދުބަހުން ޖަވާބުދީ.
މޮސްޓާ މެން ފެންވަރަށް އަސްލަމްމެން ވެއްޓޭކަށް ނުޖެހޭ ނެ! މޮސްޓާ މެންނަކީ ލަޓޯ ފަޓޯ މީސްމީހުން! އެ ކަހަލަ މީސްމީހުން މަޖްލިހަށް ހޮވީތީވެސް ލަދު ގަންނަން ޖެހޭނެ!
ޓައީ (ޓައި އެއްނޫން!) އަޅާފަ ތިބުމަކީ މާރީތިކަމެއް ކަމަށް ދުށުމަކީވެސް ތިމާގެ ގޮހޮޅުކަމުގެ އަލާމާތެކޭ ބުނާ މީހުން މަދެއްނުވާނެ. ހަގީގަތަކީ މާލެތެރޭގަ ހުތުރުބަހުން ވާހަކަދައްކާއުޅެ ބޮޑުވީފަހުން ދިމާވި ގޮތަކުން ބޮޑުމަގާމެއް ލިބި ޓައީއެއްއެޅުނީމާ ދެން މިކިޔަނީ އަކިޔަބޯ މަވާމޮޅީމޭ. ލަދެއް ފަހެ ނުގަނޭބާ؟
މި ނޮޅި މީ ހަކުރވިއްކާ ގޮލައެކޯކިޔާތީ އިވޭ
ރީނދުލަށ ނިސްބަތް ވެއްޖެތަ...ސަހަލު އެކަތިވެސް ނެތް.
ގައުމިއްޔަތެއް ، ދީނިއްޔަތެއް، އަދަބު އަހުލާގެއް އަދި ގޮތެއް ފޮތެއް ނުހުން ނާނެ.
އެކަމު ފަރެސް މާތޮޑާ އަސްލަމަކަށް ރީތި ބަހުން ވާހަކަ ދައްކާކަށް ނޭގޭނެ، އެއީ އެގޮތަށް ބޭނުންނުވާތީ
މޮސްޓާތީ އަމިއްލައަށް މަތިންފޭބި މީހެއްކަމަށް ހީކޮށްގެންއުޅޭ މީހެއް ހަސަދަފިލުވާލަންވިޔަސް ހިތަށްއަރާހާއެއްޗެއްގޮވަނިކޮށް ނުލަފާމީހަކު އަތުން ބޮނޑިއެއްލިބިދާނެ
މީވާރަށް ނުލަފާ ޒާތީ މީހެއް!
ސޯ ބޭސިކަލީ މާލެ މީހުން މިއީ ވަރަށް އަނގަ ހަޑި ހުތުރުބަހުން ވާހަކަދެއްކުމުގައި އަރައި ތިބޭ ބައެކޭތަ ތިޔަވިދާޅުވީ.
ކަލޭމެން ދެމީހުން ތިތާތިބެ ރަށުބަހުން ކިޔާނެ އެއްޗެއްކިޔައި ނިންމާލަބަލަ. އަހަރުމެން ނެތިން އަޑުއަަންވެސް އަދި އަޑުއެހިޔަސް ނުވެސް އިނގޭނެ.
ކިހާބޮޑު ކަމެއްތަ ؟
މާލޭމީހުންގެ އަގު ވެއްޔާއި މޮޑެލައިފި.
އަސްލަންޓޭ ކައޭ ނޫންތަ ގްރީން ބިލްޑިންގގެ އެއްޗެތިން ވެސް ވައްކަންކުރީ.
މަޖްލިސްގެ ރައީސް މޮސްޓާ ހުއްޓުވިގޮތަށް އަސްލަމް ވެސް ނުހުއްޓުވީ ކީއްވެބާ؟؟؟؟؟ މިނިސްޓަރާ މިއަދު ސުވާލު ކުރަންޖެހޭ މަސްއަލައާ ގުޅުންނެތް ވާހަކައެއް މޮސްޓާ ދައްކަން ފެށީމާ މޮސްޓާ ހުއްޓުވި ގޮތަށް ދައްކަން ނުޖެހޭ ވާހަކައަކަށް އަސްލަމް ޖަވާބު ދެއްވާ އިރުވެސް ހުއްޓުވަން ޖެހޭނެ.
ހިޔާ ފްްލެޓު ދެވެން އޮތް އެންމެ ދަށް އަގަކީ 20 އަހަރަށް ބަހައި މަހަކު 7،000 ރުފިޔާ ކަމަށް ވަޒީރު އަސްލަމް މިއަދު ވަނީ ވިދާޅުވެފައިއެވެ.
ކުރީ ސަރުކާރުން ލޯނު ނަގައި ހެދި ހިޔާ 7000 ފްލެޓު އޭރު އެންމެ ކުޑަކޮށް ދޭން ނިންމީ މަހަކު 4،185 ރުފިޔާއަށެވެ
އޭރު 20 އަހަރަށް ބަހާ އޮޕްޝަންގައި މަހަކު ދައްކަން ޖެހެނީ 5،000 ކޮންމެވެސް ވަރެކެވެ. އޭރު އެންމެ އަގުބޮޑު އޮޕްޝަންވެސް 7،000 އަށް ނާރައެވެ.
ވީމާ މިސަރުކާރުން ހިޔާ ފްލެޓު ދެވެން އޮތް އެންމެ އަގު ހެޔޮ އޮޕްޝަން ގެ މަހު ކުލި ކުރީ ސަރުކާރުން ކަނޑައެޅި އެންމެ އަގުބޮޑު އޮޕްޝަންގެ މަހު ކުލިއަށްވުރެ ބޮޑު ވީ ކިހިނެއްތޯއެވެ؟ އާ ސަރުކާރުގެ އަމާޒަކަށް ވާން ޖެހޭނީ ކުރީ ސަރުކާރުން ދިންވަރަށްވުރެ އަގުހެޔޮ ކުރުން ނޫންތޯ؟ ހިޔާ ފްލެޓަކީ "ކޮތަރުކޮށި" ކަމަށް ސިފަ ކުރި ފަރާތްތަކުން އެތަން ކުއްޔަށް ދޭން ޖެހެނީވެސް "ކޮތަރުކޮށި" އަގުގައި ނޫންތޯ؟
ކަން މިހެން އޮތްއިރު އެ ފްލެޓުތަކުގެ މަހު ކުލި މިހާ ބޮޑު ކުރަން ޖެހުނު ސަބަބު ރައްޔިތުންނަށް ސާފުކޮށް ކިޔައި ދޭން ޖެހެއެވެ.
އެޗް.ޑީ.ސީ އިން ރައީސް އޮފީހަށް ފޮނުވި ކަރުދާހުގެ ކޮޕީ އަޅުގަނޑުމެންނަަށްވެސް ވަނީ ލިބިފައިއެވެ. އެ ކަރުދާހަށް ރިއާޔަތްކޮށް ދަންނަވަމެވެ. ހިޔާ ފްލެޓަކީ ދިވެހި ރައްޔިތުންގެ ލާރިން ލޯނު ނަގައި، އެންމެ ނިކަމެތި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެޅި ތަނެކެވެ. އެއީ އެއްގޮތަކަށްވެސް ސަރުކާރުން މާލީ ނަފާ ހޯދަން އެޅިތަނެއް ނޫނެވެ. ހިޔާ ފްލެޓުތަކުން 900 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރަށް ހޯދާނެގޮތް ކިޔައިދީ ރައީސް އޮފީހަށް ފޮނުވި އެކަރުދާސް އަޅުގަނޑުމެންވެސް ކިޔައިފީމެވެ.
ސަރުކާރުން އެއަށް ބިނާކޮށް މާލީ ނަފާ ހޯދަން ހިޔާ ފްލެޓުތަކުގެ އަގު ބޮޑުކުރަން މިކުރާ މަސައްކަތް އަޅުގަނޑުމެން ކުށްވެރި ކުރަމެވެ.
ހިޔާ ފްލެޓު، އެތަން އެޅި މަގްސަދު، އެންމެ ފުރިހަމައަށް އާންމު ރައްޔިތުންނަށް ހާސިލްވާނެ ގޮތަށް ދޫކޮށްލާށެވެ. ބޮހިޔާވަހިކަމަކީ އަސާސީ ހައްގެކެވެ. އެކަން މަލީ ނަފާ ހޯދާ ވިޔަފާރިއަކަށް ނަހަދާށެވެ.
ދުނިޔެ ޤިޔާމަތް ވާއި ރު، ރާއްޖޭގެ ވެ ރިކަމުގައި ތިބޭނީ އެމް.ޑީ.ޕީ ތޯ؟
މާލެ އަށް ބޮޑުވާ ކޮންމެ މީހަކަސް ހުތުރު ބަހުން ވާހަކަދައްކާކަސް ނޭގެނެ. ވަކުރުގެއަށް ބޮޑެތިވާ ކުދިން އެބަހަށް ފަރިތަވާނީ. މަޖުލިހުގައި ވަޒީރަކަށް ހުރި މިފަދަ ކޮމެއްތެއް ކުރުން އެއީ ތިޔަބޭފުޅާގެ ފެންވަރު ދައްކަން. މިހާ ކެއްނުކުރެވޭ މީހުން ވަޒީރުންނަށް ތިބެވިގެން ނުވާނެ.
ދެން އެމްޑީޕީ މީހުން ހަދާހެން ރުއްވަގު ކިޔާ އެމީހާއަށް ނަމެއް ދޭނީއެއް ނޫން. އެއީ އެމީހުންގެ ޖާހިލު ވިސްނުމުން ކަންކުރާގޮތް
ރިއަންސް ކިޔާ ކުންފުންޏެއްގެ އެކައުންޓްގައި ވަރަށް ރުށްގަސް ގިނަ. ކިޔާތީ އިވޭ އިވައްޓޭގެ ފިރިސޮރާ އަސްލަމްއާއި ދެމީހުން ދައުލަތް ދޮންނަން ގެންގުޅޭ ބްލީޗް ފުޅިއަކަށް ވެސް ރިއަން ކިޔާކަމަށް
މި މާލޭގެ ކެނެ ރރީ ތައްޕާހުގަ ބޮޑުވި ވާހާކަ މާމޮޅު ވާހަކައެއްގެ ގޮތުގަ ދައްކާނެ ކަމެއް ނެެތް. 2008 ވަގު ސަރުކާރުގަ 700 މިލިޔަން ހިޔާނަތްތެރުވި ކަމަށް އޮޑިޓް ރިރރރިޕޯޓު އެބަ ހެކިދޭ..މާސާފު މީހަކަށް ހެދިގެން ހުދު ގަމީސް ލައިގެން މި މަޖިލިހަށް ވަންނާނެ ކަމެއްނެތް. ބޭޒާރު ކުރާނަން
..ރައްޔިތުންނަާް ވަގުން ހާމަ ކުރުމަކީ އަހަރެމެން މެންބަރުންގެ ޒިންމާއެއް.
ދެން އަސްލަންޓޭއަށް ރުށްވަގޭ ކިޔާ ނަމެއް ހަރުކުރާނީއެއްް ނޫން. އެއީ 2000 ގައިި އެމްޑީޕީގެ އުރައްޕެއް ނެތް ބައިގަނޑުގެ ޖާހިލުކަމުން ކަށީގައި ހިފާފަ ހުރި ކަމެއް
އަސްލަމުތިޔަ ބުނަނީ މާލޭމީހުންނަކީ ވިޔާނުދާ ހުތުރު އެއްޗެތިކިޔާއި ވައްކަންކޮށް އުޅޭ ބަޔެކޭތޯ؟ މާލޭގައި އުޅެބޮޑުވީމާ ހުތުރު އެއްޗެތިކިޔައި ވައްކަން ކުރަންއެގެންޖެހޭނީ މާލޭގެ ގިނަރައްޔަތުން އެކަންކުރަންޏާދޯ؟