ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ދައުލަތުގެ އެދުމަކަށް ކްރިމިނަލް ކޯޓުން ހިފަހައްޓައި، ފުރުން މަނާކުރި މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ޙުކުމުގައި އެފަދަ އަމުރަކަށް އެދުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ނޯންނާނެ ކަމަށް ބުނުމުން ޤާނޫނު އިސްލާހް ކުރުމުގެ މަސައްކަތް ކުރައްވަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ނިންމަވައިފިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ އިއްވި ޙުކުމގައި ވަނީ ކޯޓުގައި ހިނގާ މައްސަލައަކާ ގުޅިގެން ވިޔަސް، ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދެވޭނީ ތަހުގީގީ އިދާރާތަކަށް އެކަނި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ޕީޖީ ޝަމީމް ރޭ ކުރެއްވި ޓްވީޓެއްގައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމް ކުރައްވާ ކަމަށާއި އަމަލީ ގޮތުން ދިމާވާ ދަތިތައް ހައްލު ކުރަން ގާނޫނަށް އިސްލާހު ގެނެވޭތޯ ބަލަން އެޓާނީ ޖެނެރަލާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ނިންމީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނާ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމަށް އެ މާއްދާގައި ބުނާއިރު އޭގެ ތެރޭގައި ޕީޖީ އޮފީސް ނުހިމެނޭ ކަމަށެވެ. އަދި ކޯޓުގައި ހިނގާ މައްސަލައަކަށް ވިޔަސް އެފަދަ އަމުރެއް ބޭނުންވާ ނަމަ ޕީޖީން ޖެހޭނީ ތަހުގީގީ އިދާރާ މެދުވެރިކޮށް އެފަދަ އަމުރެއް ކޯޓުން ހޯދަން ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެކުރިން ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނީ ޕީޖީން އެދިގެންނެވެ. އެކަމަކު އެ އަމުރުތަކުގެ ސައްހަކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ފިނިފެންމާ ދޯނީގެ ކައްޕިތާނު

  ޕްރޮސިކިއުޓަރ ޖެނެރަލް އަކީ ގަދަ ކަނޑުތަކުގައި ފަތަން ދަންނަ ވަރުގަދަ ފަހުލަވާނެކެވެ.

  2
  27
  • ހުސޭނުބޭ

   ބޮޑެތި ވަގުންނާއެކު ޑީލް ހެދުމާއި ކުށްވެރިން އަތުން ކަޓުނަގައި އެމީހުން ދޫކޮށްލެވޭނީ ލަދުހަޔާތުގެ ގޮތުން އެބައި ވަރަށް ކުޑަ ފަހުލަވާނަކަށެވެ.

   25
 2. ޖަނާޒާ

  ދުނިޔޭގެ ކޮން ޤައުމެއްގައިތޯ، މި ދެންނެވީ، އިންޑިޔާ ، އެމެރިކާ، އިނގިރޭސިން، ފްރާންސް، ޖަރުްމަން، ސިންގަޕޫރް ފަދަ ޤައުމުތަކުގައި ޕީޖީއަށް ސަރުޢީނިޒާމުގެ ތިޔަފަދަ މަވަންތަ، މަބޮޑު ބާރެއް ދެއްވާފައިވޭތޯ؟ ސުވާލަކީ.ޕްރޮސްކިއުޓަރޖެނެރަލްއަށް، އިންސާފްވެރި ވެވޭނެތޯ ޕްރޮސްކިއުޓަރ ޖެނެރަލްއަށް، އަބަދު ސަމީމެއްނޫން ދެއްތޯ ހުންނާނީ ތި މަޤާމުގައި. މި ކަމާމެދު ޤާނޫނު ހަދާމަޖިލިސް ވިސްނާލުން މުހިންމު. ހާއްޞަކޮށް......................މަޖިލީސް ރައީސް ކުރީގެ ރައީސް ނަސީދު ×

  15
 3. ާނަސީދު

  ތިނޫންގޮތަކައް މިހާރުތިބިވެރިން ނަކައް ވެރިކަމެއް ނުކުރުވޭނެ އަބަދުވެސް ޖެހޭނީ މިވެރިން ކޮޅުމޮޅުވާން

  23
 4. މަހީހީ

  ނީޖާކު އަނދުނެއް ދޯ؟

  13
 5. ކިރަ

  މަހީކުރީ މީ އަދި މާމޮޅުމީހެއް ކަމަށް. މީނާވެސް އަވަސްއަވަހަށް ވިސްނާނުލާ ކަންކުރާތަން މިފެންނަނީ . ބަލަ ތިހެން ހަދައިފިއްޔާ ފުލުހުން ބޭނުންވީމާ 'އިންޓެލިޖެންސް' އޭ ކިޔާފަ އެމީހުން ހަސަދަ ފިލުވާލަން ބޭނުން ކޮންމެ މީހަކު ހިފަހައްޓަންވީ ފުރިޔަ ނުދީ. އެހެން ނުހަދާތި!!!!!!!!!!!!!!!!!!!!

  18
 6. ސޫއޫދު

  މިއަދުބޭނުންގޮތަކައް އިސްލާހުކުރެވިދާނެ ތިހުކުމް ތިމާއާ އަރާހަމަކުރާނެ ދުވަހެއްވެސް އައްނާނެ ދިގު30 އަހަރުވެސްނިމިދިއައީ އެމްޑީޕީގެ ވެރިކަން ތާއަބަދުދެމިއެއްނޮއޮއްނާނެ ކިތައްމެ ވަރަކައް ގާނޫނުތަކާކުޅުނަސް ސައިޒްވާން މާގިނަދުވަހެއްނެއް އިންތިހާބުތައް ބޯމަތިވަމުން އައްނަނީ އެއްމެފުރަތަމަ ފިލަންދުވާމީހަކައްވެސް ވެދާނެ.

  19
 7. ސްޕް ކޯޓު

  މިހާރު މި ކުށްވެރިވީ މަޖިލީސް. ޤާނޫނާ ޚިލާފަށް މިއޮތް ހުރިހާ ދުވަހު މިއަމުރު ތަކަށް އެދުނު އިރު މީނާގެ ކަސްރަތުލިބި ދުޅަހެޔޮ ޤާނޫނީ ސިކުނޑި އޮތީ މޫދުގައި ބާ؟؟؟؟ ޕީޖީ މިއިން ކަމަކަށް ޒިންމާ ކުރެވޭނެ އެއްގޮތެއްވެސް ނެތީބާ؟ އެއްދުވަހު ފުލުހުން ގޯސްކޮށް ބަޔާނެއް، އަނެއް ދުވަހު މައްސަލަ ނިންމި ފަނޑިޔާރު ކުށްވެރިވާނެ، މިއަދު މަޖިލީސް؟ ޝަމީމް މިއީ ހަމަ އަލިފެއް....

  13
 8. Juhaa

  އެމް.ޑީ.ޕީ މީހެއް ނޫން މީހަކަށް ރަނގަޅު ގޮތެއް ވެއްޖިއްޔާ ޤާނޫނު ބަދަލުކުރަންޖެހޭނެ.

  17
 9. އަސްލަކީމީ

  އެމްޑީޕީއޭ ކިޔާފިއްޔާ ގާނޫނުގެކުރިމަތީގަ އެއައްވުރެ ބާރުގަދަބައެއް ތިބެގެން ނުވާނެ އެމީހުން ބޭނުންވާގޮތައް ނޫންގޮތަކައް ޝަރީއަތުގަ ކަމެއްނިމިއްޖެއްޔާ ކޮންމެސް އެއްކަމެއް ގޯސްވާނެ އެހެންނޫނީ ފަނޑިޔާރު އެހެންނޫނީ ޤާނޫނު

 10. ހުސައިން

  ނުބުނެހުރުމައްވުރެން ބޮޑުވަރު ކިތައްނިކަމެތި ރައްޔިތުންގެ އަތުން މައްސަލަބަލަަނެކަމައްބެނެ ރުފިޔާނަގައިގެނތޯ ފިލާގެންރާއްޖެއިންބޭރުގަހުރެ މުޒާހަރާކުރީ

 11. އަލީ

  ޒިޔަތު ގޭގައިހުންނާތީ އެނޫންގޮތެއްވޭތޯ ގާނޫނު ބަދަލު ކުރަން ނުޖެހޭތަ؟

 12. ސލ

  ރަނގަޅު ކަމެއްތީ ގާނޫން ބަދަލު ކޮށްގެންވެސް މޑޕ ބޭނުން
  ވާ ގޮތަށް ކަން ުކރަންވާނެ ހުރިހާ ގާނޫނެއް ބަދަލު ކޮށްލާ
  ބަލާނެ ކަ ހަތަރެއްޗެއް ނެތް މިއީ ރަނުގެފުރުސަތެއް!