ސާނަވީ ތައުލީމު ހާސިލް ކުރަމުންދާ ގްރޭޑް 10 އެއްގެ ދަރިވަރުންނަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެކްޒަމިނޭޝަން (ޑީޕީއީ) އިން ދިން އިސްލާމް ޕޭޕަރާއި އެކު އެ ޕޭޕަރުގައި ބައިވެރިވި ދަރިވަރުންނާއި، އެކުދިންގެ އިސްލާމް ޓީޗަރުންގެ ނުރުހުން އެ އިދާރާއަށް އަމާޒުވެއްޖެއެވެ.
މި ޕޭޕަރަކީ އިސްލާމް މާއްދާގެ މަންހަޖު ބަދަލުވުމާއި ގުޅިގެން، މިއަހަރުގެ ޕޭޕަރުގެ ސުވާލުތައް އަންނާނެ ގޮތަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން ނެގުނު އިމްތިހާނެކެވެ.
އެސްއެސްސީ އިސްލާމް ޕޭޕަރަށް ފަރިތަކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ވަނީ މި އިމްތިހާން ހަދާފައެވެ. ނަމަވެސް ޕޭޕަރު ހެދި ދަރިވަރުންނާއި އެކުދިންގެ އިސްލާމް މުދައްރިސުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އެކުދިން ބުނަމުން އަންނަނީ ޑީޕީއީން ދިން އިސްލާމް ޕޭޕަރުގައި ނާންނާނެ ކަމަށް ބުނެފައިވާ ބައިތަކުންވެސް ސުވާލު އައިސްފައިވާ ކަމަށެވެ.
ޑީޕީއީއިން ސްކޫލްތަކަށް ފޮނުވާފައި ލިޔުއްމެއްގައި ވަނީ އިސްލާމް މާއްދާގެ ފުރަތަމަ ޕޭޕަރުގައި ގްރޭޑް 10 އެއްގެ ފޮތުން އެއްވެސް ސުވާލެއް ނާންނާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެފޮތުން 15 ވަރަކަށް ސުވާލު މި އިމްތިހާނުގައި އައިސްފައިވާ ކަމަށް ބުނެ ގިނަ ދަރިވަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
"އަޅުގަނޑުމެންނަށް އަނގާފަ އޮތީ ގްރޭޑް 10 އެއްގެ ފޮތުން ޕޭޕާ 1 ގަ އެއްވެސް ސުވާލެއް ނާންނާނެ ކަމަށް. އެހެންވެ. އެބަޔަސް އެއްވެސް ވަރަކަށް ރެޑީ ނުވެ އިމްތިހާނަށް ދިޔައިރު ޑީޕީއީއިން މިއޮތީ އަޅުގަނޑުމެންނަށް ލަނޑުއަޅާފަ. އެއް ސުވާލެއް ނޫން، 10 އެއްގެ ފޮތުން 15 ވަރަކަށް ސުވާލު އޮތް" މި އިމްތިހާނުގައި ބައިވެރިވި ދަރިވަރެއް ކިޔައިދިނެވެ.
މިކަމާއި ގުޅިގެން އެކުދިންގެ އިސްލާމް ޓީޗަރުންގެ ނުރުހުންވެސް ވަނީ ޑީޕީއީއަށް އަމާޒުވެފައެވެ. އެގޮތުން ނަން ހާމަ ނުކުރުމަށް އެދި މެދު ރާއްޖެ ތެރޭގެ ސްކޫލެއްގައި އިސްލާމް ކިޔަވައިދެމުން އަންނަ ޓީޗަރެއް "ވަގުތު" އަށް ވިދާޅުވީ ޑީޕީއީން ކުދިންނަށާއި ޓީޗަރުންނަށް ޓެސްޓުގައި އަންނާނެ ބައިތައް އޮޅުވާލި އޮޅުވާލުން ކުށްވެރި ކުރާ ކަަމަށެވެ. އަދި އެއީ އެކުދިންނަށް ވެވުނު ބޭއިންސާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އެޓީޗަރު ކިޔައިދިން ގޮތުގައި ރާއްޖޭގެ އެކި ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަ އިސްލާމް ޓީޗަރުން އަންނަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި ޕޭޕަރަކީ ސްކޫލްތަކުން މާކްކުރަން ޖެހޭ ޕޭޕަރަކަށް ވާއިރު، ޑީޕީއީއިން ނާންނާނެ ކަމަށް ބުނެފައިވާ ބައިތަކެއް ޕޭޕަރުގައި ހިމެނުމުން، ޕޭޕަރު މާކް ނުކުރާނެ ކަމަށް ގިނަ ޓީޗަރުން ބުނަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާއި ގުޅިގެން އަދި ޑީޕީއީއޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
އެސްއެސްސީ އިސްލާމް ޕޭޕަރަަށް އެންމެ ފަހުން ބޮޑު ބަދަލެއް އައިސްފައި ވަނީ 2009 ވަނަ އަހަރު ސިލަބަސް ބަދަލުވުމާއި ގުޅިގެންނެވެ.
މި ލާދީނީ ބާޣީ ވަގު ސަރުކާރުން ބުނާ ބަހާއި ދިމާ އިދިކޮޅަށް ހުރިހައި ކަމެއް ކުރާނީ
ތިހެންވާނީ ހަމައެކަނި އިމްތިހާނު ހަދަން އިސްލާމް ކިޔަވަންޔާ
ދިރިއުޅުމަށް ތައްޔާރުވާންށޭ ކިޔާފަ މަންހަޖު އޮތަސް ސްކޫލްތަކުން ކިޔަވައިދެނީ ހަމަ އިމްތިހާނަށް ތައްޔާރު ކުރާ ގޮތަށް.
އަސްލުވެސް
ވ. ދެރަކޮށްވީ ކަމެއް.
ޕޭޕަރު 2 ގެ މާކްސްވެސް ދިމައެއް ނުވޭ.
ޕޭޕަރު 1 ގައި އޮތް ނާންނާނެކަމަށް ބުނި 10 ގެ ފޮތުންވެސް ސުވާލު
އަޅުގަނޑު ހީކުރީ ހަމަ އެކަނި އަޅުގަނޑަށް ކަމަށް އެކަން ފާހަގަވީ
ވެންޓިލޭޓަރުން ވައްކަން، ފުލެޓުން ވައްކަން، ކޮވިޑުރިލީފުން ވައްކަން، މިހާރު ޓެސްޓުޕޭޕަރުންވެސް ވައްކަން
އސީ. އެސް.ސީ އިމްތިހާނަށް ވާނީ ކިހާވަރެއް ބާ؟
މިޔޭމައްސަލައަކީ، އައްނާނެސުވާލު ކިޔައިދީފަ އެސުވާލުތައް 1އަހަރުހައްދާފަ ދީނީމަ ފާސްވާނީ ކުދިންކިޔަނީ މައުލޫމާތު ހޮދައް ވަތިތައްކޮޅެއދަސްކުރާކަންނޫ އިސްލާމުޓީޗަރުވެސް މޮޅުވާނީ އައްނަސުވާ ކުދިންނައްކިއިދީ ހިތުދަސްހުރުން
ބަލަ މިތިބަ ގމރންނޭ! ދޮގެއް ހެދެން އޮއްވާ އެބައިމީހުން ތެދެއް ހަދާނެ ހޭ؟
އޮޅޭ ސަރުކާރު ތިޔައޮޅުނީ ނޯޅޭހަމަ އެއްކަމެއްވެސްނެތޭ ހަޒާނާ ދަވާލީ ވެސް އޮޅިގެން
ކުދިން ކިޔަވާ ފޮތުން ސުވާލު ނައަންނާނެ ކަމަށް ބުނުމާއި އެކަން ދަރިވަރުން ޤަބޫލުކޮށްގެން ތިބުމަކީވެސް ހާދަ ބޮޑު ގޯހެކޭ !
ޓެސްތްތަށް އުވާލަ ޑީބަލަ. އޭރުން ނުޖެހޭނެ ތި ހުރިހާ ސަކަރާތެއް ޖަހާކަަށް
އަސްލަލު އިނގޭތަ ؟
މަހަށް ނިކުތަސް މާ ރަނގަޅުވާނެ.
ޓެސްޓްތަށް އުވާލަ ދީބަލަ. އޭރުން ނުޖެހޭނެ ތި ހުރިހާ ސަކަރާތެއް ޖަހާކަށެއް.
އަސްލު އިނގޭތަ؟
މަހަށް ނިކުތަސް މާ ސަޅިވާނެ.
ތި ޓެސްޓު ހަދާފަ މަށާއި މަގޭ ސްކޫލްގެ ހުރިހާ ދަރިވަރުން ތިބީ ހަމަ ރަނގަޅަށް ވެސް ދަތަށް އަރާފައި. ބުނާ ބަހުގައި ކޮންމެވެސް ހަރުދަނާ ކަމެއް ހުންނަންވާނެ ދޯ؟ ޑީ.ޕީ.އީ އިން ވެސް ވެއްޖެ މިކަހަލަ ބޮޑެތި ކަންކަމުގައި ތަންކޮޅެއް ފަރުވާތެރިވާން. ހުރިހާ ގެއްލުމެއް މި ލިބެނީ އަހަރުމެން ނިކަމެތި ދަރިވަރުންނަށް. އަދި ތި ޕޭޕަރު މާކުކުރާއިރު ހަދާނެ ގޮތެއްވެެސް ނޭނގޭ. އަހަރެމެންގެ ނަތީޖާތައް މިފަހަރު ދާނީ ފަނުފުލުން ނޫންކަމެއް ވެސް ލަފާކޮށްލަން ދަތި. އެކަމުގެ ހުރިހާ އަސަރެއް މި ކުރަނީ އަހަރެމެން ފަދަ ކުށެއްނެތް ދަރިވަރުންގެ ނަތީޖާ ތަކަށް. މިގޮތަށް ކަންތައް ކޮށްފައި ދަރިވަރުންގެ ނަތީޖާ ދަށްވާ ވާހަކަ ދައްކާނެ ކަމެއްނެތް!
އަސްލު އިންގެތަ! ކޮންބޯ އެއް ސަޅި ވާނެ
އިސްލާމް ވެސް ޓެސްޓަށް ވިއްޔަ އުނގެނެނި މިހާރުގެ ކުދިން. މިހިރިއްޔޭ އަންނާނެ ސުވާލުތައް ކިޔާފަ ދިނަސް ނުކިޔަވާނެ މިހާރު މިއުޅޭ ކުދި ބައިގަނޑު.
އއއ އަސްލު ކުދިން ބުނީ ތެދެ އް މަގޭދަރިފުޅުވެސް އިސްލާމް ޓެސްޓް ހެނދި ގެ އއަށް އައއ އިސް ބުނީ ޕޭޕަރު. އޮތީ މަޢުލޫމާތު ދީފަ އއ އޮތް ގޮތަކަށް ނޫނޭއ
އޮޅުވާލަާާ. ފަޔެ
ބުރޯ ކަދައޭ
ބްރޯ މީތި ކުޑަކޮށް ފަނި
ވަރައް ކަޑަ މި ހާދިސާ!!!!
ގުރޭޑް 10ގަ ކިޔަވަމުންދާއިރު 10ގެ ފޮތުން ސުވާލު އައުމަކީ ހަރާމް ކަމެއްތޯ؟އަހަރު ނިމޭއިރު ފޮތުން އަންނަ ސުވާލެއް ނޭގުމަކީ ދެރަކަމެއް.އަދި މިކަން ކުއްވެރިކޮށް ޓީޗަރުން އުޅޭއުޅުމަކީ އެމީހުންގެ ނާގާބިލްކަން ހާމަވާކަމެއް. 10ގަ ކިޔަވާއިރު އެފޮތުން ސުވާލު އައުމުން މައްސަލަ ޖެއްސުމަކީ ބޮޑު ޖޯކެއް.
10ގެ ފޮތޮން އަހަރު ފަހުކުޅު ނަގަަ ޓެސްޓަކު ސުވާލެއް އޮތުމަކީ މައްސަލަ އެއް ނޫން. ރަގަނޅީވެސް އޮތިއްޔާ. މައްސަލަ އަކީ ކުދިންނަ ހެޔޮ އެދެން ނަމުގަ 10 ފޮތުން އަންނާނީ ޔުނިޓު 1 2 3 ކަމުގައި ބުނެ ފައި، ޔުނިޓު 4 5 6 އަކުން އައިމަ.
4 5 6 ނަންނާނެ ކަން އިގުނީމައި ޝަކުވާ ވެސް ކުރިން.
ވާނުވާ ނޭންގި ވާހަކަ ނުދައްކަބަލަ😏
.ފަހަރަކު ޕޭޕަރަކަށް ދަސްކުރަނީ ވަކިވަކިން. ގްރޭޑް 10ގައި އެގްޒާމް އަންނާނީ ގްރޭޑް 8،9،10 ގެ 3 ފޮތުން. އޭގެން ކޮންމެ ފޮތެއްގަ 300 ސަފުހާ، 6 ޔުނިޓް، 60ފިލާވަޅު ޢުސޫލް:ކޮންމެ ޕޭޕަރަކަށް އަންނާނެ ފޮތް/ޔުނިޓް އެކޮޅުން ބުނުން.
ޢެބުރަ ކިޔެވުންގަނޑު ކިޔަވަނީ ތީނައެއް. ނޫން އެގްޒާމް ހަދަނީ ތީނައެއް ނޫން ދެން ތިހެން ބުނަން ތީނައަށް ކިހާ ފަސޭހަ ދޯ ☻👌💕
ޑީޕީއީގެ ޖަވާބަކަށް ވަރަށް އިންތިޒާރު ކުރެވޭ. އިބިލީހުގެ ކައިވެންޏަށް ވީހެން މިކަން ވިޔަ ނުދޭނެކަމަށް އުންމީދު ކުރަން. ކުދިންނޭ އަވަހަށް ގްރޭޑް 1 ކުން ފެށިގެން 12 އާ ދޭތެރޭގެ ފޮތްތައް ހިތުދަސްކުރަން އުޅޭ. ރައްކާވެ ތިބިއްޔާ ދަތުރު. 🤧
ހާދަ ބޭއަދަބީ އަމަލެއް..
އެސްއެސްސީ އިސްލާމް ޕޭޕަރަަށް އެންމެ ފަހުން ބޮޑު ބަދަލެއް އައިސްފައި ވަނީ 2009 ވަނަ އަހަރު ސިލަބަސް ބަދަލުވުމާއި ގުޅިގެންނެވެ.
އޭރު އޮތީ އެމްޑީޕީ ވެރިކަމެއް.2021 މިހާރު މިއޮތީ އެމްޑީޕީ ވެރިކަމުގައި.މިވަރު ވާއިރުވެސް ދިވެހިންނަށް މިވާނުވާ އެބައެގޭތަ؟
.މަމެން ކަަރީ ވެސް ބުނި 10 ގެ ފޮތުން ފުރަތަމަ 3 ބައި އަދި 9 ގެ ފޮތް އެއްކޮ އަންނަ ވަހަކަ. ޢެކަމް ހުރި ނުވެސް ބުނާ ބައިބާ އައިސާ. ޥަރަށް އުންދަގުވި އެހެންވެ.
މި ސަރުކާރުން ރައްޔިތުންނައް އޮޅުވާނުލާ އެއްކަމެއްވެސް ނޯންނާނެ. ދިވެހިން މިކަމާ ވިސްނާ ސަރުކާރު ޖަވާބުދާރީ ކުރަން ކޮންމެ ދިވެއްސަކު ގައުމައްޓަކާ ފިޔަވަޅު އަޅަންޖެހެ
މިއީ ނާގާބިލު ހިސާބު ޓީޗަރަކަށް ތަން ހިންގަން ހަވާލު ކުރީ މަ ވާގޮ ތް. މުޅިތަން ސުންނާފަތި ކޮށް ކޮރަޕް ޝަނުގެ ހާއްޔަކަށް ތަން ހަދައިފި. މީދަލަކަށް ދުވަހެއް އައިއްޔާ ހިކަންޖަށް ވެސް އަންނާނެ ދުވަހެއް. އެދުވަހު ނިގުލުގައި ހިފާ ހޫރާލުމުގެ ކުރިން ތިހިންގާ ޖަރީ މާ ހުއްޓާލާ...... ވަރަށް ވާހަކަ މިއީ
ނާގާބިލު ހިސާބު ޓީޗަރެއް ހިންގާތީ ވާގޮތް. އަދުރޭގެ ހިސާބު ޕޭޕަރ 2 ގެ މާރކްގެ ހިސާބު. ހިސާބު ނޭނގޭ ހިސާބު ޗީޓަރ.
މީގަ މިއޮތީ މުޅިން ރަނގަޅު މައުލޫމާތެއް ނޫން... ގްރޭޑް 10 އެއްގެ ފުރަތަމަ 3 ޔުނިޓު އަންނަ ވާހަކަ ބުނީ... އެކަމް ޓެސްޓުގަ އޮތީ ފަހު 3 ޔުނިޓުންވެސް އައިއްސަ
ޙިސާބު ނުބެއްލެވޭ އެއްވސް ސުވާލެ ނެއްކަ މަށް ބަލާފަ އިސްލާމް ދަސްކުރަން ވީ ... އިސްލާމަކީ އިމްތިހާނެ ނޫން
ޑީޕީއިން މާކަރުން ހޯދައިގެން މާކުކުރީމާ ނިމުނީ. މިކުރާ ކަމަކީ މުދައްރިސުންނަށް ދުއްޕާން ކުރުން
މަވެސް މި ޕޭޕަރު ހެދިން... އެކަމެ 10ގެ ފޮތެން އިނީ އެންމެ 11 ސުވާލު.. އެވެސް މުޖްތަމައު އާ ގުޅުވައިގެން.. ދަސްކޮއްފަ ހުރިއްޔާ ފަސޭހަވާނެ ހަ މަކޮން މެ މީހަކަށްވެސް...
އެފްރިކާ ބައްރުން ފުރަތަމަ އިސްލާމްވީ ކޮން ގައުމެއް؟ މީވެސް މުޖުތަމަޢުއާ ގުޅޭ މުސްލިމަކަށް ވީތީ އިނގެންޖެހޭ ސުވާލުތައް ތޯ🤷🏾♀️🤔
އަސްލު މިހެން ވެގެން ނުވާނެ. އެކަމަކު ދެން އިސްލާމްދީން ވިއްޔާ ެޯކޭ. ނަމަވެސް މި ކުދިން ގެ ގޮތުގައި ގިނައިން ހިމެނެނީ އެހެން ކަން ކަން]ރޯދަ ޙައްޖު ޒަކާތް ނެތް ހުރީ ޔަހޫދީން ނަސޯރީއިން ނުވަތަ ބާޠިލު ފިރުގާތަކާ އެމީހުންގެ ގަބޫލު ކުރަން ތައް ]އެކަމަކު 60 ވަރަކަށް ދުވަސް ދެން ސާނަވީ ހަދަން އޮތީ މިހާރު ދެން އިގެން ބަަނެ ގޮތުގައި ހުރި އެއްޗެއް ވިޔާ.
އެކަމަކުވާ! ބަލަ ތިއީ ދަރިވަރުން އަހުލުވެރި ކުރުމުގެ ގޮތުން ނެގުނު ޓެސްޓެއް ނޫންހެއްޔެވެ؟ އެހެން ނޫނަސް ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނަށް 10އެއްގެ ފޮތުން ކޮންމެވެސް ވަރަކަށް ސުވާލު އައުމަކީ، ފަރިތަކުރުމުގެ ޓެސްޓަކަށް އެއްވެސް މައްސަލައެއް ނޫނެވެ. ނަގަމުންދާ އެހެން ޓެސްޓް ތަކުންވެސް ޓީޗަރުން ބުނާ ބައިތަކުގެ އިތުރަށް ކޮންމެވެސް ވަރަކަށް ސުވާލުތައް ދެއެވެ. ޓީޗަރުން ވެސް މާ ގައްޑާ ވެގެން ނޫޅޭށެވެ! އަޚްލާޤުން އެއްކިބާވާފަދަ، ފިޠުނަ އުފައްދަން އުޅޭ ޓީޗަރުންނާއިމެދު ސުލޫކީ ފިޔަވަޅު އެޅަންޖެހޭނެ އެވެ.
ތިވާނީ އޮޅުމަކަށް. އޮޅޭ ސަރުކާރު
އޮޅިގެން