ބޭރުގެ ގައުމުތަކުގައި ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ލޯން ދޫކުރުމުގައި ކޮންމެ ރަށަކަށް ވެސް ވަކި މިންވަރެއް ކަނޑައަޅަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް "ރަށްވެހި ފަތިސް"ގެ ނަމުގައި ކުރަމުން އަންނަ ކެމްޕޭނުގެ ތެރެެއިން ހުވަދުއަތޮޅު ރައްޔިތުންނާއި، އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން އަދި ކެމްޕޭން ޓީމުތައް ހިމެނޭ ގޮތަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

އެެ ބައްދަލުވުމުގެ ތެރެއިން ވަނީ މަތީ ތައުލީމަށް ދޫކުރާ ލޯނުތައް ބައެއް ރަށްރަށުގެ ކުދިންނަށް ނުލިބޭ ކަމުގެ ޝަކުވާ ހުށަހަޅައިފައވެެ.

ރައީސް ވިދާޅުވީ ދެން ލޯނުތައް ހުރިހާ ރަށަކަށް ހަމަހަމަކަމާ އެކީގައި ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވާނީ ރަށްތަކުގެ ދާއިރާތައްވެސް ކަނޑައަޅާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުވަދު އަތޮޅަކީ މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ އަދަދު ނިސްބަތުން ގިނަ އަތޮޅެކެވެ. ގއ. އަތޮޅުން މިހާރުވެެސް އަންނަނީ 236 ދަރިވަރެެއް މަތީ ތައުލީމް ހާސިލްކުރަމުންނެވެ. އަދި ގދ އަތޮޅުން 137 ދަރިވަރަކު މަތީ ތައުލީމް ހާސިލް ކުރެއެވެ.

ދަރިވަރުންގެ ލޯނުގެ ގޮތުގައި ދައުލަތުން ދޫކުރަނީ އިންޓުރެސްޓު ކުޑަ، އަދި ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ލޯނުތަކެކެވެ.