މިއަދު ހަވީރު ހައްޔަރުކުރި އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޫކޮށްލައިފިއެވެ.

އަދުރޭ ދޫކޮށްފައިވާކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ.

އެ ކޯލިޝަންގެ ފީޗް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، އަދުރޭ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު ގެއަށް ވަޑައިގަތުމަށް، ޕާޓީ އޮފީސް ދޮރުމައްޗަށް ނުކުތް ތަނާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އަދުރޭ ފުލުހުންގެ ހައްޔަރު ކޮށްފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންސްތަކާއި ހިލާފަށް އަދުރޭގެ ލީޑަރޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.

އޭގެ ފަހުން އޭނާ ދޫކޮށްލާފައިވަނީ އެކަމާއި ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށްފަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ކޮންމެ ދުވަހަކު ގޮތަކަށް މާލޭގައި އިހްތިޖާޖް ކުރާ މައްސަލަ ވަނީ ހޫނުވެފައެެވެ. އިދިކޮޅުން މާލޭގައި ކުރަމުން އަންނަނީ ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަދި ފްލެޓް ނުލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމުގެ ނަމުގައެވެ.

ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މުޒާހަރާ ކުރާ މީހުންގެ މައްޗަށް ޤާނޫނުލް އުޢޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތުކޮށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޯބުޅި

  އަދުރޭއަކީ ދޫންޏެއްތަ؟ ހިފަހިފާފަ ދޫކޮށްލަން.

  21
  1
 2. Anonymous

  އެޗްޕީއޭ މީ ނަމެކޭ. ސަރުކާރުން ކުރަން ބޭނުންކޮންމެ ކަމެއް ތިބުނާތަނެއް ހުއްޓާ އަބަ ކޮށްނިންމާ. އަޅާނެ ފިޔަވަޅެއް އެޅޭނެ ފިޔަވަޅެއް އެޅުވޭނެ ފިޔަވަޅެއްވެސް ނެތް. ދާދި ފަހަކަުންވެސް ދެ ރައީސުން ބައްދަލުކުރި ބައްދަލުވުމުގައި މާސްކު ނާޅާ ގައިދުރުކުރުމެއް ނެތް. 10 މީހުންތޯ އެއްބަދަލުވުމުގައިި ތިބީ. ހަމަ ތަފާތީ އެޗްޕީއޭގެ ލޮލުގައި މާސްކު އަޅާފައިވާތީ އެވަގުތު ތަކުގައި ނުފެންނަނީ. އަދި ފުލުހުންވެސް ހަމަ ނުފެންނަނީ. އެއްބަޔަކު ކުރީމާ ގޯސްވެފަ އަނެއްބަޔަކު ކުރުމުން ވަރިހަަމަވާނަމަ އުސޫލުތައް އެހުރީ ރުހުމުގެ ލޮލަށް ޢައިބެއް ނުފެންނާނެ ބުނާ ބީދައިންނޭ

  18
 3. އަދުލްއިންސާފު

  ހަމަހަމަ ކޮށް ކަންކުރާނަމަ އަދުރޭ ނަޝީދު މިމީސްމީހުން ތިބޭނީ އުމުރަށް ކުޑަގޮޅީގަ! ކޮންފަދަ ބޮޑު މުސީބާތެއްތަ މީ!! މިމީހުން ކޮންމެ ކަމެއްކުރިޔަސް ވާކަމެއް ހަރާން! ކަލޭމެން ދޭބަލަ މިގައުމުން ފައިބައިގެން!!! އާދައިގެ ނިކަމެތިމީހާ ލަނީ ސީދާ ޖަލަށް!!! ކީއްވެ ނަޝީދުމެން އަދުރޭމެން ކަރަންޓީނަށް ޖަލަށް ނުލަނީ ! ކަލޭމެން ޕާޓީތަކުގެ އައުވާނުން ބުނަބަލަ!!!! ދެން ވަގުތުން މި ކޮމެންޓު ޖަހާދޭތި!

  5
  3
 4. ސަރު ކާރު

  ޓިނު ޖަހާނެ ފަހުލަވާނަކު ނެތިގެން ދޫކޮށްލީ

  1
  4