ފުލުހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ އިދާރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންގެ ގަޔަށް ވެކްސިނުގެ ފުރަތަމަ ޑޯޒް މިހާތަނަށް ޖަހާފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ނިޔަލަށް 1617 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، އެ މުއައްސަސާގައި ހިމެނޭ މުވައްޒަފުންނަށް ވެކްސިން ޖަހަމުން އަންނަނީ ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުން ކަމަށާއި އެ މަސައްކަތްތައް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހާތަނަށް ފުލުހުންގެ ތެރޭގައި ހިމެނޭ އެއްވެސް މުވައްޒަފަކު ވެކްސިން ނުޖަހައިގެން ފިޔަވަޅު އަޅަން ޖެހިފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފުލުހުންގެ ގަޔަށް ވެކްސިން ޖަހަމުން އަންނަ ކަމަށްވެއެވެ.

''މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވައްޒަފުން ތިބީ ވެކްސިން ޖަހައިގެން ރައްކާތެރިވެ. ރައްކާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ މިހާލަތު ބަދަލުކުރުމުގެ އުންމީދުގައި'' ފުލުހުން ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު ވަނީ 90،865 އަށް އަރާފައެވެ. އޭގެ ތެރެއިން 5،755 މީހުންނަށް ވެކްސިން ދިނީ އިއްޔެއެވެ.

އިއްޔެ މާލެ ސަރަހައްދުން 3،123 މީހަކަށް ވެކްސިން ދީފައިވާއިރު، އަތޮޅުތެރެއިން 2،263 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދުރުމި

  ރޭގަ 12.30ހާއިރު ޗާނދަނީ މަގުން ދެކުނަށް ދިޔަ ފުލުހުންގެ ލޮރީއެއްގަ ފުލުހުން ތިބީ ތޮއްޖެހިފަ.ހީވަނީ ކަނޑުމޯއްޓަކަށް ކަނޑޫ ޖަހާލާފަހުރިހެން. އެޗްޕީއޭ އިން އެބުނާ 3ފޫޓް ކީއްކުރަން. އެމީހުން ތިބީ ހަމަހަމާ ޖެހިފިތިބާރުވެފަ 30ހަކަށް ބޭކަލުން ތިބެދާނެ އެލޮރީގަ

 2. ކާންޓޭ

  ކޮންމެދުވަހަކުވެސް ގިނައަދަދެއްގެ ބަޔަކަށް ޖެހީމާވެސް 1617 ކިޔާ އެއްޗެއް އެނގޭބާ

 3. ޖަންގަލި

  ދެން ކިހިނެއްވީ! އެއީ އާ ކަމެއްތަ! ދުނިޔޭގައި ބަޔަކަށް ނުކުރެވޭކަމެއްތަ! ވޯލްޑް ރިކޯޑެއްތަ! ފުލުހުންވެސް ޖަހަންވާނެތާ! ޖަހާޏެތާ!

  1
  1
 4. ޔޫސުފް

  ހޭލައިގެން ވެކުސިންޖަހަން ދާން ފޯރި ހުރޭ، އަދި އެކަމަށް މަޖުބޫރު ކުރަންވެސް ފޯރި ހުރޭ ، އެކަމު ނަމާދު ކުރާކަށް ނުވަތަ ދީނުގެ ކަންކަން މަޖުބޫރު ކުރުމަކަށް އެއްވެސް ފަރުވާލެއް ނުހުރޭ.