"ރަށްވެހި ފަތިހުގެ އަލިވިލުން" ނަމުގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާ ބާއްވާފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިގޮތަށް ނިންމާފައި ވަނީ، މިޑީއާތަކުން އެ ޖަލްސާ ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެގޮތުން ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ އުސޫލުގައި މަނާ ވަނީ 10 މީހުންނަށްވުރެ ގިނައިން މަގުތަކަށް ނުކުމެ އެއްވުން ބޭއްވުން ކަމަށެވެ.

އެހެން ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުގައި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

އެ ޖަލްސާ ބޭއްވީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފުލުހުން ނިންމިިއިރު، އެޗްޕީއޭއިން ވިދާޅުވީ، އެ ޖަލްސާ ބާއްވާފައި ވަނީ އާއްމުކޮށްފައިވާ އުސޫލާއި ހިލާފަށް ކަމަށެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ވޮއިސް" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އެޗްޕީއޭއިން އެއްވެސް ފަރާތަކަށް 10 މީހުނަށް ވުރެން ގިނައިން މީހުން އެއްވެ، ހަފްލާ ބޭއްވުމަށް ހުއްދަ ނުދޭނެ ކަމަށާއި، އެފަދައިން ކަންތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނީ ފުލުހުން ކަމަށެވެ.

އެޗްޕީއޭއިން 10 މީހުންނަށްވުރެ ގިނައިން މީހުން އެއްވެ އުޅުން މާނާ ކޮށްފައިވާ ވަގުތެއްގައި އާންމު ފަރާތްތަކުން ބޭއްވި ކައިވެނި ހަފްލާތައް ފުލުހުން ހުއްޓުވައި، އެ ހަލްފާތައް ބޭއްވި ތަންތަން ޖޫރިމަނާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހޭއަރާ

  ކަލޭނޭ ބަލާބަ ޓީ.ވީ އެމް އިން އެއޮށްގެން އަސުރު ނަމާދު ވަދެގެން ދިޔައިރުވެސް ބަންގި ގެނަސް ނުދީ އެހެން ޕްރޮގްރާމްތަށް ގެންދެނީ! މިވާގޮތް ދިވެހިންނަށް ސާފުވެބާ!

  28
 2. ޟމ

  ޢެހެންވީއިރު ސޯލްޓް ކެފޭގައި ބޭއްވި ޕާޓީ ހުއްޓުވާ ޖުރުމަނާ ކުރީ ކޮން އުސޫލަކުންކަން ސާފުކޮށްދެއްވުން ރަގަޅުވާނެ

  37
 3. ގ

  ކޮރަޕްޝަން... މުޅިން ސަކަރާތް... ކީއްވެ ޕާޓީ ހުއްޓުވީ.. ސަރުކާރުން ކުރިއަސް ގޯސްކަމެއް ވާން ޖެހެނީ ގޯސް ކަމަކަށް.... އިންސާފުން ކަންތަށް ކުރާނެ ކަމަށް ވައުދުވެ ވެރިކަމަށް އެރި ބޭފުޅުންގެ ކަންތަށް ފެނި މާޔޫސް ވެއްޖެ... ތީހަމަ ކޮރަޕްޝަން...

  14
 4. މުބާރިކު

  މީ ދިވެހި ފުލުހުންގެ ފެންވަރު... ވިކުނަސް ބޮޑުވަަރު.... އެޗް.ޕީ.އޭ އިން މަނާ ކޮސްފައި ނަަވެސް. ޢޑޕ ވީމާ އޯކޭ...... ަ 😅😅😅

  14
 5. އިބްރާހީމް

  ފުލުހުނެވެސް އަމަލްކުރަންޖެހޭނީ ހުރިހާ މީހުންނަށް އެއްގޮތަކަށް އެހެނޫނިޔާ ފުލުހުނގެ ޕޮރަފެޝަނަލަކަން ކަ މާ މެދު ސުވާލު އުފެދޭ..

  16
  • ހަޖަމް

   ޕްތޮފެޝަނަލް ބައެއްނޫން އެއީކީ އެއިރެއްގަ އޮންނަ ސަރުކާރަކަށް ވިކިފަ. ފުލުހުންގެ ސީޕީއަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ސިފައިންގެ ވެރިޔާ ހޯމްިނިސްޓަރ ކޯޓްތަކުގެ ފަނޑިޔާރުން ތައް އިންސާފެއް ހަމައެއް ލަމައެއް ނެތް. ޕާޓީ ކުދިން ވިއްޔާ ވަރި ހަމަ ގާވައިދާ ގާނޫނާ ދީނާ ޚިލާފްވިޔަސް މައްސަލައެއް ނޫން.

 6. ކަނދިހަސަނ

  މިފޮޓޯއިންވެސް ފެނޭ 19 މީހުން އެހެންވީމަ އެޖެންޓް 19 ވީމަ އޯކޭ ވީތޯ