ކާނިވާ ސަރަޙައްދުގައި ހުރި ގުދަންތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ކާނިވާ ސަރަޙައްދުގެ އިރު ދެކުނު ފަރާތުގައި ހިންގަމުންގެންދާ ޑޮލްފިން ވިޔު ކެފޭއާ އިންވެގެން ހުޅަނގަށް ހުރި ގުދަންތައް މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ހޯދުމަށް އެ އިދާރާއިން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ލިޔުމެއް ހުށަހަޅައި، އެ އިއުލާނަށް އިޖާބައެއް ދީފައި ނުވާ ކަމަށެވެ.

ނަމަވެސް އެ ގުދަންތަކުގައި މުދަލާއި ތަކެތި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަކުރިއެވެ.

އެހެންކަމުން އެ ގުދަންތަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، ގުދަނަށް ވައްދާފައިވާ މުދަލާއި ތަކެތި، 3 މާރޗް 2021ގެ ކުރިން އެގުދަންތަކުން ނެރެ އެތަކެތި ގެންގޮސް، ގުދަންތައް ހުސްކުރުމަށް ސިޓީ ކައުންސިލުން އެދެއެވެ.

އަދި އެ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއިމެދު ކައުންސިލުން ނިންމާގޮތެއްގެ މަތިން ޢަމަލު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ހާމަކަުރިއެވެ.