މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ. މި ފަސް މީހުންގެ ތެރޭގައި ސިމްބޮލިކް ރެކޯޑްސްގެ މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ވެސް ހިމެނެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދައިފައެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުންނަކީ:

 • ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން (30އ)
 • ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަޙްމަދު ހުސާމް (26އ)
 • ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު (26އ)
 • ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު (23އ)
 • ކ. މާލެ/މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން (23އ)

ފުލުހުން ވިދާޅުވި ގޮތުގައި މި އެންމެން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ޕެސްޓް އާންމުންނަށް މަޝްހޫރުވެފައި ވަނީ "ރީތި ކުދިން" މި ލަވައިންނެވެ. އޭގެ ފަހުން އޭނާ ކިޔާފައިވާ އެތައް ލަވައެއް ޒުވާނުންގެ މެދުގައި މަގުބޫލުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކަނބުލޮ

  މިއޮތީ ޕެސްޓް އިރާފަ.. ހަހަހަހަ...

  28
  3
 2. މަނީމަނީ

  ނަންހާމަ ކުރީމަ ކީއްކުރާނީ ކޮންމެވެސް ފަނޑިޔާރެއްގެ އަތްދަށުން ސަލާމަތް ވެގެން މިނިވަންނަނީ

  21
 3. ޡެފުރޯލް

  ތިޔަ ތަނުގަ ތިބި ލ.މީހުންނަކީ ސުނާމީއާ ގުޅިގެން ލ.ކަޅައިދޫއިން ގަމަށް ބަދަލުވެފަ ތިބި ކަޅައިދޫ 3 މީހުން

  20
  3
 4. މުނައްވަރު

  ޕެސްޓް ދޫކޮށްލާ އޭނާއަކީ ޒުވާނުންނަށް ހުރި ނަމޫމާއެއް

  17
  38
 5. ޟިރުފާ

  މަސްތުވާ ތަކެއްޗާއި، ރަލާއި، މީހުންގެ މުދާ ކެއުމާއި، ވަލުޖަނަވާރުން އުޅޭހެން ތަނެއްގަ ނުބައި ކަމެއް އޮތިއްޔާ އެހުރިހާ ކަމެއްގެ ކުރީގައި ލ.އަތޮޅު މީހުން، އެމީހުންނަށް މިނޫން ކަމެއް ކުރަން ނޭގެނީބާ

  43
  7
 6. ކުޅު ކޯވަރެއް

  ދެންވެސް ތިބުނާ ޕެސްޓެއް ނައްތާލާކަށް ނުވޭތަ؟ މީހާގެ ފޮޓޯއާއި އެޑްރެހަށް ދާންދެން އާންމު ކުރުމުންވެސް އަދިވެސް މިއުޅެނީ ޕްރޮމޯޓް ކުރުމުގައި! ގައުމުގެ އެހެން ޒުވާނުންނަށް މި ދެނީ ނުރަނގަޅު މެސެޖެއް! ސަމާލުވޭ

  35
  3
 7. އެސްއާރު

  ސުއައިދު އަކީ ވެސް އެސްއާރް ގެ އާރޓިސްޓެއް ނޫންތަ؟

  14
  1
 8. ކޯރެއްގެ ކޯވަރެއް

  ކޯރުން ފެންބޮވޭލެށް މަދީ އިނގޭތޯ....

  11
  3
 9. haalufolhi

  enme lava kiey pest.. kekeke dhn ovey Golgotha lavakiyan

  10
  6
 10. ސަމްޕަތުގެ ވިސާ

  ތިޔައިގައި ގިނައީ ސަމްޕަތުގެ ވިސާމް ދާއިރާގެ މީހުންދޯ؟؟ ތިއެއްމެން މިނިވަންވާނެ.

  9
  1
 11. ސަމްވަން

  އަހުމަދު ހުސާމް އެއީ ސިމްބޮލިކް ރެކޯޑް ގަ އުޅޭ ޖަހުލު ގެ ނަމުން ކިޔާ ކުއްޖާ ތައް؟

  17
  1
 12. ަސދަސ

  4/5 މީހުންނަކީ ރާއްޖެތެރޭ މީހުން. މިއީ ކިހާ ބޮޑުކަމެއް.
  މާލެއަށް އަރާ ތިބެ އަހަރުމެންގެ ދަރިން ހަލާކު ކުރަން އުޅޭ ބައި ގަނޑެއް.
  ކީއްތަވާނީ އަމިއްލަ ރަށުގައި ތިބެ ތިކަން ކުރިއްޔާ؟

  1
  3
 13. ބީޓޮލޮޖީ

  މި އަދި ބޯންދެނީ ކޯރެއްގެ ކޯވަރެއް..... ލޮލް

  10
  5
 14. ރަސްފަންނު ކާލޯ

  މީގައުމީދޫނި މިގައުމުގެ ވެރިކަން ދިގުރާސްތާތަކައް ކުރަންވެގެން ތިޔ ޑުރަގޭ ކިޔާއެއްޗެއް ގެނެސް ސުކޫލްތަކުގަ ތައާރަފް ކޮއްގެން ފެތުރީ މިއަދު ކޮންމެ ގެބިސީއެއްގައި ތިޔައިން ގައުމީ ދޫންޏެއް ނޫޅޭކަމެއްނޭންގެ އޭސަހަރޯ މިޔޮއްގައުމެއް ފަލަސުރޙިފުރާލުންނޫންކަމެއް ނުވޭނޫންތޯ ޖަލައް ހުކުމްކުރީމަވެސް ހިމާޔައް ކޮއްފަވާތީ ތޯއްޗެއް ވަނީ ދޫ މާތް ﷲ މިގައުމުގެ މިއަނިޔާވެރިކަމުން ނިކަމެތި ރައްޔިތުން ސަލާމަތް ކުރައްވާފާންދޭވެ އާމީން