އޮންލައިންކޮށް ޓިކެޓު ގަންނަ މީހުންނަށް ހާއްސަކޮށްގެން މޯލްޑިވިއަން އިިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އޮންނަލައިންކޮށް ޓިކެޓު ގަންނަ މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަގާ ގުރުއަތުން ހޮވޭ މީހަކަށް ހާއްްސަކޮށްގެން، އެެމީހަކު ބޭނުން އެތެރޭގެ މަންޒިލަށް ހިިލޭ ދަތުރެއް ކުރުުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މޯލްޑިވިއަން އިން ވިދާޅުވީ، މި ޕްރޮމޯޝަން ކުުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 27 ދުވަހުގެ މުއްދަތަށް ކަމަށެވެ.

މި ޕްރޮމޯޝަނުުގެެ ދަށުން ލިބޭ ޓިކެެޓުގެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މި މުއްދަތުގެ ތެރޭގައި ބޭނުން ދުވަހަކު މި ހިލޭ ޓިކެޓުގައި ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ވިިދާޅުވެފައެވެ.

މާޗް މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކޮންމެ ހަފްތާއަކު މި ޕްރޮމޯޝަނުން ހޮވޭ ފަރާތެއް އިއުލާން ކުރާނެއެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހާ ގުޅިގެން މޯލްޑިވިއަންގެ އޮފީސްތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ޓިކެޓުު ގަތުމަށް މޯލްޑިވިއަން އިން ބާރުއަޅައެވެ. މޯލްޑިވިއަންގެ ވެބްސައިޓުން އަދި، އެޕްލިކޭޝަން މެެދުވެރިކޮށް މިހާރު ޓިކެޓު ގަނެެވޭނެެެެެއެވެ.