އައްޑޫ ސިޓީގެ ގަމާއި ހުޅުމީދޫ އަންޑަރ ވޯޓާ ޓަނަލް އަކުން ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއްމުކުރި "އައްޑޫ އަންޓަރ ވޯޓާ ޓަނަލް" ފޮޓޯތަކަކީ ނޯވޭގައި އެޅުމަށް ނިންމާފައިވާ ޓަނަލްއެއްގެ ފޮޓޯތަކެއްކަން އިންޓަނެޓުން ލިބެން ހުރި މައުލޫމާތުތަކުން ކަށަވަރު ކުރެވިއްޖެއެވެ.
އައްޑޫ ސިޓީގެ ޕްރޮޖެކްޓްތަކުގެ ތަސައްވުރު ހިއްސާކުރައްވަމުން ސޯބެ އައްޑޫ ބަހުން ކުރެއްވީ ޓްވީޓްގައި މިއަދު ވިދާޅުވީ، ފަސޭހަކޮށް ދަތުރުކުރެވޭނެ މަގާއި ބްރިޖު އަދި ސަބްމާރޖްޑް ކްރޮސިން ހަދައި އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލުމަކީ އައްޑޫ މީހުންގެ ވިސްނުން ކަމަށެވެ.
"ފާސްޓް ފެރީ އާއި ރަނގަޅު ބަހާއި މޮނޮރެއިލް ހިމެނޭ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަކުން އިރާދަކުރެއްވިއްޔާ އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލެވޭނެ" ސޯބެގެ އެ ޓްވީޓްގައި ވެއެވެ.
ސޯބެގެ ޓްވީޓްގައި ވަނީ އައްޑޫ ސިޓީގެ ގަމާއި ހުޅުމީދޫ ފެންނަ ސެޓްލައިޓް ފޮޓޯއެއް ހިމެނުމަށްފަހު ޓަނަލްއެއްގެ ފޮޓޯއަކާއި އެޓަނަލް އާއި ގުޅިފައިވާ އެހެން މަގުތަކުގެ ފޮޓޯތައް ވެސް ހިމަނާފައެވެ. އެފޮޓޯތަކުގައި މޮނޮރެއިލް ލޭނެއްގެ ފޮޓޯ ވެސް ހިމަނާފައި ވެއެވެ.
Fasseyha koh dhathere wayne magaai bridge adhi submerged crossing hadhai Addu hushehei avashah gulhuvumakee afirin Addu meehunge visnun. Fast ferry ei rangalha bahaai monorail himeney bublic transport network akun iraadha kurevvifehey Addu hushehei avashah gulhuwayheh. pic.twitter.com/z8pT3KfPVC
— Abdulla Sodiq(Sobe') (@SobeAbdulla) February 28, 2021
ސޯބެގެ ޓްވީޓްގައި ހިމަނާފައި ހުރި ގިނަ ފޮޓޯތަކަކީ ނޯވޭގެ ސްކަންޑިނަވިއާ ކައުންޓީ ސަރަހައްދުގައި އަޅަން ނޯވޭ ސަރުކާރުން ނިންމި ޓަނަލްގެ ފޮޓޯތަކެވެ. އެފޮޓޯތައް 2019 ވަނަ އަހަރު ނޯވޭ ސަރުކާރުން އާއްމު ކޮށްފައި ވެއެވެ. އެއީ 40 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އަންޑަރ ވޯޓާ ޓަނަލްއެކެވެ. އެމަޝްރޫއު އިއުލާން ކުރަމުން ނޯވޭ ސަރުކާރުން ބުނެފައި ވަނީ އަމާޒަކީ ނޯވޭގެ އުތުރުގައި ފެރީ ދަތުރުނުކޮށް ވެހިކަލްގައި އެއްސިޓީން އަނެއް ސިޓީއަށް ދަތުރު ކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ.
ގަމާއި ހުޅުމީދޫ އަންޑަވޯޓާ ޓަނަލްކަމަށް ސިފަކޮށް ސޯބެ ނޯވޭ ޓަނަލްއެއްގެ ފޮޓޯތަކެއް އާއްމު ކުރިއިރު އައްޑޫ ސިޓީގައި މި ސަރުކާރުން އަޅާ ބްރިޖްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ފޭސްބުކްގައި ފިލިޕީންސް ބްރިޖްއެއްގެ ފޮޓޯ ހިއްސާ ކުރެއްވުމުން އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
އައްޑޫ ތަރައްޤީ ކުރުމުގެ ވައުދުތައް ތަކުރާރުކުރަމުން ވެރިކަމަށް އައި ރައީސް ޞާލިހްގެ ސަރުކާރުން އައްޑޫގައި އެކަށީގެންވާ ވަރަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ހަހަހަހާ. އިންތިހާބެއް ބޯމަތިވީމަ ވާގޮތްދޯ މީ. ރައްޔިތުން ހޭއަރާނީ ކޮން ދުވަހަކުންބާ. މިމީހުން ދައްކާހާ ދަޅައަކަށް ހެއްލެން ވެއްޖެޔާ ބަޔަކު ހަލާކުވެދާނެ. ކޮންމެ އިންތިހާބަކާ ދިމާވީމަ ރައްޔިތުން ފެންނާނެ. ރައްޔިތުން ކުޑަކުދިންހެން ހައްލާ މެޓާ ބަހަން ފަށާނެ. މިއޮތީވާ ކަމެއް މިމީހުން މި ކުޅޭ ޑްރާމާތައް ބަލާފަވެސް މާ ހިނި އާދޭ ޓީވީ ކޮމެޑީ ސީރީޒް އެއް ބެލުމަށް ވުރެވެސް.
އެމެރިކާގެ ކަޅު ނަސްލުގެ ޕްރޮފެސަރެއް ބުނެފަ އޮންނަ ބުއްދިވެރިވާހަކައެއް" ސިޔާސީ މީހުންގެ ވައުދަށް އިތުބާރު ނުކުރާށޭ، އެމީހުން މާޒީގާ ކޮށްފައިވާ ކަންކަމަށް ބަލާށޭ"
ޖާބިރުގެ ކޭބަލް ކާރަށް ތިކަންވެސް ވާނީ. ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ޓީވީ ޕްރޮގްރާމެއްގައި ނުވަތަ، ސިޔާސީ ހަރުގެ (ރައްޔިތުންގެ މަޖްލިސް) ގައި ބުނާނެ، ފަންނީގޮތުން ކުރުން ހެޔޮނުވާނެ ކަމެކޭ، ތިމާވެށި ހަލާކުވާނެއޭ. ތިއަށްވުރެ މާރަނގަޅުވާނެއޭ ވަލުގައި 2 ކާށި އިންދާ އޭގެން ލިބޭ ނަފާ ހޯދުން.
އައްޑޫ ރައްޔިތުންނަކީ، ވަރަށް އިލްމުވެރި ބައެއް. ސިޔާސީ މީހުން ލައްކަ ދުވަހު އައްޑޫ ރައްޔިތުން ގަޅި ހައްދައިފި. ދެން ތިކަން ވާނެ ހެން ހިޔެއް ނުވޭ. މޮނަރޭލްއާއި، އިލެކްޓްރިކް ރޭލާ، ކޮންމެ ގެއަކަށް ޓެސްލާ އިލެކްޓްރިކް ކާރަކާ، ކޮންމެ ގެއަކަށް މަސްފެކްޓްރީއަކަށް ވައުދު ވިޔަސް ވާނެ ކަންކަމާ ނުވާނެ ކަންކަން އެނގޭނެ. ދުނިޔެ ހައިޕަރޑިޕްރެޝަން ނުވަތަ އިންތިހާއަށް ފަގީރުވާނެކަމަށް މުޅި ދުނިޔޭގެ އިގްތިސާދީ މާހިރުން ބުނަމުންދާއިރާ، މި ވޭތުވެ ދިޔަ 2 އަހަރު އިންޑިޔާއިން ފައިސާ ނުދީ ތަކެތި ދޭ ލޯނެއް ނޫން އެއްޗެއް ނުލިބޭއިރު ތިއީ ވާނެކަމެއް ނޫންކަން ސްކޫލެއްގެ ދޮރުމަތިން ހިނގި މީހަކަށްވެސް އެނގޭނެ.
ބޮޑުތިލަދުންމަތީގަވެސް ތިހެން ބަޔަކު ވޯޓުހޯދަން އައިހެވަންއެކޭ ކިޔައިގެން ލައްކަ ފާޑުފާޑުގެ ފޮޓޯތަކާ ކުރެހުންތައް ގެންގުޅުނު ނަނާހުވަފެނުން ރައްޔިތުން ބޮލަށް ސަވާރުވާންހަދައިގެން ވޯޓުންބަލިކޮށްފަ ވެރިކަމުން ބާލާފަ އެތިބީ މިފަހަރުވެސް އެވަރު ނުވިއްޔާ ނަސީބު
އައްޑޫސިޓީއަށް ފްރީ އިންޓަރނެޓް ދިނުމަށް، އީލޮން މަސްކުގެ ސްޕޭސް އެކްސްއިން 20 ހާސް ސެޓްލައިޓް އަންނަ އަހަރު ސްޕޭސްއަށް ފޮނުވާނެކަމަށް ސޯބެ ވިދާޅެއް ނުވޭތަ؟ ނުވަތަ މިހާރު އެއްބަސްވުމުގެ ސޮއިކުރިވާހަކަ ނުބުނޭތަ؟
މި މީހުންނަކީ ބޯ ގޯސް ބައެއް ހެންހީވަނީ . ހުސް ދޮގު.
މިއީ 399 އަހަރުގެ ޕުރެޖަކުޓަކަށް ވާނެ. ޖަމީލު ބަލަ މިނިންމާލި އެންމެފޮޓޯގަނޑަކުން. މިހެންފުއްދޭނީ ވައުދް. ސާބަސް ސޯބެ. ތިއާންމުކުރި ފޮޓޯއަށް،
މީ 2 ވަނަ ޖާބުރުތާ
ޢިޒަތްތެރި މެމްބަރަކުވެސް މި އަދު ލާފަ އިން ބްރިޖެ އް ފޮޓޯ ސާޗްކޮށްލީމަ އަނހަ ކަމަކުދާކަށްނެއް ބޭރު ޤައުމެއްގެ ފޮޓޯ ދެން ޚީއްކުރަން ތިބެގެން ދޮގުތަކެއްހަދަނީ ވޯޓު ލިބޭނެ ނުދޭބަޔަކު ނުދިނަސް ނުފޯރާފޮތިން ފޫގެޅީމާ ކަމަކުނުދާނެ.
އައްޑޫ މީހުންތީ ފައްކާ ގުނބޯތަކެއް ހެއްދޭނެ ހައްދާލާ
ގައުމީ ބޮޑެތި ތަރައްގީގެ ޕްލޭން ތަކަކީ ރައީސުލްޖުމްހޫރިއްޔާ ހާމަކުރަންޖެހޭ އެއްޗެއް. އެފަދަ ޕްލޭންތައް ރައީސް ހާމަ ނުކުރައްވަނީ އެފަދަ ޕްލޭން ތަކެއް ނެތީމަ.
ކަލޭ މަގާމު ގެއްލޭނެ ކަން އެނގުނީ ކޮސް ގޮވަން ފެށީދޯ. ދައުރުގަ ސިޓީ އެއްކަމެއްވެސް ކޮށްދެވުނީކީނޫން. އިންތިހަބަށް ހުވަފެން ދައްކަނީ
ކީކޭ ދޯ ބުނާނީ، ސޯބެ އިސްތިއުފާ ދީފަ ތިކަމުން ދުރުވުން އެންމެ އައުލާކަން ބޮޑީ. ނޯވޭގެ އަންޑަވޯޓާރ ފުލޮޓިން ޓަނަލްވޭގެ ފޮޓޯތަކެއް އާންމުކޮށް މީހުންނަށް އޮޅުވާލައިގެން ކޮންކަމެއް ހާސިލްކުރަން.
އައްޑޫ ސިޓީ އާއީ ފޯޅޮވަހި ނުވަތަ ޑިއަގޯ ގާސިޔާ އާއި ގުޅާ ނުލާތޯ އެތާގައި ހުރި އެހެނިހެން އަތޮޅުތަށްވެސް އައްޑޫ ސިޓީއަށް ލިބޭނެ ގޮތެއް ނެއްތޯ !
މަގޭ ވިސްނުން. އައްޑުއަތޮޅުގެ ހުރިހާ ރައްޔިތުން ކޮންމެ އިންތިޚާބަކަށް ޅޮސްއުނދޯއްޔަކަށް ލުމާއި، އެއްވެސް ހުރަހެއް ނެތި 10 މިނިޓުގެ ތެރޭގައި ރާއްޖޭގެ ޖައްވު ބަލާލަން ދެވޭވަރުގެ ސްޕޭސް ރޮކެޓެއް ހެދުމާއި، އައްޑޫ ކަނޑުގެ އަޑީގައި ހޮޓަލަކާއި ސްޕާއަކާއި ރެސްޓޯރެންޓެއް ހަދައި ކުޑައަގެއްގައި ރައްޔިތުންނަށް ޚިދުމަތްދިނުން.
އަޅުގަނޑުގެ ވެރިކަމެއްގައި އައްޑުއާއި ހުވަދު އަތޮޅު ގުޅާލާނީ ރަނާއި ޖަވާހިރުން ޖަރީ ކޮއްފައިވާ ބްރިޖަކުން. އަވަހައް މަށައް ވޯޓްދެއްވާ. ހެޔޮނުވާނެ އާދޭސްކޮއްފަ މިދެންނެވީ. އަޅުގަނޑު މިހެން މިދެންނެވީ ތިމީހުންނީ ގަމާރުންތަކެއް ކަމައްދެކިގެނެއްނޫން.
އައްޑޫރައްޔިތުންނަކީ ވިސްނުންތޫނު ގުނބޯނުހެއްދޭނޭ ރައްޔިތެއްނަމަ އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނުއްވާ! ލައްކަ ވަޢުދުތައް ވެއްޖެ! އެއިން ކަމެއް ވެފައެއްނެތް!
މޑޕ އިން އައްޑޫ އަށް ނުޖެހޭނެ އެއްވެސްކަމެއް ކޮށްދޭކަށް އެމީހުން ކަމެއް ކޮށްނުދިނަސް މޑޕ އަށް ވޯޓްދޭނެ
ހަގީގީ ކުރެހުމެއް ނުދެއްކުން ބަޔަކަށް!!!
ސޯބެ މުހަދަމަޏުކާނު ކަލޭ ހިތުން ހިތަދޫ މީހުން އެއީ ކޮހުން ދޯ؟ އެހެން ހީނުކުރާތީވެ ދޯ ޕްރައިމަރީން ކަލޭ ބަލިވީވެސް.އެހެންވީމަ ތިކަހަލަ ފޭކް ފޮޓޯ ދައްކައިގެން ރައްޔަތުން ހައްލާނުލެވޭނެ.
ނޯވޭއަކީވެސް އައްޑޫގެ ބައެއް ކެނެރީގޭ ނަސީދުވަނީ އެގޮތަށް ނިންމާފަ، ދުނިޔޭގެ ކަންކަން ނިންމުމުގެ ބާރު ލިފައިވަނީ ހިންދުކޮޅުގައި ޖެހި ހިންދުކޮޅުއަންނާނެކަމަށް ގަބޫލުކުރާ މީހުންނަށް ސޯބެއަކީވެސް ހިންދުކޮޅުއަންނަމީހެއް އެމްޑީޕީގައި ގިނައީ މިބައި މިހާރުގެ ހެލްތު މިނިސްޓަރަކީވެސް ހިންދުކޮޅުއަންނަމީހެއް!
ހުސް ދޮގު ވާހަކ ދައްކައިގެން ރައްޔިތުން އޮޅުުވުން ނޫން އެހެންކަމެއްނެތް .
ކަލޯ ކުރެހިދާނެ!ލިޔެވިދާނެ! ފޮނިބައިސާތައް، ދޮގުވަޢުދުތައް! ބޯގޯސް ވީތޯ! ސޯބޭ، ތިޔަ ވަނީ އޮރިޔާންނޫންތޯ! އެހެންނަހައްދަވާ، އައްޑޫ ރައްޔިތުން ގަޅިހައްދަވަންތޯ ތިޔަ އުޅުއްވަނީ! ނުވާނެ މިފަހަރު ތިޔަ ކަމެއް، ކައުންސިލްތައް ނުދޭނެ އެމް.ޑީޕީއަކަށް. އައްޑު ލޯހުޅުވައިފި، މޮޔަޔާ!
ދޮގާ މަކަރު ހަދައިގެން ދެން އިންތިޚާބެއް ކާމިޔާބު ކުރެވިދާނެބާ!!!
މަކަރުލް އެމް ޑީޕީ ގެ 12 ވަނަ އެޕިސޯޑް
އައ އްޑޫ ރަ އްޔިތުން އަބަދު ގުނބޯ ހެ އްދޭނެކަމަށް ހީކުރުމަކީ
މޮޔަ ކަމެކެވެ.
އިންތިޚާބެ އް ބޯމަތި ވެ އްޖެ! ރަޢްޔިތުން ގުނބޯ ހަ އްދަ އިގެން ވޯޓް ހޯދޭތޯ ބަލާ. މިސަޅިބަ އިސާ ވެސް ގަބޫލުކޮށްގެން ވޯޓް ދޭނެ ބަޔަކުވެސް ތިބޭނެ. ރަ އްޔިތުން މި އުޅެނީ އަތާ އަނގަޔާ ދިމާނުވެގެން ކޮން އަންޑަރ ވޯޓަރ ޓަނަލް އެއ އް
ގެ ވާހަކަ މި ދަ އްކަނީ
ކޮބާ ! ކިތައް ޖާބިރު ފެނޭ އެބަ! އެންމެން އުޅުއްވީ ޖާބިރު މޮޔަވެގެން! މޮޔައިން ފެނޭދޯ އެބަ! ޖާބަހޭ ޖާބިރު! މަނިކުފާނުގެ ތަބައްވުރަށް - ކޭބަލްކާރު އެޅޭނެ !
އައ އްޑޫ ރަ އްޔިތުން މި ގޮތަ އް ދަ އްކާ ފޮޓޯ އަކަށް ހެ އްލި ދާނެބާވަ އޭ ހިތަ އް އަރާ! ފަސޭހަ އިން ހަ އްލާލެވޭ ބަޔަކީ ބާ؟
މަބުނާނީ ޗޯބެ ވަރެ އް ހަމަ ނެތޭ މޑޕ އއ އިންބަ އިފަޅި
އެ އް ނަގަ އިގެން ރައ އްޔިތުނގެ ބޮލަށް ސަވާރުވާން ވަރަށް
ހުސިޔާރެވެ.
އައްޑޫ ރައްޔިތުންނަކީ، ވަރަށް އިލްމުވެރި ބައެއް. ސިޔާސީ މީހުން ލައްކަ ދުވަހު އައްޑޫ ރައްޔިތުން ގަޅި ހައްދައިފި. ދެން ތިކަން ވާނެ ހެން ހިޔެއް ނުވޭ. މޮނަރޭލްއާއި، އިލެކްޓްރިކް ރޭލާ، ކޮންމެ ގެއަކަށް ޓެސްލާ އިލެކްޓްރިކް ކާރަކާ، ކޮންމެ ގެއަކަށް މަސްފެކްޓްރީއަކަށް ވައުދު ވިޔަސް ވާނެ ކަންކަމާ ނުވާނެ ކަންކަން އެނގޭނެ. ދުނިޔެ ހައިޕަރޑިޕްރެޝަން ނުވަތަ އިންތިހާއަށް ފަގީރުވާނެކަމަށް މުޅި ދުނިޔޭގެ އިގްތިސާދީ މާހިރުން ބުނަމުންދާއިރާ، މި ވޭތުވެ ދިޔަ 2 އަހަރު އިންޑިޔާއިން ފައިސާ ނުދީ ތަކެތި ދޭ ލޯނެއް ނޫން އެއްޗެއް ނުލިބޭއިރު ތިއީ ވާނެކަމެއް ނޫންކަން ސްކޫލެއްގެ ދޮރުމަތިން ހިނގި މީހަކަށްވެސް އެނގޭނެ.
މިސަރުކާރުން ރައީސް ޔާމީނު ވެރިކަމުގައި އަޅުއްވާދެއްވި ފުލެޓް ގަނޑު ވެސް އަތުލައިފި. ދެން ކޮންކަމެއްތޯ މިސަރުކާރަށް ކުރެވޭނީ؟ ދިވެހި އެތައް ރައްޔިތުންގެ ހައްޤު ގެއްލި ބިކަވާއިރު ރައީސް ސޯލިހު އެހުރީ ހަނުގައި؟ ދިވެހިރައްޔިތުންނަށް ރަހުމްނުކުރާ ވެރިޔަށް އަދި ވެރިކަމެއް ބޭނުމެއް ނުވޭ.....
ބަލަގަ ސޯބުގެ މަޤާމު ރައްޔިތުން ގެއްލުވައިލިޔަސް މަލީޙްޖަމާލުގެ މަޤާމު އެއޮއް ހުސްކުރަނީ ސޯބަށް
މަރިޔަމް ޝާާނީ ހަޖަމް ޕުލީސް
ކުރީ ސަރުކާރުން ބުރިޖު އިފްތިތާހު ކުރި އިރު ދެއްކި ކަހަލަ ދޯ