ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވަނީ ވަރަށް "ޚުދުމުޚުތާރު" ކޮށް ކަމަށް މިނިސްޓަރު މަލީހް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހްއަށް ޖަވާބުދާރީވުމަށް ދިން ތިންވަނަ ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާ މިހާރު ކުރިއަށް ދަނީ މަޖިލީހުގެ ގަވާއިދުގެ ބޭރުން ކަމަށެވެ. މި ގޮތުން ޖަވާބުދާރީވާން 10 މިނެޓްގެ ފުރުސަތެއް ނުދެއްވާ ކަމަށް މިނިސްޓަރު މަލީހް ވިދާޅުވިއެވެ.

މަލީހް މިހެން ވިދާޅުވުމުން އޭނާގެ ވާހަކަ މެދުކަނޑާލެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އެ މައްސަލަ ކުރިއަށް ގެންދަނީ ގަވާއިދުގެ ތެރެއިން ކަމަށެވެ. މިނިސްޓަރު މަލީހަށް ދޭން ގަވާއިދުގައި ބަޔާން ކުރާ ފުރުސަތުތައް ދެއްވަމުން ގެންދަވާ ކަމަށެވެ.

ނަޝީދު ދެން ވިދާޅުވީ މެންބަރަކު ވާހަކަ ދައްކަވަން ޖެހިއްޖެނަމަ އެކަން އެމަނިކުފާނު ދަންނަވާނެ ކަމަށެވެ. ވާހަކަ ހުއްޓާލަން ޖެހޭނަމަ އެ ކަން އަންގަވާނެ ކަމަށާއި ހަމަ އެ ގޮތަށް އިތުބާރު ނެތް މައްސަލައެއްގައި ވަޒީރަކު ވަޑައިގެން އިންނަވާއިރު އެ ވަޒީރަކު ވާހަކަ ދައްކަވަން ވުމުން އެ ފުރުސަތު ދެއްވައި އެ ކަން ދަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހުއްޓާލަން ޖެހޭނަމަ އެ ކަން ވެސް އަންގަވާނެ ކަމަށާއި އެކަން ކުރައްވާނީ ގަވާއިދުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން މިނިސްޓަރު މަލީހް ދެން ވިދާޅުވީ މަޖިލީސް މިހާރު ކުރިއަށް ގެންދަނީ "ވަރަށް ޚުދުމުހާރު" ކޮށް ކަމަށެވެ. އެ ގޮތަށް މަޖިލިސް ކުރިއަށް ގެންދާތީވެ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ. މި ގޮތުން އޭނާގެ މައްޗަށް ދޮގު ތުހުމަތެއް ކޮށް އެއްވެސް ކުށެއް ނެތި އިތުބާރު ނެތް މައްސަލަ ނެގުން ސިފަކުރެއްވީ ވަރަށް ބޮޑު "ބޭއިންސާފެއް" ގޮތުގައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާ އެކުގައެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްއިން ވެސް ފާސްކޮށްފައިވަނީ މަލީހްގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވުމަށެވެ. މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 65 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. ޕީޕީއެމްއާއި ޕީއެންސީގެ ނުވަ މެންބަރުން ތިއްބަވައެވެ.

މި އަދަދުން މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރެވޭނެއެވެ. ގާނޫނު އަސާސީގައި މަޖިލީހަށް ދެވިފައި އޮންނަ ބާރުން މި ގޮތަށް ފާސްުކުރުމުން މިނިސްޓަރުގެ މަގާމު ގެއްލޭނެއެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މިއަދު މެންދުރުފަހު 1:00 ގައި ވޯޓަށް އަހާނެއެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައިވަނީ ކޮމިއުނިކޭޝަން މިނިސްޓްރީއިން އެކުލަވާލަން ޖެހޭ ބައެއް ގަވާއިދުތައް މިނިސްޓަރު ކަމުގައި މަލީހް މިހާތަނަށް ހުންނެވި ދެ އަހަރު ދުވަހުގެ މުއްދަތުގައި ވެސް އެކުލަވާލެވިފައި ނުވުން ފަދަ މައްސަލަތަކެވެ. މިއަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މަލީހް ވިދާޅުވަނީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ އަދާ ކުރައްވަން ޖެހޭ ޒިންމާއެއް އަދާ ނުކުރައްވާ ނުހުންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    ހުދު ގަމީހާ ރީންދޫ ޓައީ އެޅުން ފިޔަވާ މަޖިލީހުގެ ރައީސް ޚުދުމުހުތާރުނޫން ގޮތަކަށް ކުރަނީ ކޮންކަމެއްބާ؟

    34
    1
  2. ޖަނާޒާ

    # އެމްޑީޕީ ގެ މަކަރުލްސިޔާސީ ފޮތުގެ 129 ވަނަ ޞަފުހާގައި މަނިކުފާނު ލިއުއްވި ގޮތަށް މަލީހުގެ ނަން މިއަދު ކަޅުވަނީ !

    29
    1
  3. ޖަނާޒާ

    އަހަރެން ދަންނަނީ ކަޅު މުޚުތާރެއް! މަލީހު ކޮސްގޮވަންފެށީތާ! އެމްޑީޕީ ގެ ބާބުލްހަރާންކޯރުގެ 179 ވަނަ ޗެޕްޓަރ މަލީހު ނުކިއުއްވަން ދެއްތޯ! އޭގަ އޮންނާނެ ކަލޭ އަށް ހަދާނެގޮތް ވަރަށް ސާފުކޮށްލިޔެފައި# ދެން ލަލަލަލަލަލަލ

    23
    4
  4. ސާމީ

    އެމްޑީޕީ ތިކޯލިޝަންގައި ބައިވެރިވީވެސް ހަމަ އެކަނި ވެރިކަން ފޭރުމުގެ ނިޔަތުގައި.ދެން ތިބޭ. ރީހޭ މައްޗަށް ފޮއެ ވައްޓަވައްޓައި. އެމްޑީޕީގެ ރޭވުންތެރިކަމަކީ މަކަރާހީލތް. އަޑި ނޭގޭ. ސިޔާސަތު. އޭރުވެސް އަޅުގަނަޑުމެން ދެނަހުރިކަމަކީ ތިކޯލިޝނާއެމްޑީޕީ ގުޅުނީ ހަމައެކަނި ވެރިކަން ފޭރިގަތުން ނޫއެހެން އެއްވެސް ކަމެއް އެމީހުންނިޔަތުގައި ނޮއޮންނާނެކަން. ކޮމިއުނިކޭޝަން މިނިސްޓަށް އެއްވެސް ކަމެއް ކުރުމަށް މަގި ފަހި ކޮށްނުދީ އެމަނިކްފާނު ޒިންމާ އަދާނުކުރެވުނުކަން ރައްޔިތުންނަށް ހާމަކޮށްދީ ވަޒީރުކަމުން ބޭރުކޮށްފި އެމްޑީޕީ އަރުވާފަ ތިބި ކޮންބަޔަކަށްތޯ ރައްޔިތުންނަށް ކަންތައް ކޮށްދެވުނީ. ވެރިކަންކުރަން ނޭނޭގޭ. ނާގާބިލް ބަޔަކު ވެރިކަމަށް އެރުމުން ފްލެޓަށް ވީގޮތުން ފިލާވަޅު ލިބިގަންނަންއެބަޖެހޭ.

    19
    1
  5. މުރާދު

    އިޚުލާސްތެރިކަމާ ، އިސްލާމްދީނަށްލޯތްބެއްހުރިނަމަ ނުބައިކަންތައްގޯސްކޮށް، އަންހެނުންގެ ވޭނާކެކުޅުމާ ޝުޢޫރުތަކަށްއިސްކަންދެއްވާނަމަ އިމްރާނު މިނިސްޓަރެއްގެ މަގާމްގައިހުރެ ޝެއިޙެއްގެ ލަގަބުގައިހުރެ އަންހެނެއްގެ އުރަމަތީގައިހިފި ނާތަހުޒީބު ނުބައިއަމަލާގުޅިގެން ކީއްވެތޯ އިމްރާނުގެއިތުބާރުނެތްކަމުގެވޯޓްނުނެގީ ނުވަތަ ކީއްވެތޯ މަޖިލީހަށް މިމައްސަލަނުވެއްދީ އިމްރާންކުރެއްވީރަގަޅުގާބިލްކަމެއްތޯ އިމްރާންހިންގި ޢަމަލުސާބިތުވޭ އެއީ އަނިޔާލިބުނުއަންހެނާ މަގުމަތިންވެސްއިމްރާނާދިމަކޮށް އިހުތިޖާޖުކޮށްފައިވޭ ނުހިންގާކަމެއްކަމުގައިވާނަމަ ކީއްވެތޯ އަންހެނާއާދޭތެރެފިޔަވަޅުނޭޅުއްވީ ވީމާ، މަލީހަށްވުރެކުރިން އިތުބާރުނެތްކަމުގެވޯޓް އިމްރާނުގެ ނަގަންޖެހޭކަމުގައިދެކެން

    15
    2
  6. ގައުމުގެ ދޫ

    ސިޔާސީވުމަކީ ބޭނުންވާހަކައެއް އެއްވެސް ވިސްނާލުމެއްނެތި އެންމެބާރަށް ދެއްކުމެއްނޫން. ސިޔާސީވާންވީ ހިކުމަތްތެރިކަމާއެކު، ނަމަވެސް ކިހުމަތްތެރިކަން ﷲ ދެއްވަނީ އެކަލާނގެ އިރާދަކުރައްވާ ފަރާތްތަަކަށް. އަޅަމެންނީ ހެޔޮކޮށް ވިސްނާ ބަޔެއްކަމުގައި ލައްވާށިއެވެ!

    10
    1
  7. ޑަބިޔާ

    ތީ މިރާއްޖޭގެ އެންމެނައް އިގޭކަމެއް. ހަމާގަ ތިބޭމީހުން ކުރެވޭރީ ރަނގަޅައް ކަންތައްތައް

    5
    1
  8. އިބްރާހިމް

    މަލީހުއަށް މިއަދުތޯ އެނގިލެއްވީ ރ ނަޝީދުގެ ޚުދުމުޚްތާރުކަން. ވ ސަލާމް

  9. ޙހހހ

    މަލީހްއަށް އަލަށްތޯ ތި ކަން ފާހަގަވީ ، ތިވަރުވީކަންވެސް ނަސީބު ، މަޤާމުގެ ދަހިވެތިކަމުގައި އުޅުއްވާފަ މަޤާމް ބީވެގެން ދާތީ ގޯނިން ބޭރުވަނީތޯ ،

  10. ޜެޓޭ

    ބޯން އުޅުނު ހޫނު ޝަރުބަތު ތިއޮތީ އެ ބޮވިފަޔޭ🤣🤣.