ރާއްޖޭގެ އިންޓަނެޓްގެ ދުވެލި ހުރި މިންވަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދުވެލި ހުރި މިންވަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަށް ފަހުގައި އިންޓަނެޓް ވެފައި ވަނީ ވަރަށް ޒަރޫރީ ބޭނުމަކަށެވެ. އަސާސީ ޚިދުމަތަކަށް ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ޝަކުވާއަށް މި ހާލަތު އައުމަށް ފަހު ވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވިއެވެ. މި ގޮތުން އިންޓަނެޓްގެ އަގު އިންތިހާއަށް މަތިއިރު އެ އަގާ އެއް މިންވަރަކަށް އިންޓަނެޓްގެ ދުވެލި ހަލުވި ނުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިންޓަނެޓުގެ ސްޕީޑު އެހުރީ [ރައީސް] ސޯލިހް ސްޕީޑުގައި. [ރައީސް] ސޯލިހަކީ ސްލޯ ބޭފުޅެއް. [ރައީސް] ސޯލިހު ސްޕީޑުގައި އިންޓަނެޓު އެހެރީ. އެއީ ހަގީގަތަކީ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އިންޓަނެޓްގެ އަގު ތިރި ކުރުމަށް ސަރުކާރަަށް މާ ބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މި ގޮތުން ކޮންމެ އަހަރަކަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ސަރުކާރު ހިއްސާވާ މުވާސަލާތީ ކުންފުނި ކަމުގައިވާ ދިރާގުގެ ފައިދާ އިތުރު ކުރުމަށް ކަންކަން ހިމަނާފައި އޮތަސް އިންޓަނެޓްގެ އަގު ތިރި ކުރަން އެއްވެސް ކަމެއް ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެހެރި ނުފަޅާ އެޖެންޑާ

    ބަރާބަރު ވާހަ ކައެއް ފިނިހަ ކަދުވެލީގަ

    17
  2. ތެދެއްތަ ކަލޯ

    ސަޅިވާކައެއް ތިޔައީ ހަމަ 100 ޕަސެންޓް ތެދުވާހަކައެއް

    17
  3. ބޯގޯސް

    ހަހަހަހަހަ ސޯލިބޭ ޕަކާސް

    14
  4. މޫނާ

    ނާޤާބިލް ސަރުކާރަށް ވާއެއްވެސް ކަމެއް ޙަރާމުން ހަރާމް.ކޯލިޝަނުންއެރި ހުރިހާމީހުން މަކަރާ ހީލަތުން ތިބެ ބޭރުކުރާނެ. އެމްޑީޕީ އަށް އެއްމެ މޮޅަށް ވަޒީރުކަންކޮށްދިނީ ޢަލީ ވަޙީދު. އެމްޑިޕީގެ ސިއްރު އެޖެންޑާ ހާމކޮށްދީފާނެތީ ޕާސްޕޯޓް ދީފަ ފިއްލުވައިފި. އެމީހުންހާވާ ހަޑި އެމީހުންނަށް ފެންނާނީ ފުރަގަހުގައި ހުންނަ ލޮލުން. ބޭއިންސާފު ސަރުކާރު.މަކަރާ ހީލްތަތް ސަރުކާރު.