ފްލެޓް ހައްގު ކަމަށް ބުނެ ރައްޔިތުންގެ މަޖިލީސް އިދާރާ ބޭރުގައި އިހްތިޖާޖް ކުރި ފަރާތްތަކާއި ބައްދަލު ކުރުމަށްފަހު އެ ފަރާތްތަކުގެ ގޭގެއަށް ޒިޔާރާތް ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް ވަނުމަށް ދިޔަ އާންމުން އެ ކޮމިޓީއަށް ނުވެއްދުމުން އިހުތިޖާޖުކުރަން ފެށުމާއެކު ރައީސް ނަޝީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެމީހުންނާއި ވާހަކަދެއްކެވުމަށްފަހު، އެ އެންމެން ގޮވައިގެން މަޖިލިހަށް ވަޑައިގެންފިއެވެ.
އެގޮތުން އިހްތިޖާޖްގެ ބައިވެރިން ވަނީ އެ ފަރާތްތަކަށް ފްލެޓް ނުލިބުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ދިރިއުޅުމުގެ ހާލަތު ރައީސް ނާޝީދަށް ކިޔާދީފައެވެ. އެ ފަރާތްތަކުގެ ވާހަކަތައް ވަކި ވަކިން އަޑު އެއްސެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެ އެންމެންގެ ގޭގެއަށްވެސް ޒިޔާރާތް ކުރައްވާނެ ކަމަށެވެ.
އަދި އެމީހުން ދިރިއުޅެމުންދާ ހާލަތު ބައްލަވާލުމަށް އަންނަ ހޮނިހިރު ދުވަހުއާއި އާދީއްތަ ދުވަހު އުޅުއްވާނެ ކަމަށް ވިދާޅުވެ އެފަރާތްތަކުގެ އެޑްރެސް ވަނީ ނަންގަވާފައެވެ.
އިހްތިޖާޖްގެ ބައިވެރިންނާއި ނަޝީދު ބައްދަލު ކުރެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނާއެކުއެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުގެ ތަރައްޤީއާއި ތަރިކަ ކޮމިޓީއަށް ސަރުކާރުގެ އަދި ދައުލަތުގެ ގިނަ އިދާރާތަކެއް ހާޒިރުކޮށްފައިވަނީ ހިޔާ ފުލެޓު ލިސްޓު އެކުލަވައިލުމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އެ ކޮމިޓީގެ މެންބަރު ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައިގެންނެވެ.
ހިޔާ ފުލެޓުތަކާ ގުޅިގެން މަޖިލިހުގައި ކުރިއަށް ގެންދާ ކޮމިޓީ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރާއި ހައުސިން މިނިސްޓަރާއި ފުލެޓު ކޮމިޓީގެ މެންބަރު ޠާހާ ބައިވެރިވެވަޑައިގަންނަވައެވެ.
ގިނަމީހުން ހުންނާނެ އެޕާރޓްމަންޓްތައް ކުއްޔަށް ދީފަ
ރައްޔިތުން މީނަގެ ދޮގަށް ހެއްލޭނެބާ؟ އިއްޔެ މަޖްލިހުގަ އިނދެ މަލާމަތްކުރީ ފްލެޓް ނުލިބިންގެން މަގުތަކުގައި އުޅޭމީހުނަށް. މިއަދު މިހިނގަނީ ޑްރާމާ ޖައްސަން. ފްލެޓްދީ އެއްބަސްވުމުގައި ސޮއި ނުކުރުވާހާ ހިނދަކު މާލޭ ރައްޔިތުން އަނަސް އަށް ވޯޓުނުލާތި. ދޮގުވެރި ދައްޖާލުންގެ ބަހުގަ އެއްވެސް އިތުބާރެއް ނޯންނާނެ. މާދަމާ ބުނާނެ، ފްލެޓް ކޮމިޓީއަށޭ ބޮޑަށް ބަލަންވާނީ. ކޮންމެ ފަހަރަކު ރައްޔިތުން ގަޅި ހެއްދިގެން ނުވާނެ.
މިއުޓް ވެފަ ތޯއްޗެ ހުންނާނީ ޒިޔާރަތް ކުރާއިރު! ރައްޔިތުން ގުނބޯ ހައްދަން އެއުޅެނި އަދިވެސް ރައްޔިތުން ހޭ އަރާކަށް ނުވޭބާ!
ކިތަންމެ ވަރަކަށް ނަޝީދު ސްޓަންޓް ޖެއްސިޔަސް އިންތިޙާބުން ދެންފަހަރަކު ވާނީ ބަލި. ހަމަ އޭނަ މަސައްކަތް ކުރާވަރަކަށް އިދިކޮޅަށްވެސް މަސައްކަތް ކުރެވޭނެ. މާ ލަސްތަކެއްނުވެ ދިވެހި ރައްޔިތުންނަށް ހާޤީޤީ ޙުދުމުޙުތާރު މީހުން ފެންނާނެ ބަލިވާން ފެށީމަ
ބުއްޅަބެ ކާކުކަން މިހާރު ވަރަށް ސާފު ރަށްޔަތުމީހާއަށް.
ސާބަހޭ ނަސީދޫ. ޔާމީނަށް ތިޔަހެން ހެދީމަ ލައްކަ އަސަރުކުރާނެ. ލޯކަލް ކައުންސިލް އިންތިހާބު ޢެން ޑީ ޕީ 100 ކަ އިން ނިންމާނެ
ތިޔަ ފްލެޓް ނުލިބުނު މީހުން ގެ ތެރޭގައި ފޭކްޖައްސާ މީހުން ގިނަވާނީ
އިންތިޚާބުން ވާނެގޮތެއް އެނގޭނީ އިންތިޚާބުގެ ނަތީޖާ ލިބުނީމަ
އިންތިޚާބު އަންނަނީ ވޯޓުހޯދަންއަންނީ އަންނާނެޔޭ އަންނާނެޔޭ މިގޭދޮށައްއަންނާ ނެއޭ އުޑުގައިހުރިތަރިތައްވެސް ގެންނާނެއޭ ގޭބަދިގޭ އުދުނުގައި ކައްކާވެސް ދޭނެޔޭ. ރޮށިދަމާ ފިހެވެސްދެނެޔޭ. ލޮބުވެތި ރައްޔިތުންނޭ ނަމަނަމަމިކަލޭގެ ބަހަށްނުހެއްލެއްޗެވެ. ތިޔައީ ހުދުހެދުމެއްލައިގެން ހުރިސީދާ މުނާފިގެކެވެ. ދެވަނަފަހަރައް މިކަލޭގެބަހައްނުހެއްލެއްޗެވެ އިންތިޚާބު ނިމުނީމާ ހައެތިހަމަވީއެވެ
އެއީ ސިޔާސީ ސްޓަންޓެއް .ބޭނުމަކީ ވޯޓު ކާލަން ރައްޔިތުންގެ ބޯ ކާލުން އެހެންވެ ލިޔުމަށް އިހްތިރާމޭ ކިޔާފަ އަނދުންއެޅުވީ.މިކަހަލަ ސިޔާސީ ޗައްކަރުތަކަށް ފިސާރި ރައްޔިތުން ހޭލައި ތިބެންވާނެ.މީނާ ގެ ސިޔާސަތަކީ ރައްޔިތުން ގުނބޯ ހައްދައިގެން ވޯޓު ހޯދުން.
މިސްޓަރ ސްޓަންޓް މޭން. ފިތުނަ އުފައްދަން އުޅޭ މީހެއް
ކެނެރީގޭ ނަސީދަކީ ހަނަ ފައްކާ ހިޔަޅެއް މުޅިން ރައްޔިތުންގެ ބޮލަށް ޗިޕުޖަހާނީ ހިތްތިރިކަމުން އޭނާގެ ހިތް އިންނަނީ ކަކުލު ހުޅުގައި
ކަލޯ އެތާކުވެސްނޫން...
ހިތްތިރި ކަމުން އަންނިގެ ހިތް އިންނަނީ ފައިގެ ބޮޑު އިނގިލީގެ ކޮޅުގަ... ހިތްތިރި ގޮލައެކޭ
މި މަކަރުވެރި ހިޔަޅުގެ ދަލުގައި ތިޔަފަރާތްތަކުން ނުޖެހޭތި. ތިޔަ އެންމެ ބޭފުޅުން (ރައްޔިތުން) ކުރެން މިމީހުން ބޭނުންވެގެން މިއުޅެނީ ވޯޓް. ވޯޓް ލިބުމާއެކު ވައުދު އުވާލާނެ.
ފްލެޓް ފޭރިގަތްބަޔަކު ފްލެޓް ދޭނެތަ. ދުނިޔެވެސް މަކަރުނަ ފޯކޮށްގެން ކައި ހުސްކޮށްލާނެ.
ވޯޓު ހޯދަންވީމަ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ މިސޮރު.
ދިވެހިންގެ ޤަމާރު ކަމާއެވެ. މި ނަޝީދުގެ އަވާގަ ޖެހޭމީހުން ހާދަ ގިނައޭ
އިންތިހާބެއް ކުރިމަތީ އޮތީމަ މީނަ ކުރާނެ ހުރިހާކަމެއްވެސް
އޭ ނަޝީދު!!! ކަލޯ ކޮންމެހެން މި ސަރުކާރުން ނެއްޓެން އުޅޭނެ ކަމެއްނެތް. !!! މިކަމުގައި ކުރީ ސަރުކާރޭ ކިޔައިގެން ، ލަސްތަކޭ ކިޔައިގެން ކޮންމެހެން ޒިންމާތަކުން ރެކިގެން އިބޫ ބޮލަށް ކަނޑާލާނެ ކަމެއްނެތް. ރައީސް ޔާމީނު ދައުލަތް ހިންގި ސްޕީޑުގައި އެމްޑީޕީ އަކަށް ދައުލަތެއް ނުހިންގޭނޭ ކިޔާފަ އިސްތިއުފާދީފަ ވިލާތަށް ނައްޓާލިއްޔާ ދިވެހިންނަށް މާ ބޮލަށް ފަސޭހަވާނެ.
މާލޭ ސިޓީ މޭޔަރު ކައިރީ އަހާބަލަ ކީއްވެހޭ ތިޔަ ސިޓީ ކައުންސިލަށް 06 ފްލެޓް ލިބުނު އިރުވެސް މަޑުން ތިޔަހުރީ، މުވައްޒަފުން ބައްދަލުކޮށް ޝަކުވާ ހުށަހެޅީމާ ވިދާޅުވީ އެއީ މުއިޒު ކުރެއްވިކަމެކޭ،؟؟ ބަލަގަ މުއިޒު ރަނގަޅު ނުވީމަ ދޯ ސިޓީ ކައުންސިލު މުވައއްޒަފުން އެމްޑީޕީ މަޖުލިސްމެންބަރުން ނަށްވޯޓުލާ މަޖުލިސް ކާމިޔާބުކޮށް ދިނީ ،
ހުވާ ދެން އަހަރުން ނުހެއްދޭނެ . އެއޮތީ ފީވަކު ރަމިޒަށް 20 ޕޮއިންޓް ލިބިގެން ފްލެޓް ލިބިފައި. ދެން ހުރި ޑީޑީޖީއަށް ވެސް ފްލެޓް ލިބިފައި. ދެން އުޅޭނެތަ ވެރިން ވެރިން އެހެން މުވައްޒަފުންގެ ހައްޤުތައް ހޯދަދޭން. ކޮބާހޭ މަގޭ ފްލެޓް ގޮވާނަން، ހަމަ ގޮވާނަން،
ސްޓަންޓް. މީނާ އައީމާ އަހާ ކޮބާހޭ ދިރުވާލި ފުލެޓުތައް ކޮބާހޭ ބޭރު އެކައުންޓުތަކަށް ފޮނުވާހާ ޑޮލަރު ބައިވަރު
މީ ކާކުތަ؟އަސިވެސް ފޮނުވާލަން ވީނު ރާއްޖެއިން ބޭރަށް.. ދެން ކިތަންމެ ވަރަކަށް ރައްޔިތުންގެ ބޯ ކާލަން އުޅުނަސް ދެން ވަނީ ބަލި!!! ކޮންމެސް ހިޔަޅު ރޭވުމެއްގައި ސަހަލު ކަމަކު ނޫނީ ތި ކަލޭގެ ފާޅެއް ނުވާނެ !!!!
މިއަދު މަޖިލީހަށް ބައްދަލުކުރަން ވެއްދީ އޭނާގެ ކައުންސިލް އިންތިހާބަށް ވައިޖަހަން ވެގެން ތީ ޔަހޫދީ މަކަރެއް އިންސާފެއްނެތި ޔާމީނަށްކުރާވަރު ދެކިބަލަ
ފްލެޓް ތަކެއްގެ ބިންގާ އެޅުމަށްފަހު އިންތިޚާބައް ބޯމަތިވީމާ އެއެއް މިއެއް ނުބަލާ އެތައްހާސް ބަޔަކަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރީމާ އެމީހުންނަށް އިތުބާރު ކުރާ މީހުންގެ ގަމާރުކަން ވަކި ކުޑަހެއްޔެވެ. ވެރިކަން ލިބުނުނަމަ ތިޔަ ލިސްޓްތައް ބޭކާރުވެ ފްލެޓްތައް ލިބެނީ ހަމަ ލިބޭމީހުންނަށެވެ.
އަނެއްކާ ދޮގުހަދައިގެން ހައްލާލައިގެން ވޯޓް ހޯދަންތޯ ސާބަހޭ ދަރިޔާ ލަދެއް ނުގަންނަ ބަޔަކު ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނޭ މުސްކުޅިން ބުނެ އުޅޭ މިނުވާނެ ދޮގަކައް