ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް މިސަރުކާރުން އާންމު ކޮށްފައިވާއިރު އެ ލިސްޓުން މިހާރުވެސް ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމު މިދިޔަ މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. ކުރީ ސަރުކާރުން 7000 ފްލެޓް އެޅި ނަމަވެސް ރައީސް ޞާލިހްގެ ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން މިހާރު ހުރީ 6720 ފްލެޓެވެ.

ހިޔާ މަޝްރޫއުގެ 7000 ފްލެޓްގެ މަޝްރޫއުގެ އިތުރުން ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫއުގައި ހިމަނައިގެން ދިހަހާހަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް އޮތީ ފަށާފައެވެ. ރައީސް ޞާލިހްގެ ސަރުކާރުން ފްލެޓް ދިނުމުގެ އުސޫލަށް ގެނައި ބަދަލުތަކުގެ ސަބަބުން ކުރިން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބުނު 3700 އަށްވުރެ ގިނަ މީހުންގެ ފްލެޓް މިހާރު ވަނީ ގެއްލިފައެވެ.

މާލެ ސިޓީއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއެކު ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެޅި ފްލެޓް ބެހުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މި ސަރުކާރުން ފައިނަލް ލިސްޓެއް ނެރެފައިވިޔަސް އަދިވެސް ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހިޔާ ފްލެޓްތައް ބެހުމުގައި އެބަހުރި އުނދަގޫތަކެއް. ދެން މިހާރު ލިބޭނެ ކަމަށް ދެވިފައި އެހުރި ލިޔުންތަކާއެކުވެސް އަދިވެސް މައްސަލަތަކެއް ހުރިކަމަށްވަންޏާ ފައިނަލްކޮށް އެވޯޑް ކުރުމުގެ ކުރިން ބަލަމުން ޕްލޭނިން މިނިސްޓްރީން ގެންދާނެ. އެހެންވީމަ ތިބޭފުޅުންގެ އެއްވެސް ޝަކުވާއެއް އޮވެއްޖިއްޔާ އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީމާ އެކަން ހިނގާފައި އޮތް ގޮތެއް އަޅުގަނޑުމެން ބަލާނަން، ބަލާފައި އެންމެ ހައްގު ފަރާތަށް އެ (ފްލެޓް) ދެވޭތޯ ބަލާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިނަލް ލިސްޓުން މިހާރުވެސް ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ސާޅީހަކަށް މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅވިއެވެ.

"މިހާރުވެސް އޭގެ ތެރެއިން ސާޅީހަކަށް ފްލެޓް އަޅުގަނޑުމެންނަށް ފާހަގަ އެބަ ކުރެވޭ. އެހެންވީމަ އަޅުގަނޑުމެން މި ގަސްތު ކުރަނީ ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް އެބައި ބަދަލުކުރަން. އެހެންވީމަ މީގެ ތެރެއިން ސަތޭކައެއްހާ ފްލެޓް އަޅުގަނޑު ހިތުން ބަދަލު ކުރެވިއްޖެއްޔާ މިވަގުތަށް މި އޮތް ބޮޑު މައްސަލައަކަށް ހައްލެއް އަތުވެދާނެ ކަމަށް ގަބޫލުކުރެވޭތީ އެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން،" ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ފައިނަލް ލިސްޓް އާއްމު ކުރުމަށްފަހު އަނެއްކާވެސް އެލިސްޓަށް ބަދަލުތައް ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅުނު ނަމަވެސް އެކަން ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ނިޒާރު

    ސަރުކާރަށް ގޮތްހުސްވަނީ! ސާބަހޭ ޕީޕީއެމް ޕީއެންސީ ގެ ބަޠަލުން ބަޠާލައިންގެ ހިތްވަރަށް! އަދިވެސް ހިތްވަރުކޮށްލަދެއްވާ! ޔާމީންގެ ފައިނަލްލިސްޓް އެންމެފަހުން އެކްޓިވްވާނެ!

    83
    5
    • ނިކް

      ދެން ބޮޑު އެލަވަންސް ދީފަ ކީއްކުރާ، ކޮމިޓީއެއް ތި ގެންގުޅުނީ މިއޮއްހާ ދުވަހު؟؟ ރައްޔިތުންގެ ފައިސާއިން އިސްރާފު ކުރި ބައި އަތުލާ އެހެންވީމަ.. ދާއިމީ ލިސްޓެޖޭ ތިކިޔާ މާނައެއް ނޭނުގު ތިޔަ ފުލެޓަކުން ސަލާމަތެއް ނުވެވުނު ދޯ ކަލޭމެންނަކަށް..

      48
      2
      • ލައކީ

        ކެކެކެ ރައީސް ޔާމީނުގެ މޮޅު ދުރު ވިސްނުމާއި ޤާބިލުކަން.. ވެރިކަމުން ފައިބައިގެބް ދަމުންވެސް އެދިތައީ ދެން އައި މީނުންނަށް އެޔާގެން ސަލާމަތް ނުވެވޭނެ ލޮޓިއެއް ޖަހާފަ.. މުޅި ވެރިކަން ގަނޑުބަޑުވެ ރަތްޔިތުންގެ އިތުބާރު ގެއްލި ސަރުކާރު ވާނުވާޔަށް ވައްޓާލައިފި މި ފުލެޓުތައް.. ސަލާމަތްވާނެ ގޮތެއް ކޮޅެއް މެދެއް ވެސް މިވެރިންނަކަށް ނުފެނުނު.. ގައިމު ކަމެއް ވީމަތާ ހުރިހާ ބޮޑެތި މެގަ ޕުރޮޖެކްޓެއް ހިންހިގައި ނިންމި އިރުވެސް ދައުރުގެ ފަހު އަހަރަށް ހައުސިން ޕުރޮޖެކްޓު ލަސްކުރީ.. އެއީ ނުހޮވިއްޖެ ނަމަ ދެން އަންނަ ބަޔަކު ގުއި ރީނުގަ ޖައްސުވަން އެކަން ކިތަންމެ ރަނގަޅަކަށްވެސް ވެއްޖެ.. އެއީ ހިކުމަތު ޢަމަލީ އަކީ..

    • ރާގޮޑިރާޖަ

      ގޮތްހުސްވެގެން އެ އުޅެނީ ޔާމީނާ އި ޔާމީނާ ބަ އިވެރިގެން ވަންކަންކުރިމީހުން. ޢެހެންވެގެން މަގުމަތީގަ ބުރާންތިވެގެން ތެޅިބާލަނީ.

      11
      55
  2. ހުސޭނު232323

    7000 ފްލެޓު ދީގެން މާލޭގެ ކުލީގެ އަގު ދަށަށް ހިނގައިދާނެތީ ގަންނަ ބިރުން މިއުޅެނީ. އަދި އިތުރަށް ނުފޫޒު ބޭނުންކޮށްގެން ވޯޓު ހޯދަން ވެގެން މިފްލެޓްތަކެއް އަވަހަކަށް ނުދޭނެ

    82
    5
  3. ފަރަޙަ

    ސަރުކާރު އެއްކޮށް ފެއިލްވެއްޖެކަމަށް އަދިވެސް ޤަބޫލު ނުކުރެވެނީތޯ؟ މިއީ މި ސަރުކާރުގައި އޮޅިގެން ދިޔަ 100 ވަނަ އެތިފަހަރު!

    76
    5
    • ޢަހޫ

      ފެ އިލްވިމީހުން މަގުމަތީގަ އެ ލާހޫރެނީ.

      4
      49
  4. ޒާ

    އިބޫއަށް ދައުވާ ކުރާނަން ނަހައްގުން ފްލެޓް އަތުލީމާ.

    61
    4
  5. އަބްދޫ

    ތިޔަ ލިސްތް ބާތިލް ކުރޭ ޔާމީނުގެ ލިސްތަކީ ސައްހަ ލިސްޓެއް.ދިރިއުޅުމުގެ ހާލަތު ބަލަންޖެހޭނީ ފްލެޓް ފޯމް ހުށަހެޅި އިރު ހުރި ހާލަތުގެ މައްޗަށް. މިހާރުގެ ހާލަތަށް ބެލުން ގޯސް. މާލޭގަ ހުރިގޯތިގެދޮރު ބަލައިފަިނަމަ ކުރިން ގޯތި ދިންއެންމެންއަތުން ގޯތި ވަކި ކުރެވިދަނެފަދަ ހާލަތު މިހާރުހުރީ ބަދަލުވެފަ،އެކަންއެހެން ކުރެވިދާނެބާ؟ ކޮންމެ ސަރުކާރަކުންނެރުނަސް އެސަރުކާރުން ނިންމި ނިންމުމަށް އަލަށް އަންނަ ބަޔަކު އަމަލުކުރަންވާނެ.

    42
  6. އަންނި

    އަޅުގަނޑުމެން ބޭނުމީ ތިޔަބޭފުޅުންގެ ވޯޓް.

    11
    5
  7. ވައިހޭ މުހައްމަދު

    ރައީސޫ ތިވަރަށް ދޮގާއި މަކަރާއި އޮޅުވާލުން ތިހަދަނީ ކޮން ކަމެއް ހާސިލް ނުވެގެން ބާވައޭ ހިތައް އަރާ! މަނިކުފާނު ވަރުގެ ދޮގު ހަދާ ވެރިއެއް މިޤައުމަށް ނުލިބޭ، އަދި ދައްކަވާ ވާހަކަ ފުޅު އަބަދު އޮޅިފައި ހުންނަ ރައީސަކު މި ޤައުމަށް ނާދޭ! ހަމަޔަޤީނުން ވެސް އަޅުގަނޑުގެ އާއިލާ އަށް މަނިކުފާނު އޮޅުވާ ލައްވާފި، ހާލަތު ބަލަން އައި ކުދިން ކުރީ 3 ސުވާލެއް 1. މިގޭ ފާޚާނާ އިން ފެން ލީކުވޭ ތޯ؟
    2. މިގޭ ފާޚާނާ ބޭނުން ކުރަނީ ކިތަށް މީހިން ތޯ؟
    3. މިގޭ ފާރުގައި ރެދު ލާފައި ހުރި ތޯ؟
    ދެން ދިނީ މިފޯމުގައި ދީފައި ހުރި މައުލޫމާތަކީ ތެދު މައުލީމާތް ކަން އިގިރާރުވެ ސޮއި ކުރަން،
    ދެން ފެނުނީ ކުރިން ފުލެޓް ލިބުނު ލިސްޓް އިން 500 ދަރަޖަ ދައްކޮށް މާކުސް ދެވިފައި ވާ ތަން ދިރި އުޅުމުގެ ހާލަތަށް، އަޅުގަނޑުގެ ރައްޓެއްސެއްގެ ކޮށްކޮ އުޅެނީ ޕެންޓް ހައުސް އެއްގަ އެކަމަކު ދައްތަ އުޅެނީ ވަރަށް ނިކަމެތި ކޮށް ކުޑަކުޑަ 2 ކޮޓަރީގަ 3 ކުދިން ނާއި ދެމަފިރީންގެ އިތުރަށް ދޮށީ ދަރިފުޅާއި ދަރި ފުޅުގެ ފިރިހެނުން ނާއި އެއްކޮށް ކުޑަކުޑް ތަންކޮޅެއްގައި ސިޓިންރޫމް ރޭގަޑު ބެޑްރޫމް އަކަށް ބަދަލު ކޮށް ގެން ހާލުގައި އުޅޭއިރު ވެސް ކޮށްކޮގެ ދިރިއުޅުމުގެ ހާލަތަށް ފުލްކޮށް މާކުސް ލިބިފައި ދައްތަގެ ދިރި އުޅިމުގެ ހާލަތަށް ލިބުނީ 10 ޕޮއިންޓް މީ ތޯ މަނިކުފާނުގެ އިން ސާފަކީ؟
    މީނުންތޯ އަނިޔާވެރި ވުމަކީ؟ މިޔަށް ކިޔަންވީ އޯޤާތެރި ކަންތޯއެވެ؟ ހަމަޔަޤީނުން ވެސް އަޅުގަނޑުގެ އާއިލާއިން މާލޭ މޭޔަރަކަށް މިފަހަރު ދޭ 12 ގަޑު ވޯޓް ވެސް ދޭނީ މުއީޒުއަށް.
    ކުރިން އެމްޑީޕީ އަށް ދިން ވޯޓް މިފަހަރު އެމްޑީޕީ އަށް ނުލިބޭނެ،. ހަމަޔަޤީނުން ވެސް މަނިކިފާނަކަށް އަންސާފެއް ހޯދައެއް ނުދެވޭނެ، ކިޔެވީ މާލެއިން، ވަޒީފާ އަދާކޮށް ފަ މުސްކުޅިވެ ދަރިން ލިބި ދަރިން މީހުނާއި އިދެ އަދި ރާއްޖޭގެ އެއްވެސް ތަނަކުން ބޯހިޔާ ވެހި ކަމެއް ނުލިބި ކުއްޔަށް އުޅެން ޖެހުމަކީތޯ ޝަރުތު ފުރިހަމަ ނުވުމަކީ؟ ނުވަތަ ދޮގާއި މަކަރާއި އޮޅުވާލުން ނެތީމަތޯ ޝަރުތު ފުރިހަމަ ނުވުމަކީ؟ ހަމަކަށަވަރުން ވެސް އެދުނިޔެއިން އިންސާފް މަނިކުފާނާއި އަރާހަމަކުރާނެ ކަން ޔަޤީން،

    40
  8. އަސްލުވެސް

    މަރުވެފައި އޮތް ފަރާތެއްގެ ނަންވެސް ދުށިން....

    23
    1
  9. ޢަނަސް

    ކުރީގެ ލިސްޓު ކަމަކު ނުދިޔަ
    ތިމާގެ އަތުންހެދި ލިސްޓުވެސް ގޯސް.
    މިވަރުންވެސް ފެއިލްވެއްޖެ ކަމަށް ގަބޫލެއް ނުކުރެއްވޭތޯ؟

    12
  10. އަހްމަދު

    އަނެއް ކޮމިޓީ އުފައްދަންވީ ހިޔާ ފްލެޓް ތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މައްސަލަ ބަލާ ކޮމިޓީ
    .

    12
  11. ބޮލި މުލައް

    އެންމެ މަސްލަހަތު ހުރިގޮތަކީ އަލުން އިޢުލާނުކުރުން

    5
    4
  12. ހަގީގަތް

    މިވެރިކަން ނިނޭ އިރުވެސް ނޭގެ ފްލެޓް ދެވޭނެކަމެއް ވެސް. މިވަރު ބަޔަކަށް ހިޔެއްނުވޭ ފްލެޓް އެޅޭނެ ހެނެއްވެސް.

    11
  13. ނީނާ

    އަހަރެމެންގެ އެއްވެސް އާދޭހެއް އަޑުއަހާނެ ބައެއް ނޫން މީކީ
    އެއްޗެއް ދެވޭނެ މީހަކު އެއްޗެއް ނާތުލާނެ
    މި
    ސަރުކާރު ރައްޔިތުން ފިތުނަ ކޮއްފި.

    މީހުންގެ ސަންދޯއް ލާ ތަން ފޭރިފަ އެހެން މީހަކައް ނުދީފިއްޔާ ރަގަޅު

  14. ރާއްޖެބުރިޖު

    ބޮޑުތަނުންފެއިލް އިބުހުރި މާލޭގެ ބޮޑުގޯތިހުރިމީހުންނަށް ވެސް ދާއިމީ ލިސްޓުން ފުލެޓުދީފަ ފިރިމީހަށް ބޮޑެތި ގޯތިއޮތްއިރު އަނ ބިމީހާއަށް ފުލެޓުދީފައި ކޮމެޓީކޮބާ ރައީސް ފެއިލް

    10
  15. ސޮން

    ތިތާގަ ވަރައް މައްސަލައެބަހުރި ވަރައްގިނަމީހުން އޮޅުވާލާފަ އެބަހުރި ތިތަނުން ފުލެޓްލިބުނު އެކަކު ސިފަެިންގެ މީހެއް އޭނަ އަށް ސިފަެިންގެ ފުލެޓްވެސް ލިބިފަ އޮތީ މިހާރުވެސް ބަންޑޭރިކޮށި ކުއްޔަށް ދީފަ ހުޅުމާލެ އިން އަންހެނުން ނަމުގަ ފްލެޓްއެއް ގަނެގެން އެތާގަ ދިރިއުޅެނީ

  16. ޢަސްލު

    ޢެބަހުރި މާފަންނުގަަ 11 ބުރި އަށް ނަގާފަ ހުރި ހީވާ ގޮތުން ބްލޫކިޔާ މަގުގަ ހުރި ޢަލި ރަޒްގެފާނު ޒިޔާރަތާ އެއ އް ކޮށީގަ އި ހުންނަ ގެ އެ އް ގެ ކުދިންނަށް ޕްލެޓް ލިބިފަ އެގޭގަ އި ކޮންމެ
    ކު އްޖަކަށް ލިބިފަ ހުރޭ އެޕާޓްމަންޓެ އް. އެކަމަކު ފަހުން ނެރުނު ލިސްޓްގަ އި އެގޭ ކުދިންނަށް ހުރީ ޕްލެޓް ލިބިފަ އި. މިގޭގެ ކުދިންނަކީ ވަކި ކުލަ އެ އްގެ ކުދިން.

    10
  17. ޖަވާބެއް ލިބިދާނެތޯ؟

    " ... އެހެންވީމަ ތިބޭފުޅުންގެ އެއްވެސް ޝަކުވާއެއް އޮވެއްޖިއްޔާ އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީމާ " ޝަކުވާ ހުށައަޅަން ކިހިނެތްތޯ ހަދަނީ؟

    އަޅުަގަނޑުގެ ޝަކުވާއަކީ ޕޮއިންޓް ދިނުމުގައި މިނިސްޓްރީތަކަށް ބެހުމުގެ ތެރޭގައި އިހަކަށް ދުވަހު ވަޒީފާއަށް ވަންނަ މީހާއަށްވެސް 20 ޕޮއިންޓް ލިބިގެން ފްލެޓް ދޫކޮށްފައިވޭ. 20 ޕޮއިންޓް ލިބިފައިވާނީ ވަޒީފާގެ މުއްދަތު ކުޑަވެގެން ނުވަތަ ތަޢުލީމީ ފެންވަރު ދައްވެގެން. 5 ޕޮއިންޓް ލިބިގެންވެސް ލިބިފައިވާ ކަމަށްވޭ. އެމީހުންނަށްވެސް ދޭންވީ. މައްސަލައަކީ، ގިނަދުަވަހު ވަޒީފާގައި އުޅެގެން އަދި މަތީ ތަޢުލީމު އުގެނުމަކުން ލިބުނު ފައިދާއެއްނެތޭ! ދުޢާއަކީ ވަކި މީހަކަށް ބެލުމެއްނެތި އެންމެނަށްވެސް ބޯހިޔާވަހިކަން ލިބުން

  18. ޚަމަނަ

    ފުލެޓް އަޅާފައި ދޭން ފެނޭ

  19. އޮޅުވާލި

    ވޯޓު ނުލިބޭނެކަން އެނގުނީމާ އަވަހައް އޮޅުވާލަނީ ތިޔައިން އެންމެ ފުލެޓަކައްވެސް މިދައުރު( ތޭވިހުގެ ކުރިން) މީހަކުނުވައްދާނެ މުޅިންވެސް އޮޅުވާލުން ކުރިންވެސް އޮޅުވާލީ

  20. ލާމު

    މިނިސްޓަރ އަސްލަމްގެ އިތުބާރު އެބައޮތްޯ؟

  21. މިިހާރުގެ

    ދާއިމީ ލިސްޓް ބާތިލް ކުރަންވީ ހަމަ މިހާރު، އަދި 5 މަސް ތެރޭ ދާއިމީ ލިސްޓް އިއުލާން ކުރަންވީ

    2
    1