މިހާރު ވެސް މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައި ހުރި އެތަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް ޢަލީ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

އިކްރާމް އިސްތިއުފާ ދެއްވާފައިވާކަން އެސްޓީއޯ އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މޯލްޑިވްސް ގޭސް އަކީ އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެކެވެ. އެސްޓީއޯ އިން ބުނީ އިކްރާމް އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކަށްޓަކައި ކަމަށެވެ.

އިކްރާމްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ އިތުރުން އޮކްސިޖަން ސިލިންޑަރުތަކެއް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

އިކްރާމް ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވެނީ ކޮވިޑް-19 އަށް ފައްސިވެ ހާލު ބޮޑުވާ މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމަށް 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައެވެ.

އޮކްސިޖަން ސިލިންޑަރު ގަތުމަށް ހަވާލުކުރި ސިންގަޕޫރުގެ ޕްރޯބިޒް ކުންފުނީގެ ހިއްސާދާރަކު ޚަރަދުކޮށްގެން އިކްރާމް ސިންގަޕޫރަށް ދަތުރެއް ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. ލިޔެކިޔުމުން އެ ހަރަދުތައް ފެންނަން ވެސް އެބައޮތެވެ.

ޕްރޯބިޒް ކުންފުނީގެ ހިއްސާދާރަކާ ގާތް ގުޅުމެއް އޮންނަ ކަމަށް އިކްރާމް މިއަދު ކޮމެޓީ ބައްދަލުވުމުގައި އެއްބަސްވެސް ވަޑައިގެންނެވިއެވެ. އޮކްސިޖަން ސިލިންޑަރު ގެންނަން ހަ ކުންފުންޏަކުން ކުރިމަތިލިއިރު 3،000 ސިލިންޑަރު ގެންނަން ޕްރޯބިޒްއާ ހަވާކުރީ އެހެން ކުންފުނިތަކަށް ވުރެން އަގުވެސް ބޮޑުކޮށެވެ.

ނަމަވެސް ތުހުމަތުތައް ދޮގުކޮށް އިކްރާމް ވިދާޅުވެފައި ވަނީ އޭނާ ފްރޭމް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގަލަން ތުނޑު

  ކެނެރީގެއަށް ބައިއަޅަންޏާ އޯކޭވާނެ

 2. ޅަބޭ

  ކަލޯ ދެން ދުވެ ފަ އެމްޑީޕީ ހަރުގެއައް ގޮސް ޕޯޑިއަމައް އަރާ ވަޖިދުވޭ. އޭރުން އެ ވުނީ.

  10
 3. އިބްރީމް މުހައްމުދު ސޯލިހާ

  ބަލާބަލާ އަނެއްކާ ރާއްޖޭގައި ހުރިތޯ ޕާސްޕޯޓް އޮތީ ކޮންތާކު

  10
 4. ސުރައްޔާ

  ތިހާހިސާބުން ނިމުނީ! ވައްކަން ބާޠިލްވީ! މިއީ ޒީރޯ ޓްލެރެންސް! އެހުރީނު ވެންޓިލޭޓަރުވަގުވެސް!!!!!!

  12
 5. ޟަމީރު

  ނަމުންޞާލިޙް ދެންބުނާނެދޯ އިކްރާމު ޢަލީގެ ސިޔާސީކުރިމަގު (މުސްތަގްބަލް) އޮތީ ވަރަށް އުޖާލާކޮށޭ އިކްރާމުގެ ކުރިއެރުމަށް މިސަރުކާރުން އެހީތެރިވާނަމޯ އެހެންވީމާ އަވަހަށް ފިލަން ފޮނުވަންވީކަމަށްވެސް އިބޫ ބުނާނެ އެގޮތަށް މަގުފަހިވެސް ކޮށްދޭނެ އޭރުން ރަނގަޅަށް ޒީރޯ ޓޮލެރެންސްވާނީ

 6. ކޮވިޑް

  މިހާރު ހުންނާނީ ރާއްޖޭބޭރުގަ އަރާމުގަ އުޅެވޭ ވަރަށް ލާރިގަނޑު ކެވިފަ. އަވަށް ފުރުވާލާ އޭރަށް 0 ޓ ވެފަ ހުންނާނީ،

 7. މުއާވިން

  އިސްތިއުފާ އަމިއްލަ އަށް ދިނުމުން ކޮރަޕްޝަން ޒީރޯ އަށް ބަދަލުވާ ސަރުކާރެއް މި ނޫނިއްޔަކާ ނާދޭ.

 8. ނިހާނު

  މިނަޔަށް ފުރައްސާރަ ކުރާނީކާކު އަލޭދެންކީކޭބުނާނީ އެކަންކަމަށް އެއްބަށްވީމަ މާރަގަޅެއްނޫން ތިހުރިހާބޭކާރުވާހަކަ ދެއްކުމަށްވުރެ