މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލާން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހު 22 ވާ ހޯމަ ދުވަހުގެ 1:30ގެ ނިޔަލަށެވެ.

އެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ފޯމު ލިބޭނެއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވާއިރު، މިމަހުގެ 7 ވަނަ ދުވަހު އެ ކޮމިޝަނުގެ މެންބަރު ކަމަށް ރާއްޖެ ޓީވީގެ ނޫސްވެެރިޔާ މުހައްމަދު ފަޒީން ވެސް ވަނީ އައްޔަން ކޮށްފައެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު އަލީ ޔޫސުފް އަދި މެންބަރު އާމިނަތު އަމީނާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 3ނޮވެމްބާރ ހަދާން

    ކޮންމެހެން އިއުލާން ކުރާނެ ކަމެއްނެށް އނޑޕ ގެ މަގުމަތީގަ އުޅޭ ބުރާންޗެއް ދިނީމަ ނިމުނީނިނު ސަދޫމުގެ ވެރިކަން މިއޮތީ ހަމައެއް ލަމައެއް އިންސަފެއް ރައްބެއް ރަސުލެއް ދަންނަ ބައިގަނޑެއް ނޫންވިއްޔާ މަކަރަހީލަތް ވައްކަމާ ކޮރަޕްސަނާ ފަސަދަޔާ އަނިޔާވެރިކަން ރޭޕްކުރުން އިންތިހާ ދިނަށް ފުރައްސަރަކުރުމާ 7އުޑުމަތިންބާއްވާލެއްވި ހުކުންފުޅަށް އިންކަރުކުރި ސައިތާނުން އެބުރޭ ވެރިކަމެއް މިއޮތީ ދިވެހިން އަދިވެސް ހޭއަރާކަށް ނުވެބާ މިގައުމާ އިސްލަމް ދީނުގެ ހައްގުގާ މިބައިގަނޑު ބޭރު ކުރަން މިގައުމުން ފުހެލުމަށް އަތުކުރި އޮޅާލަމާ ހިގާ ހެޔޮނުވާނެ