އައްޑޫޫ ސިޓީގައި މިއަދު ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓު ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހިނގި އެކްސިޑެންޓުގެ ކަންކަން މިހާރު ތަހުގީގުު ކުރަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓުުގައި އަނިޔާވި އަންހެން މީހާ ވަނީ ނިޔާވެފައެވެެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ސ. ހިތަދޫ ސަންރީފް، ފާތުމަތު އަސްމާއަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އަސްމާ ނިޔާވެފައިވާ ސަރަހައްދުގައި އިތުރު ވެހިކަލެއް ނުވަތަ މީހެއްވެސް ނެތެވެ. އެ ސަރަހައްދުގައި ހަމައެކަނި އޮތީ އަސްމާ ދުއްވާފައި ދިޔަ ސައިކަލެވެ.

މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޭނާ ގައިގައި ޖެއްސި ވެހިކަލް އެ ސަރަހައްދުން ފިލާފައިވާ ކަމަށް ބުނެފައެވެ.

އޭނާ އެކްސިޑެންޓް ވެފައި ވަނީ މިއަދު ހެނދުނު ސައިކަލުގައި އޭނާގެ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށް ފަހު އެނބުރި ގެއަށްދިޔަ މަގުމަތީގައެވެ.

އައްޑޫ ސިޓީއަކީ އެކްސިޑެންޓްތައް ގިނަ ސިޓީއެެވެ. އެ ސިޓީގައި މީގެ ކުރިން ހިނގި ބައެއް އެކްސިޑެންޓްތަކާއި ގުޅިގެން ބައެއްގެ ފުރާނަ ގޮސްފައި ވެއެވެ.